18 ޑިސެމްބަރ 2022 - 13:30
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާނެ އިތުރު ސިފައިން ހޯދުމުގެ މަސައްކަތް ރަޝިޔާ ސަރުކާރުން އަނެއްކާވެސް ފަށައިފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިތުރު ސިފައިން ބޭނުންނުވާ ކަމަށް، ބުނިތާ ދުވަސްތަކެއް ފަހުން، ރަޝިޔާ ސަރުކާރުން މިހާރު ގެންދަނީ، އަސްކަރީ ޚިދުމަތުގައި ބައިވެރިވުމަށް ޒުވާނުން ޝައުގުވެރިފާ ފަދަ ވީޑިއޯ، ފޮޓޯ އަދި ލިޔުންތައް ޝާއިއުކުރަމުންނެވެ. އެފަދަ ތަކެތީގައި ރަޝިޔާގެ ޒުވާނުން ހަނގުރާމަ އަށް ޝައުގުވެރިކުރަމުން ދަނީ، ގައުމީ ލޯތްބާއި، އަޚުލާގީ ރީތި ސިފައެއްގެ އިތުރުން އިސްކުރަންޖެހޭ އިޖްތިމާއީ ޒިންމާއެއްގެ ގޮތުގަ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ރަޝިޔާ ސަރުކާރުން އާންމުކުރި ވީޑިއޯއެއްގައި ދައްކަނީ، ރައްޓެހިންނާ އެކުގައި ކުޅިވަރާއި މަޖަލުގެ ތެރޭގައި އުޅޭ ޒުވާނަކު، އޭނާގެ އެ އުޅުން ދޫކޮށްލައި އަސްކަރިއްޔާއާ ގުޅި، ޔޫކްރޭން ހަނގުރާމަ އަށް ދާ މަންޒަރެވެ. އޭގެ ދުވަސްތަކަކަށް ފަހު، އަސްކަރީ ޚިދުމަތުގައި އޭނާ އަށް ލިބުނު ފައިސާ އިން ބޮޑު ކާރެއް ގަނެގެން އޭނާގެ ރައްޓެހިންނަށް ކުއްލި ހައިރާންކަމެއް ގެނެސްދެ އެވެ.
އޭގެ ފަހުން ޑިސެމްބަރު 15 ވަނަ ދުވަހު އާންމު ކުރި ވީޑިއޯއެއްގައި ދައްކަނީ، ރަޝިޔާ ސިފައިންގެ މީހަކާ ހިތާވެގެން އުޅުނު އަންހެން ކުއްޖަކު ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އެ ސިފައިންގެ މީހާއާ ވަކިވެގެން ދިރިއުޅެން ފަށާ މަންޒަރެވެ. ނަމަވެސް ދުވަސްކޮޅެއް ފަހު، އެ ސިފައިންގެ މީހާގެ ހިތްވަރާއި ކެރުމާ މެދު ޝައުގުވެރިކަން އުފެދި، އޭނާ ވެސް ސިފައިންގެ ޚިދުމަތަށް ގެންގޮސްދިނުމަށް އެދި އެ އަންހެން ކުއްކާ އާދޭސްކުރަން ފަށަ އެވެ.
އަސްކަރީ ޚިދުމަތަށް ޒުވާނުން ޝައުގުވެރިކުރުމަށް މިހާރު އާންމުކުރަމުންދާ ގިނަ ވީޑިއޯތައް އަމާޒުކޮށްފައި ހުރީ، ވަޒީފާއެއް ނެތި، މުޖްތަމައުގެ ތެރެއަށް ވިއްސިވިހާލިގެން، ތަފާތު ކުށްކުރުމާއި އިޖްތިމާއީ ހަމަތަކާ ޚިލާފަށް އުޅެމުންދާ ޒުވާނުންނަށެވެ. އެ ގޮތުން ހަރުދަނާ ބައިވެރިއެއް ނުވަތަ އެކުވެރިއެއް ނެތި ފަގީރުކަންމަތީގައި އުޅޭ ޒުވާނުންނާއި، ބަނގުރާ ބުއިމާއި ޖުވާ ކުޅުމުގައި މައިންބަފައިންގެ އާމްދަނީ އަށް ބަރޯސާވެގެން އުޅޭ ޒުވާނުންނަށް، ގިނަ ވީޑިއޯތަކެއް އަމާޒުކޮށްފައިވެ އެވެ.
އެ ވީޑިއޯތަކުގައި ދައްކަނީ، އެފަދަ ހާލަތްތަކުގައި އުޅޭ ޒުވާނުން، ސިފައިންގެ ޚިދުމަތާ ގުޅުމުން، އެމީހުންނަށް ރަނގަޅު ދިރިއުޅުމެއް ލިބެމުންދާ ގޮތެވެ.
ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވުމަށް އެންމެ ފަހުން ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންގެ ބެލެނިވެރިންނާ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ މިދިޔަ މަހުގެ ތެރޭގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ޕުޓިން ވިދާޅުވީ ވޮޑްކާ އަށް ދެވިހިފައިގެން ގޮސް، ބަނގުރަލުގެ މަސްތުގައި ފުރާނަ ގެއްލިގެން ދިއުމަށް ވުރެ، ގައުމަށްޓަކައި ހަނގުރާމަކޮށް މަރުވެގެން ދިއުން މާ ރަނގަޅު ކަމަށެވެ.
ސިފައިންގެ ޚިދުމަތުގައި ބައިވެރި ޔޫކްރޭންގެ ހަނގުރާމަ އަށް ދާނެ ސިފައިން ހޯދުމަށް ރަޝިޔާ ސަރުކާރުން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ތިން ލައްކައެއްހާ މީހުން އަސްކަރީ ހިދުމަތަށް ކުރިމަތިލި އިރު، ހަނގުރާމައިގައި ބައިވެރިވާން ޖެހިދާނެ ކަމުގެ ބިރަށްޓަކައި، އެތައް ހާސް ޒުވާނުންނެއް ވަނީ އަވައްޓެރި ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
19 December 2022
އަފޫރާސިޔާބު ކަލޭ ކޮސްނުގޮވާ! ޔޫކުރޭނު ނޫން ގައުމަކުން ހަތިއާރު ހިފައިގެން ރޫސީންނާ ހަނގުރާމަ ނުކުރޭ! ނާސީޖަރުމަނުގެ މިސާލުނެގީ ރުސީން އެއީ އެވަރުގެ ބައެއްނޫންކަން ދެވަނަ ބޮޑުހަނގުރާމާގެ ވާހަކަ ކުޑަ ކޮން އަޑުއެހި މީހަކައްވެސް އެގޭނެތި! ނާސީޖަރުނާ ދެކޮޅައް ހަނގޫމަކުރީ ރޫސީވެސް އެމެރިކާވެސް އަދި ވަރުގަދަ އިނގިރޭސިންނާ މުޅިދުނިއެ! ނަސީބު ގަދަކަމުން ހެޓިލަރުގެ އަތްދަށުން ސަލާމަތް ވެވުނީ! އެކަމަކު ރޫސީން އެއުޅެނީ ކުޑަ ޔޫކުރޭނު ކައިރީގަ ނޭވާނުލެވިގެން
މޮޔަކަ މުގެ ނަންބަރ 1
19 December 2022
ސަލީމު ރަންކޮޅާ ކަލޭ ސިކުނޑިން ވިސްނަބަލަ ތާލިބާނުން ކުރިމަތީގައި ބޮޑު ނޭޓޯ އާއި އެމަރިކާ އަށް މޮޅުވެވުނުތަ؟ ޔޫކްރެއިންއަށް އެމަރިކާ އިން ނާއި ހުޅަނގުން އަބަދުހެންހުންނަނީ ޒަމާނީ ހަނތިޔާރު ދީދީ ތާލިބާނުން އަތުގައި ތިވަރަށް އެޑްވާންސް ހަނތިޔާރު ހުރިނަމަ އެމަރިކާ އަދި ނޭޓޯ މަރުވީސް
ސަލީމު އިދުރީސް
19 December 2022
ކަލޭތިއުޅެނީ މިދުނީއޭގަތަ؟ އެމެި ރީކާއިން އަފުގާނުހީފާފަ އުސާމާ މަރާފަ ބޭނުންދުވަހަކު އެތަން ހިފައިން އެތާތިބި ކަމެއްނޭގޭތޯ؟ އަދިވެސް ބޭނުމިއާ ކުޑަ އިރު ކޮޅެއް ތެޜޭ އެތަން ހިފާނެ އެމެރިކާޔާ ހުޅަގުގެ ސިއާސަތަކީ އެއިރެއްގަ ވެރިކަން ކުރާ ބަޔަކައް ބަދަލު ކުރެވޭގޮތައް އޮންނަ ސިއާސަތެއް ބޯގަޅިވީމަ ދުނިއޭގަ ކަންހިނގާގޮތް ނޭގެނީ
އަފްރާސިޔާބު
18 December 2022
ތިކަހަލަ ޕްރޮޕަގެންޑާ ވީޑިޔޯހަދަން ރަސިޔާވަރު ގައުމެއް ނޯންނާނެ. އެކަމަކު ޕުޓިންނަކަށް ރަސިޔާ ޒުވާނުން ހައްލައެއްނުލެވޭނެ.
ރަމީދު
18 December 2022
ރަޝިއާ ތި ހަނގުރާމަ ވިންކުރަން ބޭނުންނަމަ އީރާނުގެ މިލިޓެންޓުން ހިޒްބުﷲ ހައްޝަދު އަލް ޝާބީ ހޫތީ އަންސާރުﷲ ކަތައިބުހިޒްބުﷲ ފަދަ ބާރުގަދަ ފިދާއީ ފައުޖު ތައް ޔޫކްރެއިންއަށް ގެންދަން އީރާނާ ޑީލް ހަދަންވީ އީރާނައް ވާރޭހެން ލާރި އޮއްސާފަ ވިޔަސް
ސަލީމު އިދުރީސް
18 December 2022
ހެޓިލަރުވެސް އެއިރުގަ އަތް ނުފޯރާފަށުކުރީގަ އޮތް ޖަރުމަން ހަނގޫމަޔައް ވައްދާ ދުނިއެއާ ޖަރުމަން ފުނޑާލީ ތިފަދަ ފޮޓޯތަކާ ތަގުރީތައް ޖަރުމަން ރައްތުނައް ދައްކައިގެން! އެކަމަކު ނާސީޖަރުމަނުހެން ދުނިއެއާ ހަނގުރާމަ ކުރެވޭވަރު ބަޔެއްނޫން ރޫސީން ތިއީ
ޖުހާ.
18 December 2022
ސަލީމު ރަސިއާދެކެ ހާދަ ޖޭވެޔޭ. ކިތަންމެ ޖޭވިއަސް މިފަހަރު އެމެރިކާ ޖެހޭނީ ބޮލިހިލަން.
ސަލީމު ޖިދުބީސް
18 December 2022
ސަލީމު ރަންކޮޅާ އެމަރިކާ އަކީ ނިކަން އެކަނި ބަޔަކާ ހަނގުރާމަކުރެވޭ ބައެއްތަ؟ އަފްޣާނިސްތާނުގެ ތާލިބާނުންނާ ކުރިމަތިލީވެސް ނޭޓޯ ގޮވައިގެން ސައްދާމް ހުސައިން އާދިމާކުރީ ދުނިޔޭގެ 2ބައިކުޅަ 1ބައި ގައުމުގެ މަދަދުން. ރަނޑުބައެއް ނިކަން ހިތްވަރު ހުރިއްޔާ އީރާނައް ހަމަލަދީބަލަ
އަހުމަދުވަގާރު
18 December 2022
ދިވެހިން ފުދޭވަރަކަށް ލައިކު ވާނެ ހިޓްލަރު.ޔަހޫދީން މަރާ ދިނީތީވެ
އަފްރާސިޔާބު
18 December 2022
ސަލީމޫ! ހަމަހޭގައިތަ ތިހުރީ. ބަލަ ރަޝިޔާ އެކަނި އެ ހަގުރާމަ ކުރަނީ ގޭ ދޮރުމަތީގައި އޮތް ޔޫރަޕުގެ 27 ގައުމާއި އެމެރިކާއާއި ކެނެޑާއާއި އޮސްޓްރޭލިޔާ ެ އާއި ނިއުޒީލޭންޑާއި ޖަޕާނާއި ސައުތުކޮރެޔާ އަދި އިސްރާޢީލާ އެކު. އެހެންވީމާ ރަޝިޔާ އަށްވެސް ހަނގުރާމަ ކުރާނެ ރައްޔިތުން ބޭނުންވާނެ. ނިކަން ރަޝިޔާ އިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އެހީހޯދަބަލަ. މަސްދުވަހުގެ ތެރޭގައި މުޅި ނޭޓޯ ސިފައިން ގިއްގަޅުވާލާނެ. ޕުޓިން އެކަމަށް އަދި ނޭދޭތީ އީރާން މަޑުން އޮތީ.