ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގަތުމުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޒެލެންސްކީ އަށް މަރުހަބާ ދަންނަވަނީ. --އޭއެފްޕީ
22 ޑިސެމްބަރ 2022 - 12:04
ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭންގެ ސަރުކާރާއި ރައްޔިތުން މިހާރު ކުރަމުންދާ މަސައްކަތުގައި، ދުވަހަކުވެސް ޔޫކްރޭން އެކަނިވެރިވެގެން ނުދާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވެއްޖެ އެވެ.
އިއްޔެ އެމެރިކާ އަށް ޒިޔާރަތްކުރެއްވި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވަމުން، ރައީސް ބައިޑެން ވިދާޅުވީ ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތުގައި، އެމެރިކާ އަބަދުވެސް ޔޫކްރޭނާ އެކުގައި އޮންނާނެ ކަމަށެވެ. އަދި އެކަމަށް ކިތަންމެ ދުވަހެއް ނެގިޔަސް އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ޔޫކްރޭނަށް ލިބެމުންދާނެ ކަމަށް ވެސް ރައީސް ބައިޑެން ވިދާޅުވި އެވެ.
I thank @POTUS for the warm welcome and I deeply appreciate all the support of the U.S. and the American people. I am confident that together we will be able to secure a better, prosperous and free future for both of our nations. Ukraine’s victory will also be America’s victory. pic.twitter.com/OhclRtwIJy
— Володимир Зеленський (@ZelenskyyUa) December 22, 2022
ރައީސް ޒެލެންސްކީގެ މި ދަތުރުފުޅަކީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޒެލެންސްކީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާ އިން ފޯރުކޮށްދެމުންދާ މާލީ އަދި އަސްކަރީ އެހީތެރިކަމުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރުމެވެ.
އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި، ރައީސް ޒެލެންސްކީ އަށް މަރުހަބާ ދަންނަވަމުން، ރައީސް ބައިޑެން އިއްޔެ ވަނީ، އެމެރިކާ އިން ޔޫކްރޭނަށް މިފަހަރު ދިނުމަށް ހަމަޖެއްސި ދެ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން އިއުލާން ކުރައްވައިފަ އެވެ. މި އެހީގެ ތެރޭގައި މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ، ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ވެސް ހިމެނެ އެވެ.
ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވައި، ޔޫކްރޭންގެ އަސްކަރީ އެންމެ މަތީ މެޑެލް، ރައީސް ބައިޑެން އަށް އަރުވަނީ. --އޭއެފްޕީ
އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 45 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރޭނަށް ފޮނުވުމަށް ވެސް ބައިޑެން ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ރައީސް ޒެލެންސްކީގެ އަރިހުގައި ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން، ރައީސް ބައިޑެން ރޭ ވިދާޅުވީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ މުޖްތަމައުން ލިބެމުންދާ އެހީތެރިކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭނާ އެ ގޮތަށް ވިދާޅުވީ ޔޫކްރޭން ހަނގުރާމަ ދިގުލައިގެން ގޮސްފައިވާތީ، އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވެ، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ ހީނަރުކަމެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ގައުމުތަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ރައީސް ބައިޑެން ވިދާޅުވީ ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރިކަން ބޮޑު ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ނުގެންގުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް، ރަޝިޔާގެ އުދުވާނުން ރައްކާތެރިކަން ހޯދުމަށް ޔޫކްރޭން ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް އެމެރިކާ އަބަދުވެސް އެހީތެރިވެދޭނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ޑިސެމްބަރ 21، 2022؛ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރައްވަނީ. --އޭއެފްޕީ
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް އެމެރިކާ އާއި ނޭޓޯ އިން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނުތައް ނުފޮނުވުމަށް ރަޝިޔާ އިން ދަނީ ތަކުރާރުކޮށް އިންޒާރު ކުރަމުންނެވެ. ނަމަވެސް އެ އިންޒާރުތަކަށް ބެލުމެއް ނެތި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ދާތީ، ރަޝިޔާ އިން އެންމެ ފަހުން ބުނެފައިވަނީ، މިހާރު ނޭޓޯއަކީ ވެސް ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ހަނގުރާމައިގެ ބައިވެރިއެއް ކަމަށެވެ.
ނޭޓޯ އިން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ އަނދަމުންދާ އަލިފާންގަނޑަކަށް ދަރު އެޅުން ކަމަށް ރަޝިޔާ އިން ބުނަމުން ދަނިކޮށް، އެމެރިކާގެ ރިއާސީ ގަނޑުވަރުގައި، ޔޫކްރޭންގެ ރައީސް ޒެލެންސްކީ އަށް މެހުމާންދާރީ އަދާކުރުމަކީ، ރަޝިޔާގެ އިންޒާރުތަކާ މެދު ނޭޓޯ އާއި އެމެރިކާ ފަރުވާލެއް ނުބަހައްޓާ ކަމުގެ ހެއްކެކެވެ.
ރައީސް ޒެލެންސްކީގެ މި ދަތުރުގައި ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވުމަށް ފަހު، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކެޕިޓޮލް އަށް ވަޑައިގެން، އެ މަޖިލީހުގެ ތިރިގެ އާއި މަތި ގޭގެ ގުޅިފައިވާ ބައްދަލުވުމެއްގައި، ރައީސް ޒެލެންސްކީ ރޭ ތަގުރީރު ކުރެއްވި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ގައުމުން ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދެވުމަށް، އަވައްޓެރި ބައެއް ގައުމުތަކުން ރައީސް ޒެލެންސްކީ އަށް ދައުވަތު ދެއްވި އެވެ. ނަމަވެސް ޒެލެންސްކީ ވަނީ އެކަން އިންކާރު ކުރައްވައި، ވެރިރަށް ކިޔޭވްގައި ހުންނަވައިގެން ޔޫކްރޭންގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ހަނގުރާމައިގެ އިރުޝާދުތައް ދެއްވުމުގައި ދެމިހުންނެވުމަށް ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދު
25 December 2022
ތިޔަހެން ބުނި . އިރާޤް ، ސީރިއާ ، ލީބިޔާ ، އަފްޤާނިސްތާން ، ޔަމަން ، މިހުރިހާ ޤައުމުތަކުގައި އޭރު ތިބި މި މީހުނަށް ތާއީދުކުރި މީހުންގާތުވެސް. މިހާރު ކޮބާތޯ އެތަންތާނގެ ހާލަކީ.؟އެތިބީ މިހާރު އެކިޔަނީ މަށެއް ނޫން،މަށެއް ނޫން . ދުރުގަ އެތިބަގެން އަތްޖަހަނީ ،ޤައުމުތައް ސުންނާފަތިކޮށް ނިމިފަ. މީ ތި ޔޫކުރޭން އަށްވެސް ހަނދާނެގޮތް ދެން އަބަދު އެމީހުނައް ސަލާމް ޖެހުން ނޫންގޮތެއް ނުދައްކާނެ. އޯކޭ ޒެލާންސްކީ ބަނޑުފުރާފި.
ކުކްރެއްލާ
23 December 2022
ޔުކްރެއިން އެކަނިވެރި ނުވިއަސް، އެމެރިކާ އެކަނިވެރިވާ ދުވަސް އަންނަނީ ގާތްވަމުންނެވެ.
ވިކިލީކްސް
22 December 2022
ތިކަމެއް ނޭނގެ... ހަމަގައިމުވެސް ޔަހޫދީން އެކަނިވާނެ ދުވަހެއް އަންނާނެ.
ވާންޗޯސް
23 December 2022
އެންމެންވެސް ވާނެ.
ކޮރަލް
22 December 2022
ހުޅަނގާ އެމެރިކާ އިން ހަނގުރާމަ ހުއްޓުވަން ދެފަރާތުގެ ދެމެދުގައި ދައްކާ އެއްވެސް ވާހަކަ އެއް ނެތެވެ. ހަތިޔާރު ދީގެން ހަނގުރާ އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރަނީ އެވެ.
ޖުހާ.
22 December 2022
ތިއަބުނާ ޕެޓުރޮއިޓު ދިފާއީ މިސައިލް ސިސްޓަމް ސަޢުދީގަވެސް ބަހައްޓައިގެން އެމީހުންވެސް އުޅުނީ. އެކަމަކު ޔަމަންގެ ހޫތީން އެއްލި ބައްޅިގަނޑުވެސް ގޮސް ވެއްޓުނީ އެމް ބީ އެސްގެ ބޮލަށް. އެހިސާބުން އެމް ބީ އެސް އަށް އެނގުނީ އެމެރިކާގެ އަސްކަރީ ސާމާނު ހިފައިގެން މިޒަމާނުގެ ހަނގުރާމަ ނުކުރެވޭނެކަން. އެހިސާބުން އެމް ބީ އެސް ޗައިނާގެ ރައީސަށް ގުޅާފަ ބުނެފި އަވަހަށް އަންނާށޭ. އެމެރިކާ އެއީ ބޮޑު ފޭކެކޭ. ޕެޓުރޮއިޓު ސިސްޓަމް ކަނޑުފައްތާށޭ މިއުޅެނީ.
ރަދީފްއޮފިޝަލް
22 December 2022
ޖުހާ، ކަލޭ އެމެރިކާ ދެކެ ތިހާ ރުޅިއެއް ތިއަންނަނީ އެމެރިކާ މީހަކު ކަލެޔާ ނީނީތަ.
އަފްރާސިޔާބު
22 December 2022
ރަދީފު އެއީކަން އޮތްގޮތޭ ބޮޑުކަނޑާފާ މޭފުއްޕާފާ ނޭޓޯއާ ކުޅެލެވޭނެ ބާރެއްނެތޭ ކިޔާފާ ރަޝިޔާއަށް ދުއްޕާން ކުރަންފެށީމާ ޕުޓިން އެވަނީ މުޅި ނޭޓޯ ނޭވާހޮޅީގައި ފައިވިއްދާފައި. ޕުޓިން ބުނީ މުޅިނޭޓޯގެ ވަސްވެސް ނައްތާލާފަޔޭ ދޫކޮށްލާނީ. ޕެޓްރިއޮޓޭ ތާރޑް ސިސްޓަމޭ ކިޔާނެ ކަމެއްނެތޭ އެއެއްޗެހި ދުއްވާލާނީ އީރާނުގެ ކުޅަދާނަ ހަތިޔާރުންނޭ. އެއިރުން މުޅިނޭޓޯއަށް އީރާނާ ނުކުޅެވޭނެ ކަންވެސް އެނގޭނޭ.