17 ޑިސެމްބަރ 2022 - 17:27
ގުޅިގަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެކަކު ގެއްލިފައިވާ ކަމަށާއި އެކަމަކު ރޯވި ތަނުން އެއްވެސް މީހެއްގެ ހަށިގަނޑު ސިފައިންނަށް ނުފެނުނު ކަމަށް ތިލަ-މާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ގުޅިފަޅުގައި އަލިފާން ރޯވި ތަނުގައި ތިބި 457 މުވައްފުންގެ ތެރެއިން އެކަކު މަދު ކަމަށެވެ.
އެ މީހާ ހޯދުމަށް ސަލާމަތީ އިދާރާތަކުން ކުރި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ.
ފުލުުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ތަނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 78 މީހަކަށް އެކި ވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ކުދި ކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވެ އެވެ.
އެފްކޮންސް އިން ބުނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަންނައުނާއި ސޫޓް ކޭހާއި މޮބައިލް ފޯނު އަދި މާލީގޮތުން ވެސް އެހީވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މުވައްޒަފުންނަށް ދޭންޖެހޭ މުސާރައެއް ނުދީ ނުހުންނާނެ. ހުރިހާ އުޖޫރައެއް ވަގުތުން ދެންް،" އެފްކޮންސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަންދޭ ކަންތައްތައް ކަމަށެވެ.
"މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދޭ ކަމެއް. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންނަށް ދިމާވާ ހުރިހާ ނުރައްކަލެއް ސީރިއަސްކޮށް ބަލައި ރަނގަޅަށް ތަހުގީގު ކުރަން." އެފްކޮންސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލީނު
18 December 2022
ބްރިޖް ނޭޅޭނެކަން ޔަގީންވީމަ ފިލީބާ!
ހޮއްކޮބެ
18 December 2022
މިއޮތީވާ ކަމެއް… ބަޔަކު ބުރިޖެއް ސާވޭކޮށް އަޅާނިންމާފަ ގޮސްސި … ހީވެސްނުވޭ
ތުކި
18 December 2022
ނުފެނުނޭ ބުނެ ނިންމާލީ…
ގުރުބާން
18 December 2022
އަނެއްކާ ބުރިޖުގެ މައި އިންޖިނޭރުބާ ގެއްލުނީ؟ އޭނަނެތި މަސައްކަތް ކުރިއަށްދާނެބާ؟
ކިންޖޮންއިލް
18 December 2022
ތިޔަ އެފްކޭ އަށް ބުރިޖޭއް ނޭޅުނެއްނުން މިހާރު ދެން ސަރުކާރުން ތިޔަ މީހުން ބޭރުކުރަން ވެއްޖެނުން
ޒައީން
17 December 2022
ބުރިޖު ފެނޭތަ؟ ބުރިޖު؟
ތި ދައްކާލީ ޗާލާކީ މަކަރުވެރި ގެރިބުދުންސްގެ 1%
17 December 2022
ޕްލެޓްފޯމްގެ ޖޫރިމަނާވެސް ނުދައްކާ އެލާރި ދިވެހިން އަތުން ހޯދަން އެ އުޅެނީ.ތިކުޅޭ ކުޅި ފެނި ޝައްކުނުވާނީ ކާކު މިމީހންގެ މަގުސަދު. ރާޖުނީތީ އާއި ގުލާބު ގޭންގު ފިލްމުން އެފެނުނީ އެމީހުންގެ ޑާރޓީ ޕޮލިޓިކްސްގެ 1%.މިހާރު ރާއްޖޭގަ މިކުޅެނީ ދިވހިން ގަޅިކަމުން ހުއްދަޔާއެކީ.ބުރިޖުނިންމަން ލަސްވާނެ ސަބަބަކށް ސަޅިތިވެސް.ގެއްލުމުގެ ބދަލު ދިވެހި ދއުލަތުން ނަގާފަ ބުނޭ މިކަމަކާހެދި އެ ނޭޅޭނެޔޭ.މަކަރާ ހީލަތް ވ ބޮޑު ބައެއްތީ.އަލިފާނާ އެކްސިޑެންޓްގެ ބޮޑުންތީ
ރާޖާ
17 December 2022
އެކަކު ނެތްކަން އެނގުނު ގޮތެއްވެސް އޮންނާނެ އެއްނު؟ ބުރިޖުގެ ތަނބުތައް ހަމަތޯވެސް ބަލަންޖެހޭނެ..
ބުރިޖު
17 December 2022
އަޅެ ބަލާބަ އެމީހާ ކެރޭނު ދަށުވީތޯ ކުރިން؟
ލާމަސީލު
17 December 2022
މަދުވީ ތިކަންކުރި މީހާކަމަށްވެސް ވެދާނެ. އެކަމަކު އެހެން ބުނާކަށްވެސްނުވާނެދޯ. ހުރިހާ އެންގަލަކުން ވިސްނަންވާނެ.
ބާމަސީލު
18 December 2022
ތިއީވެސް ވިސްނަންޖެހޭ މުހިއްމު އޭންގަލެއް. އޭނަ މަރުނުވާނަމަ އެންމެ ބޮޑަށް ބެލެވޭނި އެއީ އެކަންކުރި މީހާކަމަށް. ނޫނީ އެމީހާ ގެއްލުވާލި އެހެން މީހަކު އެކަން ފޮރުވަން ރޯކޮށްލީކަމަށް.