އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި. -- ފޮޓޯ: މަޖިލިސް
24 ޑިސެމްބަރ 2022 - 10:24
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ހުޅު ޖެހި މައްސަލައިގެ ބަދަލު އަދި ނުހިފޭ ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލު ކުރީ ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އާދިލް ރިޒާގެ ޓުވިޓާ އެކައުންޓުންނެވެ. މި މައްސަލަ އެމްޑީޕީ އާއި އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޓީޑީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިސް މަގާމެއް އަދާކުރެއްވި އައްބާސްގެ ޓްވީޓާ ގުޅިގެން މާރިޔާ ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޓެރަރިޒަމަށް ޒީރޯ ޓޮލަރެންސް ދަމަހައްޓާނެ ސަރުކާރެކެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ގާތް ބައިވެރިއަކަށްވާއިރު ދިވެހިންގެ ތަރައްގީއަށް ހުރަސް އެޅުމަށް މަސައްކަތްކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.
Calls for arson on @HCIMaldives is an act of terror and is strongly condemned. Kindly be assured that HEP @ibusolih’s Zero Tolerance on Terror will be enforced. India is our closest development partner & attempts to stop development for the people of 🇲🇻will not be tolerated.🇲🇻🇮🇳
— Mariya Didi 🎈 (@MariyaDidi) December 24, 2022
ސިޔާސީ ޕާޓީތަކުން ވެސް އައްބާސްގެ ޓްވީޓްގެ މައްސަލަ ކުށްވެރިކޮށް އެކަން ބަލައި ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ޓްވީޓާ ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް ލޮގް ކުރެވިފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން އައްބާސް ބުނެފައި ވަނީ އެ އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫން ކަމަށެވެ. ސޯޝަލް މީޑިއާ ވެސް ބޭނުންނުކުރާ ކަމަށް އޭނާ ބުނެ އެވެ. އެކަމަކު "މިހާރު" އިން ބެލިބެލުމުން ބޮޑަށް ބުރަވެވެނީ އެއީ އޭނާގެ އެކައުންޓެއް ކަމަށެވެ. މީގެ ކުރިން އެ އެކައުންޓުން ކޮށްފައިވާ ޓްވީޓުތަކުން ހަބަރުތައް ހެދިޔަސް އޭނާ އެކަން ދޮގެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasn
25 December 2022
މީދެންކިހާބޮޑު މުސީބާތެއް ! ބަލަ ފުރަތަމަ ޖެހެނީ އޭނަ އެހެންބުނިތޯ ބަލަން ، ވެރިފައި ކުރަން ! މިރާއްޖޭގަ އެބަހުރި ފަޑިޔާރުގެ ، ފުލުސް އޮފީސް އެބަހުރި ، އިންޑިއާއޭ ނަންގަތަސް މިޖެހެނީ ހައްޔަރުވާން ! . އަނެއްކޮޅުން ހިފަން އެތިބީ ދުނިޔޭގެ ހުރިހާ މުސްލިމުންނަށް އަދާވަތްތެރި ، ކެހިވެރި ، ހީލަތްތެރި ، ނަރެންދްރަ މޯޑީ . މިކޮޅުން އެހެރީ ޑިފެންސް މިނިސްޓަރ މާރިއާ . އެހުންނަނީ ކުކުޅެއްހެން ފުއްޕާފަ . އެގިދާނެތާ !
މުހައިމިނޫ
25 December 2022
ދޮންކަލޯ! ކޯޓު އަމުރެއްގެ ދަށުން ތަހްގީގަށް ބަންދުކުރީ އޭނަ އެހެން ބުނިތޯ ވެރިފައިކޮށް އިތުރު ހެކި ހޯދާކަށް ނޫންތަ؟
ޙަސަން އަޙްމަދު
25 December 2022
ޢައްބާސް ޢާދިލަކީ މިވަރުގެ ކޮހެއްކަމަކަށް މަނުދެނަހުރިން. އެކަމަކު ހަމަ ކޮހީ. މާރިޔާ އަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް ހުރެގެން އިންޑިޔާގެ ދިފާޢަށް ހަރުކޮށްފައި ހުރި އެލާމެއް. މާރިޔާ ސުރުޚީއަށް އަރައިފިއްޔާ ބަލާނެކަމެއް ނެތް އޮންނާނީ އިނޑިޔާއައްޓަކައި ރުޅިބާލާފައި. ނުވަތަ ރާއްޖެ އިންޑިޔާ މަސްލަހަތު ފުށުއަރާ ތަނެއްގައި އިންޑިޔާއައްޓަކައި އަޑުއުފުލާފަ. މިރާއްޖޭގެ ސިޔާސީ މަލަ އެކަށް ބަދަލުވާން އެބަ ޖެހޭ.
ހެލޯހެލޯ
25 December 2022
ތަޅާނެ ކުދިންކޮޅެއްގެ ވާހަކަ ތަންކޮޅެއް ކުރިން މީހަކު ބުންޏޯ މީހަކުބުނި. ތެދެއްތަ އެއީ
ޢެޑްމުންޑޯ
24 December 2022
މަރިޔާ ކިޔާ މަޖްލިސް މިންބަރަކު ގާނޫނު އަސާސީ ލިއެފައިވާ ފޮތްމައްޗަށް އަރާ މުޑުދާރު ވައްތަރުތަކެއް ޖެއްސިހަދާން ތިބޭފުޅާ ހަދުމަ އެބަހުރިތޯ؟؟؟؟
ފިދަނޑަ މާއިރާ
24 December 2022
ގާނޫނު އަސާސީއަށް ފައިނަ އަރަން ކަންބޮޑެއް ނުވޭ
ކަނބިލި
24 December 2022
ތިޔައީ ފޭކު ޓްވީޓެއް. ހަގީގަތެއް ނަމަ ޓްވީޓްކުރިފަރާތް ފުލުހަށް ހާޒިރުކުރާނެ. ތިޔައީވެސް ކުޅޭ ސިޔާސީ ޑުރާމާއެއް ކަމަށް ބޮޑަށްބެލެވެނީ
ކޮމްރެޑު ދޮންކޮށްކޮ
24 December 2022
ކަނބުލޮ. ހުޅުޖެހި މައްސަލަ ކުށްވެރި ނުކުރައްވައި، ހުޅުޖަހަން ގޮވައިލީމާ އެކަން ކުއްވެރި ކުރީމާ ކަނބުލޮ ވަރަށް ކަޑަ. ތަޅާ ކުދިން ހޯދައިގެން ތަޅާނެ ކުދިން ފޮނުވީމާވެސް އޯކޭ. ކަނބުލޮގެ ފަރާތުން މިފެންނަނީ ހާދަ ގަމާރު ސައިޒެއްގެ ކަންކަމޭ ދޯ..
މިސްޓަރ ޓިނޭ
24 December 2022
ޗައިނާ އެމްބަސީއަށް ގެ ކުއްޔަށް ދީގެން ލިބޭ ލާރިކޮޅު ގެ އަސަރުތައް
އިބްރ
24 December 2022
އިންޑިއާ އެމްބަސީ ގޮއްވާލާނެކަމަށްބުނި އެމްޑީޕީ އެކްޓިވިސްޓަށް ފިޔަވަޅެއް ނޭޅުނު
ޝޮކްތެރަޕީ
24 December 2022
ތަޅާނެ ކުދިންކޮޅެއް ހޯދާފަ ފުލުހުންނާ ދިމާކުރަން ގޮވީ ކާކު؟