21 ޑިސެމްބަރ 2022 - 12:51
ޕާކިސްތާނުގެ ކައުންޓަ-ޓެރަރިޒަމް ސެންޓަރުގައި ހައްޔަރުކޮށްފައި ތިބި ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް އެ މަރުކަޒު ހިފައި، ސިފައިންތަކެއް ރަހީނުކޮށްގެން އުޅެނިކޮށް، ޕާކިސްތާނު ސިފައިން އެތަނަށް ހަމަލާދީ ތާލިބާންގެ ހަނގުރާމަވެރިންތައް މަރާލައި ސިފައިން ސަލާމަތްކޮށްފި އެވެ.
ޕާކިސްތާނުގެ އުތުރުގައި އޮންނަ އެކަހެރި އަވަށެއްގައި ހުރި، ކައުންޓަ-ޓެރަރިޒަމް ސެންޓަރުގައި، ބަންދުކޮށްފައި ތިބޭތާ އަހަރުތަކެއް ވެފައިވާ ތާލިބާންގެ ހަނގުރާމަވެރިންތަކެއް، އެ މަރުކަޒުގެ ފާރަވެރިންގެ މައްޗަށް ގަދަވެގަނެ، އެ މަރުކަޒު އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ތަނުގައި ހައްޔަރުކޮށްފައި ތިބި އެންމެންނަކީ ވެސް، ތަހްރީކްއޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.
އެމީހުން އެތަން ހިފުމަށް ފަހު، އެ ތަނުގައި ހުރި ހަތިޔާރުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެ ތަނުގެ ތެރޭގައި ތިބި ސިފައިން އެ ތަނުގެ އެތެރޭގައި ރަހީނުކުރި އެވެ. އެއަށް ފަހު އެމީހުން ޕާކިސްތާނު ސަރުކާރަށް ހުށަހެޅީ، ތާލިބާން ޖަމާއަތުގެ ނުފޫޒު ގަދަ ސަރަހައްދުތަކަށް އެމީހުންނަށް މިނިވަންކަމާއެކު ދެވޭނެ މަގު ފަހިކޮށްދިނުމަށެވެ.
Terrorism backfires on #Pakistan. #Taliban Pakistan (TTP) captures Pakistan Army Major. Taliban spokesman claims he "had a dream to catch him, kill him... we should be allowed to go to #Afghanistan otherwise we will kill them"
— Tarek Fatah (@TarekFatah) December 18, 2022
pic.twitter.com/8ZYG4HQBzU
ތާލިބާނުންގެ ހުށަހެޅުންތަކަށް ޕާކިސްތާނު ސަރުކާރުން އެއްބަސްނުވެ، އެމީހުން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ފުރުސަތު ދިނެވެ. އަދި ހަތިޔާރު ބަހައްޓައި އަމާން ދިނުމާ ބެހޭ ގޮތުން، 40 ގަޑިއިރަށް ވުރެ ގިނަ ވަގުތު، އެމީހުންނާ އެކުގައި ވާހަކަ ދެއްކި ކަމަށް، ޕާކިސްތާނުގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.
ނަމަވެސް، ޕާކިސްތާނު ސަރުކާރުގެ އެންގުމާ އެއްގޮތަށް އެމީހުން ހަތިޔާރު ނުބެހެއްޓުމުންނާއި، އެތަން ހިފުމަށް ހަނގުރާމަވެރިން ކުރި މަސައްކަތުގެ ތެރޭގައި، ސިފައިންގެ ދެ މީހަކު މަރާލާފައިވުމާ އެކު، ޚާއްސަ ފައުޖުގެ ސިފައިން ފޮނުވައިގެން، އެ މައްސަލަ ހައްލުކުރަން ނިންމީ އެވެ. ކައުންޓަ-ޓެރަރިޒަމް ސެންޓަރުގެ އެތެރޭގައި ރަހީނުކޮށްފައި ތިބި ސިފައިން ސަލާމަތްކުރުމަށް، ޚާއްސަ ފައުޖުގެ ސިފައިން މަސައްކަތް ފެށީ އިއްޔެ އެވެ.
އެ މަސައްކަތުގެ ތެރެއިން އެ މަރުކަޒުގެ އެތެރެއަށް ސިފައިން ވަދެ، އެ ތަނުގެ އެތެރޭގައި ތިބި ތާލިބާންގެ 33 ހަނގުރާމަވެރިން ވަނީ މަރާލައިފަ އެވެ. ހުރިހާ ހަނގުރާމަވެރިން މަރާލައި، އެ މަރުކަޒު ޕާކިސްތާނު ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް އިއްޔެ ގެނެވުނު ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.
ނަމަވެސް އެ މަރުކަޒުގެ ތެރޭގައި ރަހީނުކޮށްފައި ތިބީ ސިފައިންގެ ކިތައް މީހުން ކަމެއް، އަދި ސަލާމަތްކުރީ ކިތައް މީހުން ކަމެއް ވެސް ޕާކިސްތާނުގެ ދިފާއީ ވުޒާރާ އިން ނުބުނެ އެވެ. ރަހީނުކުރި މީހުން ސަލާމަތް ކުރުމަށް ހިންގި ޚާއްސަ ހަރަކާތުގައި ތާލިބާންގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި، 15 މީހަކު ޒަޚަމްވި އެވެ.
އެއީ ޚާއްސަ ފައުޖުގެ ސިފައިންގެ ތެރެއިން ހަތް މީހަކާއި، ޕާކިސްތާނު ސިފައިންގެ ތިން މީހަކާއި ޕާކިސްތާނު ފުލުހުންގެ ފަސް މީހެކެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބޭ ވަރަށް ޒަޚަމްނުވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ކައުންޓަ-ޓެރަރިޒަމް ސެންޓަރު ހިފުމަށް ފަހު ޕާކިސްތާނުގެ ތާލިބާން ޖަމާޢަތުން ބުނި ގޮތުގައި، އެމީހުން ރަހީނުކޮށްފައި ތިބި ސިފައިންގެ އަދަދަކީ އަށެކެވެ. ނަމަވެސް އެ ވަގުތު އެ މަރުކަޒުގެ ޑިއުޓީގައި ތިބި ސިފައިންގެ އަދަދަށް ބަލާއިރު، އެއީ ރަނގަޅު އަދަދެއް ނޫން ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
21 December 2022
އަފްޣާން މީހުނަކީ މީގެ 2000 އަހަރަށްވުރެ ކުރީގެ މީހުން. 21 ވަނަ ގަރުނުގައި އުޅޭނީ ކިހިނެއް؟ މިމީހުންގެ ބިމުގައި މިމީހުން ބޭނުންގޮތަކަށް އެހެން މީހުނާ ނުބެހި އުޅެބަލަ.
އުމަރުއަލީ
21 December 2022
ޕާކިސްތާނުގެ ތާލިބާން ޖަމާއަތާ އަފުގާން ތާލިބާނުން މިއީ މުޅިން ތަފާތު ދެބަޔެއް އެމީހުން.
ޖުހާ.
21 December 2022
މިއީ ކޮން ފިރުގާއަކަށް ނިސްބަތްވާ މުސްލިމުންނެއްތޯ. ވައްހާބީތޯ ސުންނީތޯ ސަލަފީތޯ . ނޭނގޭތީ އަހާލީ.
ރަދީފްއޮފިޝަލް
21 December 2022
ނޭގޭ ކަންތަކަށް ކޮމެންޓްނުކޮށް ނިދާބަލަ.
ވާން
22 December 2022
ސުންނީ ވައްހާބީން
ހިހނި
21 December 2022
ތިޔަ ޓުއިޓު ތީ މުސްލިމުންނައް ނަފުރަތު ކުރާ މީހެއް ހިންގާ އެކަނުންޓެއް
އަހުމަދު މުހައްމަދު ބިން އަލީ ރަމީޒު
21 December 2022
ނަފްރަތަކަސް އޭނާ އެބުނީ ހަގީގަތއް ނޫން ބާ
ކިރު ސައި
22 December 2022
ޓްވީޓް ކުރުންތޯ ނޫނީ ކުޑަކުދިންގެ ސޮކޫލެއް ގޮއްވާލުންތޯ؟