19 ޑިސެމްބަރ 2022 - 13:31
އީރާން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒަހަރާތަކުން ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން 39 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ބުނެފި އެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި މުޒާހަރާތަކުން ހައްޔަރުކޮށް މިހާތަނަށް މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ޖުމްލަ އަދި މުޅިން ސާފު ނުވި ނަމަވެސް، މިހާތަނަށް ދެ މީހަކު ވަނީ، ހުކުމް ތަންފީޒުކުރުމުގެ ގޮތުން ދަންޖައްސައި މަރައިފަ އެވެ. އަދި މިހާރު ޝަރީއަތަށް ހުށަހަޅާފައި ތިބި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، މަދުވެގެން 27 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައި ދަންޖައްސައިގެން މަރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
މިހާރު ޝަރީއަތް ކުރިއަށް ދާ ގޮތަށް ބަލާއިރު، ހައްޔަރުކޮށްފައި ތިބި ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުން އެކަށީގެންވާ ފަދަ ދައުވާތައް ހުރުމުން، ގިނަވެގެން 39 މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ ކަމަށް ބެލެވެ އެވެ. މަރުގެ ހުކުމް އިއްވާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ވެސް ހިމެނެ އެވެ.
ތުހުމަތުތަކުން ދިފާއުވުމަށް އެކަށީގެންވާ ގާނޫނީ ފުރުސަތު ދިނުމެއް ނެތި، ކުރިއަށް ގެންދާ ޝަރީއަތުގެ މަރުހަލާތަކުގައި ކަން ހިނގާ ގޮތާ މެދު ކަންބޮޑުވާކަން ހާމަކޮށް، އެމްނެސްޓީގެ ފަރާތުން ވަނީ އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ އަށް ސިޓީއެއް ފޮނުވައިފަ އެވެ.
އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބުނި ގޮތުގައި މުޒާހަރާތަކުން ހައްޔަރު ކުރި މީހުންގެ ތެރެއިން މަރުގެ ހުކުމް އިއްވާނީ ކިތައް މީހުންކަން ބުނާކަށް ނޭނގެ އެވެ. މިހާރު ލަފާ ކުރެވޭ މިންވަރަށް ވުރެ އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ އިރު، ހައްޔަރުކުރި މީހުންގެ މައްޗަށް ހިންގާ ޝަރީއަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް، އެ މީހުންގެ އާއިލާތަކަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކޮށް ބިރުދައްކަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެމެނެސްޓީން ބުނި ގޮތުގައި ޝަރީއަތަށް ހުށަހަޅާފައިވާ މީހުންގެ ދިފާއުގައި ވަކާލާތު ކުރާނެ ގާނޫނީ ވަކީލުން ބޭނުންކުރުމުގެ ފުރުސަތާއި އަމިއްލަ ނަފްސުގެ ދިފާއުގައި އެކަށީގެންވާ މަސައްކަތް ކުރުމުގެ ފުރުސަތެއް، އީރާންގެ އިންގިލާބީ ކޯޓުގައި މިހާރު ހިންގާ ޝަރީއަތްތަކުގައި ނުލިބެ އެވެ. އެހެންކަމުން، އެމީހުންގެ މައްޗަށް އަދުލުވެރި ޝަރީއަތެއް ހިންގައި ކުށުން ބަރީއަވުމުގެ ފުރުސަތު ނެތް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
މުޒާހަރާތަކުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ތިން ކުއްޖެއްގެ މައްޗަށް ވެސް، ޝަރީއަތް ކުރަމުން ދަނީ ބޮޑެތި މީހުންގެ މައްޗަށް ޝަރީއަތް ހިންގާ ކޯޓުގަ އެވެ. މިއީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ޚިލާފަށް އީރާނުން ކުރާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއަލް މޯލްޑިވިއަން
20 December 2022
ރޭގެ ވަގުތެއްގައި ނަތަންޔާހޫގެ އަމުރަކަށް އިސްރާއީލުގެ ވައިގެ ބާރުތަކުން ސޫރިޔާއަށް ވަރުގަދަ މިސައިލުގެ ހަމަލާތަކެއްއަރުވައިފި ދިމިޝްޤުގެ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެއާޕޯޓައްދާން އޮންނަ ބޮޑު ހައިވޭއަށާއި ސައްޔިދާ ޒައިނަބު އޭރީއާއަށް މިއީ ވަރަށްބޮޑު ގެއްލުމެއް މިކަމުގެ ރައްދުހަމަލާ އީރާނުން އިސްރާއީލައް ދޭންޖެހޭނެ އިން ޑައިރެކްޓްލީ މިލިޓެންޓު ހިޒްބުﷲ ލައްވާ ވިޔަސް އެންމެ މިސައިލެއް ނަމަވެސް އިސްރާއީލައް ފޮނުވަބަލަ
ސަލީމު އިދުރީސް
20 December 2022
ބީރުބޮލު ވަޒީރަށް ދަންނަވަން މަގޭ އަބަދުވެސް އުޅެނީ ދަސްކުރުމުގެ މަސައްކަތުގަކަމަށް! އެގޮތުން ބީރުބޮލު ވަޒީރު ބުނެދީބަލަ އިސްލާމް ދީނުގަ ވެރިޔަކު ހޮވާގޮތާ ވެރިޔަކަށް ރައްޔިތުންގެ ރުހުން އޮންނައް ޖޭތޯއާ! އަޅުގަނޑައް އެނގޭ މިންވަރަކީ ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެއްކަން ! މިއަށް ވުރެ ތަފުސީލުކޮއް ބީރުބޮލަން އެގޭނެތާ އެކިބާވަތުގެ ހުކުންތައް ދަސްކުރަން އެހެންމީހުނައް ނަސޭހަތް ތެރިވާއިރު
ފަޖުރުތަރި
20 December 2022
ސަލީމުބޭ ނިކަން ޢުމަރު ބިން ޢަބްދުލްޢަޒީޒްގެ ސީރަތު ކިޔާލަބަލަ..އެއީ 4ހަލީފާއަށް ފަހު މުސްލިމުންގެ މުޅި އުއްމަތް ފަޚުރުވެރިވާ ފަދަ ލާމަސީލު ނަމޫނާއެއް ފަދަ ވެރިއެއް. އެބޭކަލެއްގެ އަދުލުވެރި ކަމުގެ ސަބަބުން މީސްތަކުން މުއްސަނދިންނަށްވެ ޒަކާތް ނެރުމުން ޒަކާތުގަ ހިފާނެ މީހަކު ނުވި ޒަމާނެއް ދެކުނު ވެރިއެއް.
ރަދީފްއޮފިޝަލް
19 December 2022
އީރާން، ރަސިޔާ، އުތުރުކޮރެޔާ، ޗައިނާ، އެއްގަލަކަށް އެރީމަ އެމެރިކާޔާ ހުޅަނގު ޖެހޭނީ މަހަށްދާން.
ކަނޑުކޮސްް
21 December 2022
މަހަށް ދިއުމަކީ ކަޑަކަމެއް؟
އަފްރާސިޔާބު
19 December 2022
އީރާނު ސަރުކާރުން މުޒާހަރާ ކުރުން މަނައެއް ނުކުރޭ. ނަމަވެސް ޢާންމު މުދަލަށް ގެއްލުންދީ މީހުންނަށް ހަމަލާދީ މީހުންގެ އަބުރަށް އަރައިގަންނަމަ އެކަމަށް ސަރުކާރުން ފިޔަވަޅު އަޅާނެ. ފިޔަވަޅު އެޅުމުގައި ނުބަލާނެ އެކަންކުރީ ޒުވާނެއްތޯ މުއްސަންޖެއްތޯ ގަދަރު ވެރިއެއްތޯ މަތީމަގާމެއް އަދާކުރާ މީހެއްތޯ ފިލްމީތަރިއެއްތޯ މަޖްލީހުގެ މެންބަރެއްތޯ؟ ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަޔަށް ހިންގާނެ.
ސަލީމު އިދުރީސް
19 December 2022
ގައުމެއް ނުވާނެ މުސްމެއް އެތާއުޅޭ ރައްތުން ގަދަބާރުން ވަކިކަމެއް ކުރުވުން އެއީ ގައުމު މުސްލިމު ވުމެއްނޫން! ފާރިސީންގެ ސަގާފަތް ކާލާފަ ގައުމައް ރަންނަމާރި އާރާ ގައުމުގެ ރީތި އަންހެނުންގެ އޫޖާލާ މޫނުތަކުގަ ކަޅުފޮތި ދެމީކަން ޒުވާން ޖީލައް ވިސްނުނީ ދެން އެމިހުން ނުހުއްޓުވޭނެ! ފާރިސީންނަކީ ހިއްވަރުގަދަ ވިސްނުންތޫނު ބަޔެއް ރަންނަމާރި މައްޗައް ކުރިހޯދާ މިނިވަންވާނެ އިރާނު ރައްޔިތުން
ބީރުބޮލު ވަޒީރު.
19 December 2022
ސަލީމު ކަލޭ ފުރަތަމަ ބުރުގާ ދަސްކުރަންވީ. އޭގެ ހުކުމް ދަސްކުރަންވީ. ދެން ދިވެހި ބަހުން ލިޔަން ދަސްކުރޭ.
ށަވިޔަނި
19 December 2022
އީރާނަކީ މުސްލިމު ގައުމެއް. އެމީހުން ޝަރީޢަތުގައި އޮންނަ އަދަބު ދޭއިރު އެވާކަ ދެއްކޭނެ އެކަކުވެސްނެތް. ކަލޭމެން މުސްލިމުންގެ ކަންކަމުގެ ތެރެއަށް ނުވަދެ ތިބެބަލަ. ދުނިޔޭގަ ލެއްވިހާ ފާހިޝުކަންތައް ކަލޭމެން ކަލޭމެންގެ ގައުމުތަކުގައި ހުއްދަކުރާއިރު އަހަރުމެން އެއްވެސް އެއްޗެކޭ ނުބުނަން. ނުބާ ކަމުގެ އިންތިހާ. ތިއީ ގެރިބަކަރިން.
ހަސަން ވާފިރު
19 December 2022
އިސްލާމީ ގައުމުތަކުން މިސަާލުނަގަން ވީ އީރާނުން .. މުސްލިމު ގައުމަކަށް އިރާނު ނުވިޔަސް އެމީހުންގެ އުސޫލުތަށް މާ ހަރުދަނާ
ޖުހާ.
19 December 2022
ހަސަން ވާފިރަށް އިރާނު މުސްލިމު ގައުމަކަށް ނުވިއަސް އަހަރުމެނަށް އެއީ މުސްލިމު ގައުމެއް. އާލުސޫދުން ހަދާހެން ޔަމަނަށް ބޮންއަޅާ ޓެރަރިސްޓުން ތަމްރީނުކުރުންކަހަލަ އެއްވެސް ކަމެއް އެމީހުން ނުކުރޭ. މިސްކިތުގަ ބޮމެއްވެސް ނުގޮއްވާ. އެއީ އަސްލު ސުންނަތަށްއުޅޭ މީހުންނަކީ.
ޖަމީލުބެ
19 December 2022
ދައުލަތާއި އާއްމުގެ މުދަލުގައި ހުޅުޖަހާ ގެއްލުން ދިނުމުން، ޑިމޮކްރަސީގަ އޮންނަ އަދަބަކީ ކޮބައިތޯ؟
ޖުހާ
19 December 2022
ދައުލަތާ އާއްމު މީހުންގެ މުދަލުގަ ހުޅުޖަހަންޖެހޭ ސަބަބެއްވެސް އޮވެދާނެ.
ކޮތަރޭ
19 December 2022
ހުޅަނގުން ބޭނުން ވާ ގޮތަށް ރައްޔިތުންގެ ތެރެއިން ބަޔަކު ކަންތައް ކުރީމަ ވާނީ ހަމަ ތިހެން.