މިނިސްޓަރު އަމީރު: އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މަޖިލިސް
22 ޑިސެމްބަރ 2022 - 20:25
ދައުލަތުގެ ބަޖެޓްގެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނާ ހިލާފުވި ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ވަކީލުންތަކެއް ކަމަށްވާ އަސްއަދު ޝަރީފާއި އިބްރާހިމް ރަމީޒުގެ ފަރާތުން އެ މައްސަލަ ހުށަހެޅީ މި އަހަރު ފަސް ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ވެސް އެ ހަރަދުތައް ކޮށްފައިވާ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އެދިފައި އޮތީ މިނިސްޓަރު އަމީރު ގާނޫނާ ހިލާފުވި ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިހާރު ވަނީ ނިންމަވައިފަ އެވެ.
އެ ނިންމުން މުރާޖާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
މިއަހަރުގެ ދައުލަތުގެ ހަރަދުތައް ފޫބައްދަން އިތުރު ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ އެއްކޮށެވެ. ގާނޫނު އަސާސީ ބުނާގޮތުން ސަޕްލިމެންޓްރީ ބަޖެޓެއް ބޭނުންވާނަމަ، އެއް މަސް ކުރިން މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެރިކަން
24 December 2022
ވެރިކަން ނިމުނީމަ ހުށަހަޅަން މަޑުކޮއްލާ.
އެމްސް
23 December 2022
އެންމެ ނާގާބީލު އެއް މިނިސްޓަރ!
އައްޑޫ123
23 December 2022
ޢަވަސް ކުރުމުގެ ނަމުގަ ލޯނު ނަގާފަ ތިޖަހާ ސަކަރާއް ދިވެހިންނަ އެގޭ. ޒަމާނީ ވައްކަން ހުއްޓާލާ އެމްޑިޕީ ކާޑަ.
ޓިން ޓިން
22 December 2022
ސުނިލްސެޓީ ހުށައަޅާ މައްސަލައެއް ސީރިއަސް މައްސަލައެއްގޮތުގާ ބަލާނީ ކިހިނެއްބާ؟