ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ (ކ) އާއި ލިވަޕޫލްގެ ކޯޗު ކްލޮޕް.--
14 ޖެނުއަރީ 2017 - 08:39
މެންޗެސްޓާ (ޖެނުއަރީ 14) - އޭނާއާ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ކްލޮޕް މާ ރުޅިގަދަ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރީނިއޯ ބުނީ މިއީ އިންގްލެންޑުގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ކޮންމެ މީހެއްގެ ވެސް ލޯ އަމާޒުވާނެ މެޗެއް ކަމަށެވެ.
"ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑްގެ މެޗަށް އިންތިޒާރުކުރަނީ ހަމައެކަނި ކުޅުންތެރިންނާ ކޯޗުން އަދި މި ދެ ކްލަބުގެ ސަޕޯޓަރުން އެކަންޏެއް ނޫން. ދުނިޔޭގައި ފުޓްބޯޅަ ބަލާ ކޮންމެ ބަޔެއް މި މެޗަށް އިންތިޒާރުކުރާނެ. މި މެޗުން ވާ ގޮތް ބަލާނެ،" މޮރީނިއޯ ބުންޏެވެ.
ކްލޮޕް ބުނީ މޮރީނިއޯ އަކީ މޮޅު ކޯޗެއް ކަމަށާއި ފެންވަރު ސާބިތުކޮށްފައިވާ ކޯޗެއް ކަމަށެވެ. އަދި އޭނާއާ މޮރީނިއޯއާ އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަަމަށާއި މޮޅުވާން ހުރިހާ ކަމެއް ކުރާ ކަމަށެވެ.
ކްލޮޕްގެ ވާހަކަތަކަށް ޖުމްލަ ގޮތެއްގައި މޮރީނިއޯ ތާއީދުކުރި އެވެ.
"ކްލޮޕް ބުނީ ތެދެއް. އަހަންނާ އޭނާއާ އަކީ މޮޅުވުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރާ ދެ ކޯޗުން އެކަމަކު އަހަރެން ކްލޮޕަށް ވުރެ ރުޅިމަޑުވާނެ. އެކަމަކު އެއީ މާ ބޮޑު ތަފާތެއް ކަމަށް ނުބަލަން،" މޮރީނިއޯ ބުންޏެވެ.
ލިވަޕޫލް ދަނޑުގައި މި ސީޒަނުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މޮރީނިއޯ ބުނީ މި މެޗުން ބަލިވުމަކީ ގިނަ ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ލިވަޕޫލް އަތުން ބަލިވުމަކީ ސަޕޯޓަރުންނަށް ހަަޖަމު ކުރަން އުނދަގޫ ނަތީޖާއަކަށްވާނެ. އަހަރެންގެ ފޯކަސް އަކީ އެ ހުރިހާ ކަމަކަށް ވިސްނައިގެން ނުކުމެ މި މެޗު ކާމިޔާބު ކުރުން. އެއީ ކްލަބް ކުރިޔަށްދާނީ ސަޕޯޓަރުންނާ އެކު،" މޮރީނިއޯ ބުންޏެވެ.
މި ވަގުތުގެ ފޯމަށް ބަލާއިރު ޔުނައިޓެޑަށް އެޑްވާންޓޭޖް ބޮޑު ކަމަށާއި އެކަމަކު އެއީ ބޮޑު މެޗަކަށް އެއްވެސް އަަސަރެއް ކުރާނެ ކަމެއް ގޮތުގައި ނުދެކޭ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެެންޓަލިސްޓް
14 January 2017
އެއީ ތެދެއް ކޮލޮޕް ގެ އަންހެނުންގެ ދަތްޕިލާވެސް ނުހުންނާނެ ،، ޢޭނާރުޅިގަދަކަމުން ޖެހިޖެހީނުން ދުއްވާލީ ،،، ވަރަށްވެދުން
ވަސްމީރު
14 January 2017
ފުޓްބޯޅަ، ފުޓްބޯޅައަށް ވަނީ ރުޅިވެރިކަމުގެ އިޙްސާސް ކުޅުންތެރިންނާއި، ކޯޗާއި، ސަޕޯޓަރުން ކޮށްގެން. ބަލިވާ ފަހަރު އެ އިހްސާސް ކުރެވެން ވާނެ. އެހެން ނޫނީ ޕޭސްއެއް ނުހުންނާނެ.
ހަޑިގިއްލާ
14 January 2017
ރުޅިގަދަވުމަކީވެސް މައްސަލައެއްނޫން! މޮރީނިއޯއާއި ކޮންޓޭ، ސިމިއޯނީގެ ބިއުޓިފުލްކަމަކީވެސްއެއީ..... ވަރަށްހަޑިކަމެއް ފޯރިގަދަމެޗެއްކުޅެމުންދާއިރު ކޯޗުމީހާ ބެންޗުގަ ނިދަންއިނުމަކީ......
ބަކޫ
15 January 2017
ވެންގަރ އަކިީ ނިދަން އޮންނަ މީހެއް
ހަޑިގިއްލާ
15 January 2017
ބަކޫ ނަންނުޖެހިޔަސް ވެންގާގެ ބެންޗުގާ ނިދިކުރައްވާ ލިސްޓުގައި ހިމެނޭ! އެކަމު ކުރައްވާ އިޙްތިރާމެއްގެ ބޮޑުކަމުން ނަންނުޖެހީ..... އެކަމު ބަކޫގެ ކޮމެންޓަށް ލައިކު ޖެއްސެވިން.....