ްސްޓެލްކޯގެ އިންޖީނުގެ: ކަރަންޓު ބޭނުންކުރުމުގައި އިގްތިސާދު ކުރުމަށް އެ ކުންފުނިން އެދޭ.
23 އެޕްރީލް 2023 - 00:26
މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މި މަހުގެ 11 (ބުރާސްފަތި ދުވަސް) ވަނަ ދުވަހު ކަރަންޓު ބޭނުންކުރި ވަރު 92.5 މެގަވޮޓަށް ވުރެ މަތި ކަމަށެވެ.
ޝަރީފް ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާ އަށް ބަލާއިރު، އެ އަދަދު މަތިވުމުގެ ފުރުސަތު ބޮޑެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް އަންނަ އެންމެ ހޫނު ދުވަސްވަރު ކަމަށް ވާއިރު، ޝަރީފް އެދިވަޑައިގަތީ ކަރަންޓު ބޭނުންކުރުމުގައި އިގްތިސާދު ކުރުމަށެވެ.
މި މަހުގެ 11 ގައި މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި ގޮތުގެ ތަފުސީލް
"ސްޓެލްކޯގައި 120 މެގަވޮޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓު އިގްތިސާދު ކުރައްވާ،" އޭނާ ވިދާޅުވި އެވެ.
ކޮންމެހެން ބޭނުންވާ ވަރަށް ކަރަންޓު ބޭނުންކުރުމަށް ކަރަންޓު ކުންފުނިން ވަނީ މިދިޔަ ހަފުތާގައި އިލްތިމާސްކޮށްފަ އެވެ. އެއީ މި ދުވަސްވަރު އަބަދުވެސް ކަރަންޓުގެ ހޭދަ ބޮޑުވާތީ އެވެ.
މި ހޫނުގަދަ ދުވަސްވަރު ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ވަނީ އިއްޔެ އިލްތިމާސް ކޮށްފަ އެވެ.
އެ އިދާރާ އިން ބުނީ، މާލެ ސަރަހައްދަށް 39.3 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭނެ ކަމަށެވެ. ކައްދު އާއި ހަނިމާދު އަށް 40.4 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އިހުސާސް ކުރެވޭ ކަމަށް މެޓުން އާންމުކުރި މައުލޫމާތުތަކުގައި ވެ އެވެ.
އެ އިދާރާ އިން ބުނިގޮތުގައި ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވަނީ މެންދުރު ފަހު 2:00 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަމްކިން ފިކުރީ
23 April 2023
ސަލީމު އިދުރީސް އެ ބުނީ ހަމަ ހެޔޮކޮށް.
ހާލުގައި
23 April 2023
މިހާ ހޫނު ވާ އިރު ސޯލާ އިން ކަރަންޓް އުފައްދާ މިންވަރު ވެސް ހާމަކޮށް ލިނަމަ ރަނގަޅު
ބޮޑުމީހާ
23 April 2023
ދުރާލާ އެ އަންގާލީ ކުރިއަށް އޮތް މަސްތަކުގައި ކަރަންޓްބިލް ބޮޑުތަަނުން ބޮޑުވާނެކަން
ދޯޕައްޓާ
23 April 2023
އަހަރެމެން ކުޑައިރު މިއަށް ކިޔަނީ އިރުވައިމޫސުމޭ، މީގަ ބަދަލެއް އައިސްގެން އުޅެނީ ސްޓެލްކޯއަށް.
އުއްލޫކާ ޕައްޓާ
23 April 2023
އަދި ކިރިޔާ ހުޅަނގު މޫސުމުގެ 2 ވަނަ ނަކަތްމިފެށުނީ. ކުރިއަށްއޮތީ ހުޅަނގުމޫސުމުގެ 16 ނަކަތް.
ދަލޭކަ ދައިތަ
23 April 2023
ތީ އަސްލު ވާނުވާ ނޭގޭ ބިލެއް. ރެކޯޑު ނުމުގުރާ މަހެއް އެަބައޮތްތަ؟ ހަމަ ހުރެފަ ބޮޑުތަނުން ބިލް ބޮޑުކޮށްފާނެ. އެއްގަވައިދަކުން އޭ.ސީ އާ ދެންހުރި އެއްޗެއްވެސް ބޭނުންކޮަަށްފައި ގެޔަށް އިތުރުމީހަކުވެސް އިތުރުނުވެ ތިބިލެއްބޮޑުވޭ.. އާންމުކޮށް ބޭނުންކުރާ ކަރަންޓް އެއްޗެހި ބޭނުންނުކުރާ މަސްމަހުވެސް އެބަހުރި ސްޓެލްކޯއިން ރެކޯޑު މުގުރާފައި.
ސަލްސަބީލާސްތީ
23 April 2023
ދަލޭކަ ދައިތަ މީޓަރުން ތިޔަގޭ އެހެން ބަޔަކުން ކަރަންޓު ނަގަނީހެން ހީވަނީ. ކިއްޔަށް ދީފަ ހުންނަ އެއް ބައި ތަންތަނުން ހުރޭ އެ މަކަރު ހަދާފަ. އެންމެން ބޭނުންކުރަން ހުންނަ ފެން މޯޓަރާ ބޮކިތަކާ އެކަހަލަ އެއްޗިހި ކުލިދޭ މީހެއްގެ މީޓަރަކުން ނަގާފަ
ސަލީމު އިދުރީސް
23 April 2023
އަހަރެމެން ދިވެހިންނައް ނޯންނާނެ ރަގަޅައް އެއްޗެކޭ ބުނޭވޭކައް! ގިނަބަޔަކައް ހީވަނީ ސުމާޓު ފޯނެއް ލިބުނީމަ އެދެން ހުރިހާ ދާއިރާއަކުން ޑިގުރީނެގި ސައިންސިޓަކައް ވިއްޔޭ! އެކަމަކު ގިނަ މީހުނައްނޭގޭ މަދުން ކަރަންޓު އަރާއެއްޗެއް ގިނައިން ކަރަންޓު އަރާއެއްޗެއް! ދަރިޔައް ބުއްފު ޅިއެއްހަދަން އަދި ކާއެތި ކޮޅެއް ދާ ކޮންމެ ފަހަރަކު ޖަގެއް ފުރާ ފެންޙޫ ނުކުރަނީ އެކަމަކު ވާވަރައް ފެން ކޮޅެއްހޫނު ކުރާނަމަ ހަރަދުގެ ބޮޑު ބަޔެއް ސަލާމަތްވާނެ
ވޯޓުލާ ދުވަހު ނޫނީ ވޯޓުން ބަލީވާނެކަން ޔަގީންވުމުން
23 April 2023
ވެގެން އުޅޭގޮތަކީ ދައުރުނިމޭއިރު ވެރިކަން ގެއްލޭނެކަން ޔަގީންވާތީ ކެވުނު ގޮތަކަށް ކާލަނީއެވެ. ޥޯޓުލާ ވެރިކަން ގެއްލޭ ހިސާބުން ކޮތަޅަކުން ނަގާ 2ރ ވެސް މާފުކޮށް ކަރަންޓު ބިލާ ފެންބިލާ ދެގުނަ އަގުހެޔޮކޮށް ކުނިބިލު ހިލޭ ވެސް ކޮއްފާނެއެވެ. ޢަދި މިހާރު ނަގަމުން އަންނަ ޖީއެސްޓީ މާފުކޮށް ސަރުކާރު މުއައްޒިފުންގެ މުސާރަ ދެގުނަކޮށް ދެންއަންނަ ވެރިކަމަކަށް ނޭވާނުލެވޭވަރަށް ޖެއްސުން ކޮއްލާނެކަމަށް ލަފާކުރެވެއެވެ
2023
23 April 2023
މިހާރުވެސް މިއުޅެނީ ކޮތަޅުންނާއި، އޭތި މީތިކިޔާގެން ރައްޔިތުން ހަނާވަނީ އަނެއްކާ ހޫނޭ ކިޔާފަ...... ބޮއިހަލަކި
ކޮންތަބިރި
23 April 2023
ރަތްއިތުން ފެލާލާނެ ކޮންމެސް ބަހަނާ އެއް ހޯދަނީ..
ކްރޯޑް
23 April 2023
ހޭނަލި ވެދާނެ ކާކުތަ ބޭނުން ވަރަށްވުރެ އިތުރަށް ބޭނުންކުރާނީ މިހާރުވެސް މަޖުްބޫރު ވެގެން ގިނަމީހުން އޭސީވެސް ބޭނުން ކުރަނީގިނައިން ބޭނުން ކުރީމަވެސް އެމީހާގެ ޖީބަށް ދޮއްތަ ބަރުވާނީ
ހިތަދޫ 2
23 April 2023
ވާގޮތަކީ ހޫނު ގަދަ ތަނެއް ފިނި ކުރަން އޭސީ އަށް އިތރުށް ހަކަތަ ބޭނުން ވާނެ، އޭސީ ކެނޑިފަ ހުންނަ ވަގުތު މަދުވާނެ، އެހެންވީމާ އިތުރަށް ބޭނުން ކުރާ ކަރަންޓަށް ފައިސާ ވެސް އިތުރު ވާނެ،