އައިއެފްސީގެ ބޭފުޅަކާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އެއްބަސްވުމަށްފަހު ފޮޓޯ އަކަށް ހުއްޓިވަޑައިގެން --ފޮޓޯ: ދިރާގު
19 ޑިސެމްބަރ 2022 - 13:02
އަންހެނުންގެ ކޯޕަރޭޓް ލީޑަޝިޕް ހަރުދަނާ ކުރަން އިންޓަނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަން (އައިއެފްސީއާ) އެކު ދިރާގުން އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ އައިއެފްސީއާ ގުޅިގެން، ދިރާގުގެ ޖެންޑަ އެޑްވައިޒަރީ ޕްރޮގްރާމް އިފުުތިތާހު ކުރަން ނިންމާފައިވާ ކަމަށާއި އައިއެފްސީއާއެކު ސޮއިކުރި އެއްބަސްވުމަކީ ޖިންސީ ހަމަހަމަކަން ހޯދުމަށް އެ ކުންފުނިން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތަށް ބިނާވާނެ ކަމެއް ކަމަށެވެ.
އައިއެފްސީން ދިރާގާއެކު މަސައްކަތް ކުރާނީ ދިރާގުގައި ވަރުގަދަ "ޖެންޑަ ލެންސް" އަކަށް އަމަލުކޮށް، އެ ކުންފުނީގެ ޖެންޑަ އެކްޝަން ޕްލޭން ހަރުދަނާ ކުރުމަށާއި ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިލުމަށެވެ.
ދިރާގުން ބުނިގޮތުގައި، އައިއެފްސީއާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކީ މި އަހަރުގެ ކުރީކޮޅު ދިރާގުން ފެށި ޖެންޑަ އެކްޝަން ޕްލޭންގެ ދަށުން ހިންގާ ކަންކަމަށް އިތުރު ފުރިހަމަ ކަމެއް އައުމެވެ. އެއީ އެ ކުންފުނީގެ ފަންނީ އަދި ފަންނީ ނޫން ދާއިރާތަކުގެ މުވައްޒަފުންގެ ގޮތުގަ އާއި ލީޑަރުންގެ ގޮތުގައި އަންހެނުން ކުރިއެރުވުމަށް ސަމާލުކަން ދޭ މުހިންމު ދާއިރާއެކެވެ.
"އަޅުގަނޑުމެން ދެކެނީ މި ގުޅުމަކީ އައިއެފްސީގެ ތަޖުރިބާ ހޯދައި، އަޅުގަނޑުމެންގެ އާ އެންވަޔަރުމެންޓަލް، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) ފަންކްޝަން ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި،” ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ވިޔަފާރީގެ އޮޕަރޭޝަންތަކުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ޔަގީން ކޮށްދިނުމަކީ ކުންފުންޏެއްގެ ވިޔަފާރި ރަނގަޅުވެ، އިގްތިސާދީ ފައިދާ ކުރާނެ ކަމެއް ކަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް އައިއެފްސީން ކަނޑައަޅާފައި ހުންނެވި ކަންޓްރީ މެނޭޖަރު އެލެހާންޑްރޯ އަލްވަރޭޒް ވިދާޅުވި އެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި ތަފާތު އަދި "އިންކްލޫސިވް" ވަޒީފާގެ މާހައުލެއް އުފެއްދުމުގައި އެހެން ކުންފުނިތަކަށް މުހިއްމު ނަމޫނާއެއް ދައްކަމުން ކަމަށް ވެސް އެލެހާންޑްރޯ ވިދާޅުވި އެވެ.
ޖިންސީ ތަފާތުކުރުންތައް ނައްތާލައި، ހަމަހަމަ ފުރުސަތުތައް ދިނުމަށް ދިރާގުން އަންނަނީ ވަރަށް ގިނަ ކަންކަން ކުރަމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި 'ވިމެން އެމްޕަވަމެންޓް ކޮމިޓީ' އެއް 2019 ވަނަ އަހަރު އުފެއްދުމެވެ.
އަންހެނުން ބާރުވެރި ކުރުމަށް ދިރާގުގެ ސީއެސްއާރުގެ ދަށުން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައއް
20 December 2022
ހުރިހާ ފިރިހެނުން ރާއްޖޭން ބޭރުކުރަންވީ. ހުސް އަންހެނުންނަށް ވީމަ ދެން އަންހެނުން ފުދޭވަރަކަށް ބާރުގަދަވާނެ
ށަވިޔަނި
19 December 2022
މިއީ މަބުނާ ވާހަކަ. ކޮޕީކުރުން. އަންހެނުންނަށް ވަޒީފާއާއި މަސައްކަތުގެ ދާއިރާގައި ފިރިހެނުންނާ އެއްގޮތަށް އެއްސަފެއްގައި އެއްހަމައެއްގައި ބައިވެރިވުމުގެ ފުރުސަތު މި ގައުމުގައި އޮތްވަރަށް އޮތް އެހެންގައުމެއް ދުނިޔޭގަ ނޯންނާނެ. ޖެހިގެން ތިބި ގައުމުތަކުގައި ތަފާތު އިންތިހާއަށް ބޮޑު އަދި ތިބުނާ ޔޫރަޕާ އެމެރިކާގަވެސް ތަފާތުކުރޭ. ތިކަން އެމީހުން ކުރީމަ އަހަރުމެން ކުރަންޖެހޭތަ. އަހަރުމެން ރާމާމަކުނުން ހެން ކޮޕީކުރާކަށް ނުޖެހޭ.
ސައިމަންސޭޒް
19 December 2022
ތިޔާ ބުނީ ރަނގަޅު ވާހަކައެއް. ހީވަނީ އަހަރުމެންގެ ނެތް ޒަހަމަކަށް ބޭސް އަޅާހެން. ނާފަހެ އަހުރެންވެސް ހައިރާންވި އެއްކަލަ ބޮޑު ހުޅަނގުގެ ޗެމްޕިއަން އެމެރިކާގަ އެއް މަސައްކަތްކުރާ ދެ ޖިންސުގެ މީހުންނަށް ތަފާތުކުރާ ވާހަކަ އިވިފަ. މިރާއްޖޭގަ ޔުނިވާސިޓީ ނިންމާ ކުދިންގެ ބޮޑު ބަޔަކީވެސް އަންހެން ދަރިން. ފިރެހެން ދަރިންތައް މަސްތުގަ ވާވައްދައިފި. އެކަމަކުވެސް ހުޅަނގުން ކީހާ އެއްޗެއް ކިޔަންޖެހޭ.
ސީޒަން ޖެކްޝަން
19 December 2022
އަންހެނުން ބާރުވެރިކުރުވަންޏާ ތިބޭޅާ އިސްތިއުފާދީ އަންހެނަކާ ތިމަގާމު ހަވާލުކޮށްބަލަ.
ބާރުވެރި
19 December 2022
ތިމީހުން ބާރުވެރި ކޮށް ކޮށް ނުނިމުނުތަ؟ ވާކަމެއް އެބައޮތްތަ ބާރުވެރިކޮށްގެން؟ ޕޮޒިޓިވް ރެޒަލްޓެއް ފެނޭ؟ ބަޖެޓުން ބޮޑެތި ޚަރަދުތަށް ބާރުވެރިކުރަން ކިޔާފަ ތި ކުރަނީ