ނަޝީދު
18 ޑިސެމްބަރ 2022 - 16:53
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28ގަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން ވޯޓު ދިނުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.
Alhugadu MDP ge riyaasee primary gai vaadhakuran vanee ninmaafa. Party ge huriha memberunge vote alhugandah dhevvun varah edhen. 💛💛
— Mohamed Nasheed (@MohamedNasheed) December 18, 2022
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްްވާނެކަން ރަސްމީކޮށް އިއުލާން ކުރެއްވިއިރު، ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލާފައި ވާއިރު، ޕާޓީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ވަނީ ބޮޑުވެފައި އެވެ. ދެ ފަޅިން ވެސް ވަނީ ޕްރައިމަރީ ކެމްޕޭނުގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ. ދެ ރައީސުންގެ ހިޔާލުތަފާތުވުން ބޮޑުވެ، ގުޅުން އޮތީ ގޯސްވެފަ އެވެ. މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެ މަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާގަ ނުދެއްވީ އެވެ. އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންރީނދޫ ލަޝްކަރު
19 December 2022
އިރާދަކުރެއްވިއްޔާ އެއްބުރުން މިފަހަރު އަންނި ބަލިކޮށްލާނަން. އެއްބުރުން! އެއްބުރުން! އެއްބުރުން!
ޒަބީނާއަލީ
19 December 2022
ވެރިކަން ބޭނުންވިއަސް ތަންކޮޅެއް ތާހިރުކޮށްވެސް ތިކަންކުރެވޭނެ ޕާޓީ ފުނޑާނުލާވެސް ވެރިކަމަށް އާދެވޭނެ މަނިކުފާނު މިހާރު ތިއުޅުއްވާގޮތުން ވަރަށް ގިނަމެމްބަރުން މަނިކުފާނާމެދު ދެކެމުން އައިގޮތް ބަދަލުވެއްޖެ ޕްރިމަރީގަވެސް މަނިކުފާނުދާނީ ވަރަށް ދަށްކޮށް
ޔަގީންޓާރ
19 December 2022
މީނާ މިފަހަރު ބޮޑުތަނުން ބަލިކުރާނަން އިންޝާﷲ!
ފޯއްމުލަކުމީހާ
19 December 2022
ދުވަހަކުވެސް ދެނެއް ނުޭނަން ތީ އަމިއްލަ އެދުމާއިގެން އުޅޭ އެދުން ވެރިއެއް
މިރައިސް23
19 December 2022
ދެނަ މަޖާ ވާނީ ޕްރައިމަރީގަ އިބޫ ބަލިވީމަ. ރިއެކްޓު ނުކުރައްވާ ބޭފުޅަކަށް ކޮންމެ ފަދަ ކަމެއްވެސް ދިމާވެދާނެ. ޔާމީނު ވެރިކަމުގަ ހުރި ނަމަ ޕްރައިމަރީއޭ ހިތަށް އަރުވާލިޔަސް..........
ކޮސްބެ ކުރުސީ
19 December 2022
ނނަޝީދުގެ ކޮށްކޮއަށް އަދަބު ނުދެވެ ނީ ކީއްވެ. ނޮވެމްބަރު 3 1998 ކީއްވެ ޒިކުރާ ނުކުރަ ނީ . ދެ ން ނަޝީދު ރަ ނގަޅުވާ ނީ ދިވެހި ނަށްވުރެ ކޮލިޓީ ދަށް އި ންޑިއާގެ އަވަށެއްގެ ކަތީބުކަމަށްބކުރިމަތިލިއްޔާ .
އާނަންދު ކުމާރީ.
19 December 2022
ދިވެހިންނަށްވުރެން ކޮލިޓީ ދަށޭ ؟؟ ކަލެއަށް އިންޑިޔާ އާއި ދުނިޔެ އިގޭވަރު ތިއޮތީ އެގިފަ. ވަޅުގައި އޮތް ބޮކެކޭ ކަލެއެކޭ ތަފާތެއްނެތް.
ކިހާބޮޑުކަމެއް
19 December 2022
މައްސަލަޖެހެންފެށީ ނިޒާމާބެހޭ މައްސަލައަކުންނޫނެވެ. މައްސަލައަކީ ނަޝީދަށް ވެރިކަން ނުކުރެވިގެންނެވެ. ދިވެހި ރައްޔަތުންގެ އެދުމާދެކޮޅަށްވެސް އޭނަ ވެރިކަންބޭނުމެވެ. ޑިމޮކުރޮސީފުޑާލާފަ ނަމަވެސްހެވެ. ނިޒާމް ބަދަލުކުރަން ޖެހުނަސް މައްސަލައެއްނެތެވެ. ބިރުވެރިވަގާއިގުޅި ޕީޕީއެމްއާއިގުޅެންވެސް ތައްޔާރެވެ. އަމިއްލަޕާޓީގެތެރޭގައި ދެބައިވުން އުފެދުނަސް މައްސަލައެއްނެތެވެ. ބޭރުގެރުހުން ހޯދަން ރާއްްޖޭގެ އިސްލާމްދީނަށް ހަޖޫޖަހަނީއެވެ.އެކަމަކުވެސް ނާކާމިޔާބެވެ.
އޮނަރަބްލް އަފީފު ދީދީ
19 December 2022
ވެރިކަމުގައިހުރިމީހާއަށް އިތުރުދައުރެއްދިނުމަކީ ރާއްޖޭގައި ނަސްލީ ތަފާތުކުރުންބޮޑު (މިވެރިކަމުގައި މިކަންހައްދުންނެއްޓި ރާއްޖޭގެ އެހެންރަށްރަށުގެ މީހުންގެމައްޗަށް ކ.އަތޮޅުމާލޭމީހުން ޙާއްސަކުރެވި ފައިވަނީ) ގަބީލާވަންތަވެރިކަމަކަށް ފުރުސަތު ހުޅުވިގެންދާނެ. # އަދި ޤާނޫނުއަސާސީއާއި ޙިލާފަށް ރައީސުލް ޖުމްހޫރީއްޔާގެ މައްޗަށް (މިހާރުވެސް ކަންހިގާގޮތަށް) އަމުރުހިންގޭ ވަޒީރުންއުފެދި ވެރިކަމުގެ ނިޒާމް މުޅިން ސުންނާފަތި ވެދާނެ. ވޯޓްދޭއިރު މިކަމަށް ވިސްނާތި.
ހާއިބްރީ
19 December 2022
އެމްޑީޕީގެ އަސްލު ރޮޒެއިނާއާއި ފިރިކަލުން ނާޝިޒުއާގުޅޭކަމަށް ހީވެ އެމީހުންގެ ބަހަށް އެމްޑީޕީ އަނބުރާލަން އެއްބަސްވާ ހިސާބުން އެމްޑީޕީގެ އަސްލު ނިކުމެ އެމްޑީޕީ ހަމަމަގަށް އަޅުވަން ޖެހެއެވެ. ކޮރަޕްޝަންއާއި ފަސާދައަކީ އެމްޑީޕީ އުފެދުނު ފަލްސަފާއާއި މުޅީންދެކޮޅު ކަމެކެވެ. އެމްޑީޕީ އެތެރޭގައި ކޯޅެންވީއެވެ. ކޮންމެވެސް ބަޔަކު މޮޅުވެ ދެރެވާނެއެވެ. ނަމަވެސް މިހާރު މިހަރަ ހިނގަނީ އެކަމެއްނޫނެވެ. ވަޒީފާގެ ބިރަށް ސިޔާސީގޮތުން ވަޒީފާ ލިބުނު މީހުން ދީލާލީއެވެ.
އެދުރުކަލޭގެފާނު
19 December 2022
އަންނި ނޫނީ ރައްޔިތުންގެ ފައިސާއިން ފެންނުވަރާ ވެރިޔަކު އަދި ޚާއްސަކޮށް ވަޒީފާގެ ބިރު ކަނޑުވާލައި އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރި ވެރިޔަކުނެތެވެ. އެފަހުން ފެނިގެން ދިޔަ ހުރިހާވެރިކަމެއްގައި ވައްކަމާއި ވަޒީފާގެ ބިރު އެބައޮތެވެ. ޔާމީނުގެ ވެރިކަމުގައި ވައްކަމުގެ އިތުރަށް އަނިޔާވެރިކަން އިންތިހާއަށް އޮތެވެ. ދިވެހިން ވަގުތީ ފައިދާ ބޭނުންނަމަ އަދި ވަޒީފާގެ ބިރު އަދި ކުންފުނިތަކުގެ ވެރިންގެ ނޯކަރުކަން ބޭނުންނަމަ ސޯލިހް އެވެ ނުންނަމަ އައްނިއެވެ.
1828
19 December 2022
ރާއްޖޭގެ ރައީސްކަން ކުރީ ރާއްޖޭގެ ވެރިކަން ބޭނުމެއްނޫންނޭ ބުނެފައި. މިހާރު އެހެރީ މަޖިލީހުގެ ރައީސްކަމުގައި. އެކަންވެސް ބޭނުންނުވާކަމަށްބުނި. ރައީސްކަން (ދައުރު ފުރިހަމަ ނުކުރިޔަސް) ކުރީތީ ރައީސްއަކަށް ލިބޭ ހުރިހާ އިނާޔަތެއް ނަގާ. ދެން ކޮބާ ރައްޔިތުންގެ ފައިސާއިން ފެންނުވަރާފައި؟ މިހާރު އަނެއްކާ ފައި ނަގައިގެން އެހެރީ ރާއްޖޭގެ ވެރިކަމާއި ދިމާލަށް. ލިބުނުވަރު މަދުވެގެން އަންބޮޑި ބޮޑުކުރަން އެއުޅެނީ. ރައްޔިތުންނަށް ހެޔޮ އެދިގެންނެއްނޫން.
ކާނަލް ކުރަފި
19 December 2022
އެދުރުކަލޭފާނު ތިޔަހުންނެވީ ދަނޑި އެދުރަކަށް ވެފައި. ތިމީހާއަށްވުރެ ގިނަ ފައިސާ ދިވެހިދައުލަތުން ޚަރަދު ކުރާ މީހަކު ނުހުންނާނެ. ވަގަކަސް ދޮގަކަސް އަދީބަކަސް ކަތީބަކަސް މީނައަށް ބައިއެޅުފައި ހުރީ. އިންޑިޔާއަށް ދޭ ކޮންމެ ޕްރޮޖެކްޓަކުން ބައެއް ބަނޑު ދަށުކުރޭ. އެގްޒްބޭންކް ކޮޅާލީމާ ފެންނާނެ ބައިލިބޭވަރު. އެދުމަކާގެން ނޫނިީ ނޫޅޭނެ. ބުނާނެ ވެރިކަމެއް ބޭނުމެއް ނޫން. މަޖިލިސް ރައީސް ކަމެއް ބޭނުމެއް ނޫން. ޢެމްޑީޕީ ރައިސް ކަމެއްވެސް ބޭނުމެއްނޫން.