އިދިކޮޅުގެ މުޒާހަރާގެ ތެރެއިން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރުކޮށްގެން ގެންދަނީ.
27 ޑިސެމްބަރ 2022 - 23:18
އިދިކޮޅުން މިރޭ މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމުން ބުނީ ސައީދާ އެކު އެ މުޒާހަރާގައި ބައިވެރިވި 21 މީހަކު ވެސް ހައްޔަރުކުރި ކަމަށެވެ.
Progressive Congress Coalition Vice-President @em_saeed has been unlawfully arrested by the Police for exercising his constitutional rights. @saadhammadi @TransparencyMV @mvpeoplesmajlis @caron_rohsler @USinMaldives @EU_Maldives pic.twitter.com/0J6NerNAp6
— Progressive Party of Maldives (@ProgressPartyMV) December 27, 2022
މިދިޔަ ދެ ރޭ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ވެސް ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އެކަމަކު މާ ގިނަ އިރުތަކެއް ނުވެ އެ އެންމެން ވަނީ ދޫކޮށްލައިފަ އެވެ.
މަނީލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމުން އިދިކޮޅުން ދަނީ ސިލްސިލާކޮށް މާލޭގައި ކޮންމެެ ރެޔަކު ވެސް މުޒާހަރާކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މުޒާހަރާކުރަން އެމީހުން ދަނީ ތައްޔާރުވަމުންނެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް ދީފައިވާ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާތައް ސާބިތުވުމުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
28 December 2022
ލޯޔަރު ޖަމީލުބޭގެ ދުލުން. ލިންކަށް ކުލިކްކޮށްލައްވާ. https://www.facebook.com/aashrafmaldives/videos/2535567843249967/
ހާއިބްރީ
28 December 2022
މާލޭގައި މުޒާހަރާ ނުކުރެވޭގޮތަށް ވޯޓް ދިނީ ހަމަހޭގެ ހުރެގެންތޯ ސައީދު؟
ރަދީފްއޮފިޝަލް
28 December 2022
ރާއްޖޭގެ ފުލުހުންނަށް އެންމެ މޮޅަށްކުރަން އެނގޭކަން ތިޔަ ކުރެވުނީ.ސިޔާސީ އެއްވުންތކުން މީހުން ހައްޔަރުކުރުން.މާލޭގަ މަގުމަތި ބެލީމަ ފުލުހުން ފެއިލް ވެފައިވާ މިންވަރު ހާމަވޭ.ލަދު ކޮބާ؟؟/ ވ.ވެދުން # ވީވަރަކުން
ޗަންދާ
28 December 2022
ރައީސްކަމަށް ކުފޫ ހަމަވީތަ މި މިހާރު؟
ނަންނެއްގޮލާ
28 December 2022
ކޮމެންޓު ތައްމިޔާލުމުން އަސްލު ހާމަވެއްޖެ ދިވެހިން ނާތަހުޒީބު ކަން. ދީނުގެ އަސްލަކާ ހިލާފު ނުވާ ކޮންމެ އެއްޗެއްވެސް ބުނުމުގެ ހައްގު ގާނޫނުން ލިބިދޭންޖެހޭ. ފުލުހުން މިގޮތައް އަދިވެސް ނުކުމެ ހައްޔަރު ކުރާކަމަކީ އަދިވެސް މިހައްގައް އަރައިގަންނަ ކަމުގެ ހެއްކެއް.އެކަމައް ވާގި ވެރިވާ ގޮތައް ކޮމެންޓު ތައް ފެންނަނީ.
ސިކުނޑި
28 December 2022
ނަމެއްނެތްތާނގައި ކަމެއްވެސް ނެތެއްނު! އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ބަޔަކު ގާނޫނެއް ފާސްކުރީމާ ތަންފީޒު ކުރާ މީހުންތަ އަދިވެސް ގޯހީ!؟ ގާނޫނު ފާސްކޮށް ތަސްދީގު ކުރަނީ ތަންފީޒު ކުރަން! އަމިއްލަޔަށް ފޭހުނު އިލޮށި ލޮލަށް ހެރުނީމާ ޝަކުވާ ކުރުމުގެ މާނައެއްނެތެއްނު؟!
އުދުހޭ
28 December 2022
އެއްވެއުޅުމަކީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް. ޔާމީނަކަށްވެސް އަދި އިބޫއަކަށްވެސް އަދި އަންނިއަކަށްވެސް އަޅު ތާއީދެއް ނުކުރަން. އެކަމަކު ހައްގު ލިބެންވާނެ.
ހޯރަބޭ
28 December 2022
ހައްޖް ބިމަށް އެއްވެގެން އުޅެނިކޮށްތަ ސައީދު ހަށްޔަރު ކުރީ.
ބުރަދާ
28 December 2022
ޔާމިނު ބުނިގޮތަށް ގޭގަ އޮތްނަމަ ހަށްޔަރު ނުކުރީސް
ކެންޑިޑޭޓް
28 December 2022
ޑރ. މުއިޒް އައްވުރެ ކުރިން ޕީޕީއެމްގެ ކެންޑިޑޭޓް ކަން ލިބުމުގެ ފުރުސަތު ބޮޑީ މިހެން އެރެސްޓްކުރެވިގެން. ގުޑްލަކް.
އޮނަރަބްލް އަފީފު ދީދީ
27 December 2022
ޑރ މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއް ހުރުމާއިއެކު ކަންތައް ހިގަމުންދާގޮތަށްބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓަކު 2023 ގެ އިންތިޙާބުގައިވާދަކުރާނަމަ އެމީހަކަށް ވެގެންދާނީ ޔާމީނުގެ ނައިބް ރައީސް (އިންތިޙާބީ ނައިބް) ޑރ މުޙައްމަދު ޖަމީލް އަޙްމަދު ކަމަށް ވަރަށްބޮޑަށް ޤަބޫލުކުރެވޭ. # އަދި ޑރ ޖަމީލުގެ ރަނިންގމޭޓްކަން ލިބިވަޑައިގަތުން އެންމެ އެކަށީގެންވަނީ ޔާމީނުގެ އިޤްތިސޯދީ ވަޒީރު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު އަށް.
ނަރީޝް.
28 December 2022
ޑރ ޖަމީލު ާއި ވަހީދަށް ކަން ނޭގެ ޕާޓީގެ އާންމު ގިނަ މެންބަރުން އަދި ކެންޑިޑޭޓަކަށް ނިކުތުމުން ޕާޓީ މެންބަރުންގެ ގޮތުގައި ނެތް ގިނަ ދިވެހި ރައްޔިތުންގެ ވޯޓް ލިބޭނީވެސް ޖަމީލު ނުވަތަ ވަހީދު އަށް. އެކަމަކު މުއިއްޒުއާއި އަދުރޭ އަދި ސައީދު އާއި އަހަރެންވެސް ޓިކެޓް ބޭނުންވޭ.