ވިޔަފާރި / އަހުމަދު ޝަރީފް (ސްޓެލްކޯގެ ކުރީގެ އެމްޑީ)

24 ގަޑިއިރު ކަރަންޓް ދެވެނީ ސަރުކާރުން ސަބްސިޑީ ދޭތީ: ޝަރީފު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ--ފޮޓޯ:ސްޓެލްކޯ

ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ދެވެނީ ސަރުކާރުގެ ހެޔޮފުޅު ކަމުން ކަމަށާއި އޭގެ ސަބަބަކީ ސަރުކާރުގެ ސަބްސިޑީ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަރަންޓުގެ ހިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ރޭ ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތާއި ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގައި އަތްނުފޯރާ ފަށަށް ތެލުގެ އަގު ގޮސްފައިވާ އިރު ކަރަންޓުގެ ހިދުމަތަށް ބުރޫ އެރުމެއް ނެތި ދެވުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދެވެނީ ސަރުކާރުން ސަބްސިޑީ ދޭތީ ކަމަށާއި ފްލެޓް ރޭޓެއްގައި ސަރުކާރުން ތެޔޮ ފޯރުކޮށްދެމުން އަންނާތީ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކަރަންޓުގެ ހިދުމަތުގެ އިތުރުން ސްޓެލްކޯ އިން ކަރަންޓު ފޯރުކޮށްދޭ ރަށްރަށަށް އިޖްތިމާއީ ގިނަ ކަންތައްތަކެއް ވެސް ކޮށްދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނީ ގްރީން ހަކަތަ އުފައްދައިގެން ކަމަށެވެ. އަދި ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމަށްޓަކައި ކުނިން ކަރަންޓް އުފެއްދުމުގެ ޕްރޮގްރާމު ތިލަފުށީގައި ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ އެކީގައި މިހާރު ވާހަކަދައްކަމުން ދަނީ ކުނިން ކަރަންޓް އުފައްދައިގެން 10 މެގަވޮޓް ކަރަންޓް އުފެއްދުމަށް. އޭގެ މާނައަކީ އަޅުގަނޑުމެންގެ ގްރިޑަށް 10 މެގަވޮޓްގެ ފެހި ހަކަތަ އިތުރުވުން،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ފެހި ހަކަތަ އިތުރު ކުރުމަށް ސްޓެލްކޯއިން މަސައްކަތްތައް ފަށައިފައިވާ އިރު ސްޓެލްކޯއިން ކަރަންޓު ދެމުން އަންނަ މާލޭގެ އުތުރުން އޮންނަ ހަތަރު ރަށާއި އެ ރަށްތަކާއި ގުޅިފައިވާ ރިސޯޓުތަކަށް ބޭނުންވާ ވަރަށް 2024 ގެ ނިޔަލަށް ފެހި ހަކަތަ ނުވަތަ ފެހި އުފެއްދުމުގެ ގާބިލުކަން އިތުރު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މާލެ ކައިރި ފަޅެއްގައި އަވިން 150 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ.

25 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރެޓޭ

22 December 2022

އީސީ ޝަރީޕް ތިތާ ހުއްޓަސް ނެތަސް 70 އަހަރު ވަނީ ކަރަންޓުގަ ރައްޔަތުން އުޅޭތާ! ސަޅިބައިސާ އެކަކުވެސް ކަނޑާނެކަމެއް ނެތް! މިހާރުގެ މީހުންގެ ހިންނަނީ އަމިލަ އެދުން! އެހެން ވީމާތާ ފައިން ވެލި ނުހިކެނީސް އީސީއަށްވެސް ފުލެޓް ލިބުނީ!

The name is already taken The name is available. Register?

ސިޔާސ

22 December 2022

ސަރުކާރުން ޚަރަދު ކޮށްގެން ހިންގަނީ އެކަމް ކޮންމެ ރަށަކަ ސިޔާސީގޮތުން އެތައްބަޔަކަށް ފެނަކައިން ވަޒީފާދެނީ. ތައުލީމަކަށް ތަމްރީނަކަށް ނުބަލާ.

The name is already taken The name is available. Register?

ބިލާލު

21 December 2022

ދެން އެވަރު ބަޔަކު ކީއްކުރަން ހުލޫމާލޭގަ ހައުސިން ފްލެޓް އެޅީ! ދެކޮޅު ނުޖެހިގެން އުޅޭކަމަށް ބުނާއިރު ތިޔަ ދައްކާ ވާހަކަ މާ ދެކޮޅު ނުޖެހޭ!

The name is already taken The name is available. Register?

ޖާނު

21 December 2022

ޖީއެސްޓީ ނަގައިގެން ތި ދޭ އެއްޗެއް ދެނީ, ރައްރިތުން ފެލައިގެން.

The name is already taken The name is available. Register?

ކޮރަލް

21 December 2022

2023 މގެ އިންތިހާ ބަށް ކެމްޕޭން ނުކޮށް ޝަރީފް އިސްތިއުފާ ދިނުން ރަނގަޅު ވާނެ އެވެ. ސަބްސިޑީ އަކީ ރިސޯޓް އޯނަރުންނަށާ މިލިއަނަރުންނަށް ދޭން ޖެހޭ އެއްޗެއް ނޫނެވެ.

The name is already taken The name is available. Register?

ރައްޔިތުކަލޯ

21 December 2022

މުއައްޒަފުން ލައްވާ ވެރިމީހާ އަށް ސަނާ ކިއުއްވާވަރުވާނީ ރައްޔިތުން ސަރުކާރު ބަލައިނުގަންނަކަން ކަށަވަރުވީމަ.

The name is already taken The name is available. Register?

އާދަނު123

21 December 2022

ތިތަނަކީ ރައްޔިތުންނަށް ހިދުމަތްދޭން ސަރުކާރުން އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުޏެއް، ތިތަނަށް ދޭންޖެހޭ އެއްޗެއް ދެނީ ތިތާގެ ވެރިފަރާތުން (ސަރުކާރުން) އެހެންވީމަ ކޮން ބޭކާރު ވާހަކައެއް އެދައްކަނީ، އަނެއްކާ ތިތަން ވެސް ބޭރު ބަޔަކަށް ވިއްކާލަންވީތަ؟

The name is already taken The name is available. Register?

22222

21 December 2022

ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ދޯ؟

The name is already taken The name is available. Register?

މަބުނީ

21 December 2022

ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ އެއްވެސް ޚިދުމަތަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ލިބޭ އެއްޗެއް ނޫނެވެ. އެއީ ދައުލަތުގެ ޚަޒާނާއިން މުސާރަޔާ އިނާޔަތް ދީފައި ތިބި މީހުން ކުރުމަށް ރައްޔިތުން ޙަވާލުކޮށްފައިވާ ޒިންމާއެކެވެ. ސަނާ ކިޔަންވާނީވެސް ހިތަށް ކުޅަދާނަ މިންވަރަކަށް.

The name is already taken The name is available. Register?

އެޑްމުންޑޯ

22 December 2022

ވަރަށް މުހިއްމު ޕޮއިންޓެއް ތިފާހަގަކޮއްލީ ، ދައުލަތުގެ ޚަޒާނާގައި ހުރި މުދަލާއި ފައިސާ ބޭނުންކޮއްގެން ރައްޔިތުންނަށް ޚިދްމަތް ކުރުމަށް މުސާރަދީފައި ތިބޭ ބައެއްމިއީ ، ހައިރާންވަނީ މިމީހުންނަށް ރައްޔިތުންވެސް ހާދަ ހެޔޮފުޅޭ ކިޔާފައި ޝޫކުރާއި ސަނާ ކިޔާތީ ، އަސްލު މިމީހުން ޖެހޭނީ ރައްޔިތުން ޝުކުރު އަދާކުރަން ، އެއީ ރައްޔިތުން ވޯޓުދީގެން މިމީހުން ނަށް މަގާމްތަކާއި އެކު ބޮޑެތި މުސާރަ މިލިބެނީ

The name is already taken The name is available. Register?

ޢަޒީމާ

21 December 2022

ކުންފުނި ތަކަކީ ކޮރުބައެއްތޯ އަސާގނޑު ދޭކަށް ނުޖެހޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454