އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ނިންމާލެއްވުމަށް ފަހު ދެ ރައީސުން ބައިވެރިންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
18 ޑިސެމްބަރ 2022 - 09:19
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ 28ގައި ބާއްވަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި އެވެ.
ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނުގެ ޓީމުތަކާ އެކު މަސައްކަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް މި ހުޅުވާލީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި ޕާޓީގެ ރައީސް ނަޝީދުގެ ފެކްޝަނުގެ ވާދަވެރިކަން ބޮޑުވެފައި ވަނިކޮށެވެ. ދެ ފަޅިން ވެސް ވަނީ ޕްރައިމަރީ ކެމްޕޭނުގެ މަސައްކަތްތައް ފަށައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތްތައް ނުރަސްމީކޮށް ހިންގަނީ ކުރިން ވެސް އެމަނިކުފާނުގެ ކެމްޕޭން މައި އޮފީހުގެ ގޮތުގައި ބޭނުންކުރި ސޯލްޓް ކެފޭގަ އެވެ. ނަޝީދުގެ އަރިސް މެމްބަރުން ގެންދަވަނީ އިލެކްޝަންސްގެ ދަފްތަރުގައި ނެތުމުން، އެމްޑީޕީން ވަކިކުރި ގިނަ ބަޔަކު ޕާޓީއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާ ކެންޑިޑޭޓުން 500 މެމްބަރުންގެ ތާއީދު ފޯމު ހުށަހަޅަން ޖެހެ އެވެ. މި ފޯމުތަކާ އެކު ޑިސެމްބަރު 24ގެ ހަވީރު ހަތަރެއްގެ ކުރިން ޕްރައިމަރީގައި ވާދަކުރުމުގެ ފޯމު ހުށަހަޅަން ޖެހެ އެވެ.
- ޕްރައިމަރީގެ ފޯމު ބަލައިގަތުމުގެ ފަހު ދުވަހަކީ ޑިސެމްބަރު، 24
- ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު ޑިސެމްބަރު 26 ގައި އިއުލާންކުރާނެ
- ޕްރައިމަރީގެ ވޯޓާސް ލިސްޓު ޑިސެމްބަރު 28 ގައި އާއްމުކުރާނެ
- ޑިސެމްބަރު 31 ގައި ޝަކުވާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނެ
- ޖެނުއަރީ 10 ގައި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނެ
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 100 ވަނަ މާއްދާގައި އޮތީ ދައުލަތުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސަރުކާރުގެ އެންމެ މަތީ ވެރިޔާ ހޮވުމަށް ބާއްވާ އިންތިހާބުގައި ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބެއްގައި ކުރިމަތިލާ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ފަރާތް" ކަމަށެވެ. މިގޮތަށް ބާއްވާ އިންތިހާބުގެ ކަންތައް އިންތިޒާމްކޮށް ބަލަހައްޓަންވާނީ ގައުމީ މަޖިލީހުން އިންތިހާބުކުރާ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ.
- އެމްޑީޕީގައި 2007 އިން ފެށިގެން ބޭއްވި ހުރިހާ ޕްރައިމަރީއެއްގައި ނަޝީދު ވާދަކުރެއްވި.
- 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު, އަދި ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި ފުރަތަމަ ފަހަރަށް ރައީސްކަން ކޮށްފައިވާ އަދި މިހާރު ރައީސްކަމުގައި ހުންނެވި ފަރާތަކާ ވާދަކުރާ ރިޔާސީ ޕްރައިމަރީއެއް.
- އެމްޑީޕީގެ ތެރޭގައި ދެ ރައީސުންގެ ކޯޅުމާއި ހިޔާލު ތަފާތުވުންތަކުގެ އިތުރަށް މުޅި ސިޔާސީ ޕާޓީގެ ނިޒާމަށް ވެސް އަލަށް ތަޖުރިބާކޮށްލަން ފެންނާނެ މަންޒަރެއް.
- އެމްޑީޕީގެ އެތެރޭގެ އެހެން ޕްރައިމަރީތަކަށް ފަހު ބަލިވާ ކެންޑިޑޭޓް މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް ނާރާ މައްސަލަ ބޮޑު.
- ދެ ފެކްޝަނުގެ ކެމްޕޭނަށް ފަހު މޮޅުވާ ރައީސެއްގެ ފަހަތުގައި ބަލި ގަބޫލުކޮށް މަސައްކަތް ކުރައްވާނެތޯ އުފެދޭ ސުވާލަށް ޖަވާބު ލިބޭނެ.
- ދެ ފެކްޝަނުގެ އާއްމު މެމްބަރުން ނަތީޖާ ބަލައިގަނެ ބަދަހިކަމާ އެކު ކެމްޕޭންގައި އުޅޭނެތޯ ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއް.
ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވާ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އަންނާނެ ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ.
ދެ ރައީސުންގެ ހިޔާލުތަފާތުވުން ބޮޑުވެ، ގުޅުން އޮތީ ގޯސްވެފަ އެވެ. މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާގަ ނުދެއްވީ އެވެ.
އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިގައުމުގަ ކުރިމަގު އޮތީ ކަޅުކޮތަޅައް އެރިގެން ތިބެ ހޮހޮޅައިގަތަ؟
19 December 2022
އެކަކީ ހިހޫތަނުން ކާމީހެއް. އަނެކަކަކީ ހެސް ކިޔާފަ މަސައްކަތް ކުރާ މީހެއް. ގައުމު ދަވާލަން ބޭނުން ވަ ބައިގަޑު ވޯޓުލާނީ ނުކެރޭ ފިނޑި މީހާއައް. ރަގަޅު ކުރުމުގެ ކުޑަކުޑަ މިންވަރެއްވެސް އޮތީ ކެރޭމީހާ އައް ވޯޓު ލީމަ.
އޮނަރަބްލް އަފީފު ދީދީ
18 December 2022
ރާއްޖެއަށް އިސްލާޙީބަދަލުގެންނާން ގަދައަޅާމަސައްކަތްކުރި އެތައްބަޔަކުއެކުވެ އެއްކުޑައެއްގެދަށުގައި ތެދުވެތިބުމުގެމަޤްސަދަށްޓަކާ އުފެއްދި Maldivian Democratic Party އުފެދުނުއިރު ޕާޓީގައި ތިބި މެންބަރުންގެމައްޗަށް މާބާރުގަދަ ނުފޫޒުހުރިބަޔަކު ވެރިވެފައިވާތީ މިއަދު ތިޔަ އިންތިޙާބު "ވެރިކަމުގައި ހުރިމީހާ" ކާމިޔާބު ކޮށްފާނެ. # އެހެން ނަމަވެސް އެމީހާއަކީ ނުވަތަ ސޯލިޙްގެ އެޑްމިނިސްޓްރޭޝަން އަކީ ރައްޔިތުނަށް ގަޔާވެވުނު ވެރިކަމެއްނޫންކަން އެންމެނަށް އިގޭ.
ޑަނަލްޑީރަދީ
18 December 2022
މައިޕާރޓީ އެމްޑީޕީގަނޑިގެ ޕްރައިމަރީ އަށް ހުޅުވާލާފަ މިވަނީ ރާއްޖޭގައި މިފަދަ ކަންކމަުގަ ޢަމަލްކުރަމުންގެންދާ އުޞޫލާ ޚިލާފަށެވެ ވަޒީފާ އަކަށް އިޢްލާން ކިރާއިރު ނުވަތަ އަންދާޒީ ހިސާބެއް ހޯދަން އިޢްލާން ކިރާއިރުވެސް އިޢްލާން ކުރާދުވަހާ މިއްދަތުހަމަވާ ދުވަހާ ދެމެދަށް 7 ދުވަސް އޮންނަ ގޮތަށެވެ ހައްޤުގެ ވާޙަކަ ދައްކަމުން އައިމީހުން ބާރެއްލިބުނު ދުވަހު ކަންކުރާގޮތް ފާޅުކަން ބޮޑުގޮތެއްގައި މި ފެންނަނީއެވެ އެ ވިދާޅުވާ އިންޞާފަކީ މިއިތޯއެވެ
މޭރާ ޚެޔާލް
18 December 2022
ކުރީގެ ރައީސް ނަޝީދަކީ ވެރިކަން ކުރަން އެނގޭ މީހެއް ނޫނެވެ. އޭނާ ކަމަކު ނުދެއެވެ.
އޮނަރަބްލް އަފީފު ދީދީ
18 December 2022
ރިޔާސީ ޓިކެޓްހޯދުމަށް ޕްރައިވެރީޒްގައިބައިވެރިވުމަށް ހޯދަންޖެހޭ 500 ސޮއި އެންމެންހޯދާގޮތަށް އޮތުމުގެބަދަލުގައި ރައީސުލް ޖުމްހޫރީއްޔާކަން އަދާކުރައްވާބޭފުޅާއާއި، ޤާނޫނުހަދާމަޖިލިސް ރައީސް ހިމެނޭގޮތުން މަޖިލިސް މެންބަރުންނާއި ސިޓީތަކުގެ މޭޔަރުންނަށް 500 މީހުންގެ ސޮއިނެތިވެސް ފޯމްހުށަހެޅޭގޮތަށް ޕާޓީގެ އަސާސީޤަވާއިދުބަދަލުކޮށް ކުރިމަތިލުމުގެފުރުސަތު މިފަދަބޭފުޅުންނަށް ފުޅާކޮށްދޭންޖެހޭ. މިދެންނެވި މަޤާމްތަކަށް އާދެވޭނީ ޕާޓީ މެންބަރުންގެ ރުހުން އޮތީމަ.
ލާމަސީލު
18 December 2022
މިތަނުން ދޮގުހަދަނީ ކާކު؟ ނަޝީދު ބުނުއްވި ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނަމޭ. ސިޔާސީގޮތުން ޗިޕެއް ޖަހަން ބުނިކަމުގައިވިޔަސް ދޮގުވާނީ ހަމަ ދޮގަކަށް. އެކަމުން ގެއްލޭނީ އިތުބާރު. އަބަދު ބޮލަށް ޗިޕުޖަހައިގެނެއް ނޫޅެވޭނެ ދޯ.
މަހުމީދު
18 December 2022
ހިންނަވަރު ޞާލިޙަކީ އެއްވެސް އިރެއްގަ ވެެިކަމަށް އަންނަން އުޅުނު މީހެއް ނޫން ރައްޔިތުންނަށް އެގޮތުގަ ފެނިފައެއް ނެތް ވެެރިއެއްގެ ޝަހްޞިއްޔަތެއް ނެތެވެ ޞަލިޙު ނޫން މީހަކަށް ރައްޔިތުން ވަނީ ބޭނުންވެފައެވެ
ސިފަކޮއްލައްވާ
18 December 2022
ރައީސް ނަސީދު ދެރަކޮއްލުމައް އެއްވެސް މީހަކު ‘މާލޭ ނަސީދު’ އެއް ނުކިއާ. އެހެން ބުނުމުން ލަގަބަކައްވަނީ. ނަމަވެސް ރައީސް އިބޫއައް ނުރުހުމުގެ ގޮތުން ‘ހިންނަވަރު ސާލިހު’ ކިއުން އެއީ ރަގަލު ކަމެއް ކަމައް ދެކޭ ފަދަ ދަރަޖައެއްގަ ވިސްނުން ހުރިބައެއްގެ ތެރޭގަ ތަހުޒީބާއި އަހުލާގު ހުންނާނެވަރު ސިފަކަޮއްލައްވާ.
ސާރުދާ މިއާ
18 December 2022
އިބޫ ފަހަތަކަށް ނާރާނަން.ނިވާ ފަތްގަނޑުގަ ހުރެ ރައްޔިތުން ފެލަނީ.ވޯޓާ ކައިރިވީމަ ރައްޔިތުން ހެއްލޭނެކަމަށް ހީނުކުރާތި.
އިބޫ ފެކްޝަން
18 December 2022
މީގަ ހަދަންޖެހޭގޮތަކީ އަންނި ކުރިމަތި ނުލައިފިއްޔާ އަންނި ފެކްޝަންގެ މަނާފުކަކަށް ސައެއްދީގެން ކުރިމަތިލައްވަންވީ.. އެއިރުން ޕުރަމަރީގަ އަންނި ބަލިވާނެތީ ބައިވެރިނުވީކަން ފެންނަން އޮންނާނެ.
އިހްސާސް
18 December 2022
ޢެމްޑީޕީ 2 ޕާޓީ އަކަށް ފަޅި ނުވާނެބާ މިފަހަރު..