ލ. ގަމުގައި އިމާރާތްކުރާ 100 ފްލެޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ހައުސިން މިނިސްޓްރީ
21 ޑިސެމްބަރ 2022 - 19:44
މި ސަރުކާރުން ލ. ގަމުގައި އިމާރާތްކުރާ 100 ފްލެޓްގެ ބިންގާ މިއަދު އަޅައިފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެކަމަށްޓަކައި މިއަދު ގަމުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފްލެޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކާމާލުއްދީނާއި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވިސާމް އަދި އެ ރަށު ކައުންސިލުގެ މެމްބަރުންނެވެ.
ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި. pic.twitter.com/yES3rvChPH
— Min.of National Planning, Housing & Infrastructure (@MoNPHImv) December 21, 2022
ލ. ގަމުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ފްލެޓް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މި އަހަރު މެއި މަހުގެ 30 ވަނަ ދުވަހު އެވެ.
އެއް އަހަރުން ނިންމާ ގޮތަށް ހަވާލުކުރި، 84 މިލިއަން ރުފިޔާގެ އެ މަޝްރޫއު ވަނީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ ގޮތަށް ކަނޑައަޅައިފަ އެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ގަމުގައި އިމާރާތްކުރަނީ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހުންނާނެ އެވެ. ސިޓިންރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ސްޓޯރޫމް ވެސް ހުންނަ ގޮތަށް އިމާރާތްކުރާ އެ ފްލެޓްތަކުގެ ސައިޒަކީ 1،000 އަކަފޫޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލަމީހާ
22 December 2022
މާލޭގެ ރަށްވެހިންނަށް ކުރިމަތި ލެވޭނެބާ؟؟
ހުޒާމާ ހަސަން
21 December 2022
ކޮބާތޭ މަނަދޫ 40 ފުލެޓު؟ ހަމަ ހިލަމެއް ނުވާތީ އަހާލީ.
މުސަލް
21 December 2022
"ސިޓިންރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ސްޓޯރޫމް ވެސް ހުންނަ ގޮތަށް އިމާރާތްކުރާ އެ ފްލެޓްތަކުގެ ސައިޒަކީ 1،000 އަކަފޫޓް" މިބުނާ ސިޓިންރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑަރީ އަދި ސްޓޯރޫމް އަކީ ހަމަ ސިޓިންގ ރޫމްތެރޭގައި ހުންނަ ތަންތަން. ވަކި ތަންތަނެއް ނޫން.
މާލެމީހާ
22 December 2022
ހިޔާފުލެޓުތަކުގަ 600 ވެސް ހަމަނުވޭ ޝުކުރުވެރިވެލާ ދޯ!!!
އޮނަރަބްލް އަފީފު ދީދީ
21 December 2022
ލ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން ގަމުގައި އިމާރާތް ކުރާ ފުލެޓްގެ 100 ޔުނިޓްވެސް ޙާއްސަކުރަންވީ ލ.އަތޮޅުގައި އެންމެ މީހުންމަދު ރަށްރަށުގެ 18 އަހަރާއި 50 އަހަރާއި ދެމެދުގެ ދެމަފިރިންނަށް (އެއްމެދު ފުލެޓް ތަކެއްގެ ގޮތުގައި) ދޫކުރުމަށް. # ބޭނުމަކީ ރައްޔިތުނަށް ހިދުމަތް ދިނުން ފަސޭހަކޮށް ހެޔޮއަގުގައި ރަނގަޅު ހިދުމަތް ލިބޭނެމަގު ތަނަވަސްކުރުމަށް ފުރުސަތުއޮތް ތަނަކަށް ރައްޔިތުން ގެނެސް ތަރައްޤީ އަވަސް ކުރުން.
އޮނަރަބްލް އަފީފު ދީދީ
21 December 2022
ޗައިނާގެ އެގްޒިމްބޭންކުން އައްޑޫސިޓީގައި ހައުސިންގ ސްކީމެއް ހިންގާން ދޫކުރި ލޯނު ޔާމީނުގެ ވެރިކަމުގައި އެމީހުންގެ ރަށުގައި ފުލެޓް އެޅުމަށްޓަކާ އެފައިސާ ކ.އަތޮޅު މާލެއަށް އެލޮކޭޓް ކުރިގޮތަށް، އިންޑިޔާ ސަރުކާރުން ލ.ގަމުގައި އިމާރާތްކޮށްދިނުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްވެސް މުޤައްދަސް ރަށްކޮޅަށް ބަދަލު ކޮށްލުމުގެ ކޮޅުމަތިކަން ނޭގެ ފެންނާން މިފެށީ. ހެދުނު ފެނުނު ސުރުޙީގައި އޮތީ "އަންނަ އަހަރަށް" ހޮސްޕިޓަލް ޕްރޮޖެކްޓް ލަސްވި ވާހަކަ.
ށަވިޔަނި
22 December 2022
އިންޑިއާއިން ކުރާކަމެއް ލަސްނުވެނުދާނެ. މިހާރު އިންޑިއާ ގައި ކުރިއަށްދާ ބޮޑެތި ބައެއް ޕްރޮޖެކްޓްތަކަކީ މިދިޔަ ގަރުނުގެ ހަތްދިހައިގެ އަހަރުތަކުގައި ފަށާފައިވާ ޕްރޮޖެކްޓްތައް. މިސާލަކަށް ނޮއިޑާ މިހާރު މިނީ ޖަޕާނޭ ވަނަމަކަށްކިޔާ ޕްރޮޖެކްޓަކީ އިންދިރާ ގާނދީގެ ދައުރުގައި ފެށި އަދިވެސް އެއްކޮށް ނުނިމޭ ޕްރޮޖެކްޓެއް. ދެން އިންޑިއާއިން ކުރާކަންތައް ލަސްވީމަ އެކަމާހައިރާން ނުވޭ. ޗައިނާ އެއިރު އޮތީ އިންޑިއާއާ އެއްހިސާބުގަ. މިހާރު ޗައިނާ ކޮބާ.