މާލޭގެ މޭޔަރު މުއިއްޒު: މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯ އިން ބަރާބަރަށް ނުކުރާ ކަމަށް ވަރަށް ކުރިއްސުރެ މޭޔަރު ގެންދެވީ ވިދާޅުވަމުން.---ފޮޓޯ: ސިޓީ ކައުންސިލް
31 ޑިސެމްބަރ 2022 - 07:21
މާލޭގެ މަގުތަކުގައި ކުނި ގިނަވެ، އުނދަގުލަކަށްވެ، އާންމުން ޝަކުވާ ކުރަން ފެށުމާ އެކު، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން އިއްޔެ ފެށީ މާލެ ސިޓީ ކައުންސިލް ފެއިލް ވެގެން ނޫން ކަމަށާއި ވެމްކޯ އިން އެ ފެށީ އެ މީހުންގެ ހަގީގީ ޒިންމާ އަދާކުރަން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އޭނާ ރޭ އެހެން ވިދާޅުވީ، މާލޭގެ ގެތަކުން މަގުމައްޗަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން މަގުތައް ހަޑިވެ، އާންމުންގެ ޝަކުވާ ބޮޑުވުމުން އެ ކަން ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފެށިއިރު، ސިޓީ ކައުންސިލް ބަދުނާމު ވާކަން ދޭހަވާ ގޮތަށް އެ ކުންފުނިން ޚަބަރު ފެތުރުމުންނެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، މާލެތެރެ ސާފުކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވެމްކޯ އިން ފެށީ ސިޓީ ކައުންސިލަށް ކަންކަން ނުވެގެނެއް ނޫނެވެ.
މޭޔަރު ވިދާޅުވީ ގޭބިސީތަކުން މަގުމައްޗަށް ނެރޭ ކުނި ނެގުމަކީ ކައުންސިލްގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ސަރުކާރުން ވެމްކޯއާ ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ 24 ގަޑިއިރުތެރޭ އަޅުގަނޑުމެން މި އުކާލީ 100 ޓަނުގެ ކުނި. އެއީ މާލެ ގޭގެ އިން ނެރުނު ކުނި. ގޭގެއިން ނެރޭ ނުކި ނެގުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް ވެސް ނޫން. އެއީ ވެމްކޯއިން ކުރަން ޖެހޭ ކަމެއް. އެ މީހުންގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.
"މިދިޔަ ދެތިން ދުވަހު ވެމްކޯ އިން ކުނި ނުގެން ގޮސް ތިބެފައި، މިހާރު ހަމަ އެ މީހުން އެ މަސައްކަތް އެ ކުރަނީ."
މުއިއްޒު ވިދާޅުވީ، ގޭގޭގެ ދޮރުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ވެމްކޯ އިން ނުގެންދާ ކަމުގެ ޝަކުވާ މިދިޔަ 2-3 ދުވަހު ވަރަށް ބޮޑަށް ސިޓީ ކައުންސިލަށް ލިބުނު ކަމަށެވެ.
"ކައުންސިލުން ހަވާލުވީ ގޭގެ އިން ތިރިއަށް ބާލާ ކުނި ނަގާކަށް ނޫން،" މޭޔަރު ވިދާޅުވި އެވެ.
މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ ޒިންމާ ސިޓީ ކައުންސިލުން ކުރިން ހަވާލު ކޮށްފައި އޮތީ ވެމްކޯއާ ކަމަށް ވިޔަސް އެ ކުންފުނިން އެ ޒިންމާ ރަނގަޅަށް އަދާނުކުރުމުން މި މަހުން ފެށިގެން އެއްބަސްވުން އާ ނުކުރަން ކައުންސިލުން ނިންމީ އެވެ. އެއާއެކު ދެން ފެނުނީ ގޭގެ އިން މަގުމައްޗަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ހުއްޓާލި ތަނެވެ. އެކަމަކު، ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުން ދެމިއޮތް އިރު، ވެމްކޯ އިން އައީ ގޭގެ އިން މަގުމައްޗަށް ނެރޭ ކުނިތައް ވެސް ނަގަމުންނެވެ.
އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން، ގޭގެތަކުން މަގުމައްޗަށް ނެރޭ ކުނިތައް ވެމްކޯ އިން މިދިޔަ 2-3 ދުވަހު ގަސްދުގައި ނުގެންދާ ކަމުގެ ޝަކުވާ ބައެއް އާންމުން ވެސް ދަނީ ކުރަމުންނެވެ. އެކަމަކު، އެ ކުނިތައް މީގެ ކުރިން ބަރާބަރަށް ވެމްކޯގެ މުވައްޒަފުން ގެންދިޔަ ކަމަށް އެ މީހުން ބުނެ އެވެ.
Tenants of M. Sydney have been keeping their refuses outside for over a year. @WAMCOmv collects every night but last 2 nights they have deliberately left all these refuses unattended. Dishonesty won't help but creates problems. WAMCO please do your job & don't penalise tenants! pic.twitter.com/xKSCljWfrp
— Abdulla Nazeer (@NazeerP1) December 30, 2022
މާލޭގެ ގެއަކުން ބޭރަށް ނެރޭ ކުނިތައް ނެގުން ވެމްކޯ އިން ކުއްލި ގޮތަކަށް ހުއްޓާލުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ފޮޓޯއާއެކު ކުރެއްވި ޓުވީޓެއް.
މުއިއްޒު ވިދާޅުވީ ކައުންސިލުންގެ ޒިންމާގައި ހިމެނޭ، މާލޭގެ މަގުތަކާއި ޕާކުތައް ސާފުކުރުން ކަމަށާއި ކައުންސިލުން އެ މަސައްކަތާ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ހަވާލުވީ، ވެމްކޯ އަށް ބޮޑު ބަޖެޓެއް ދީގެން ވެސް އެ ކަން ބަރާބަރަށް ނުވެގެން ކަމަށެވެ.
މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތައް އަދި ރަށުތެރެ ސާފުކުރުމުގެ މަސައްކަތަށް ސިޓީ ކައުންސިލުން ވެމްކޯ އަށް ކޮންމެ މަހަކު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ދޭން ޖެހުނެވެ. އޭގެ ތެރޭގައި ކުނި ހިފައިގެން ދާ ޕިކަޕްގެ ޗާޖު ވެސް ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް ސާފުކުރުމުގެ މަސައްކަތާ ވެމްކޯ އިން ހަވާލުވެ ތިބި ދުވަސްވަރު ވެސް އަޅުގަނޑުމެންގެ މުވައްޒަފުން ނެރެގެން އެ ތަންތަން ސާފުކުރަން ޖެހުނު ކިތަންމެ ދުވަހަކު. ސިޓީ ކައުންސިލްގެ މުވައްޒަފުން އެ ކަން ކުރަން ޖެހުނީ ވެމްކޯގެ ފަރުވާ ކުޑަކަމުން،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ކުނި ވާ މައްސަލައިގައި އާންމުންނަށް އުނދަގޫވަމުން ދާތީ މާލެތެރެ ސާފުކުރުމަށް އީޕީއޭ އިން ސިޓީ ކައުންސިލަށް އިލްތިމާސް ކުރުމުން އެ އަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، ގޭގެ އިން މަގުތަކަށް ކުނިތައް ޖަމާކޮށްފައި ހުއްޓަސް އެކަން މިނިސްޓްރީތަކުގެ ސަމާލުކަމަށް މީގެ ކުރިން ނާންނަ ކަމަށެވެ.
އެކަމަކު، މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމާ ކައުންސިލުން ހަވާލުވުމުން، ކުއްލި ގޮތަކަށް އީޕީއޭ އިން ބަޔާން ނެރެ، ސިޓީ ކައުންސިލުން ޒިންމާއަދާނުކުރާ ކަން އާންމުންގެ ސިކުނޑި އަށް ވައްދަން މަސައްކަތް ކުރި ކަން މޭޔަރު ފާހަގަކުރެއްވި އެވެ.
ވެމްކޯ އިން އިއްޔެ ބުނީ، މާލޭގެ އެކި ތަންތަނަށް ޖަމާކޮށްފައި ހުރި ކުނިތައް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ފެށީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ ލަފާގެ މަތިން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީހަމީދު
01 January 2023
މުއިއްޒު ހީކުރަނީތޯ، މާލޭގެ މީހުނަށް މާ ރަގަޅު މީހަކަށް ހެދިގެން ތިގޮތަށް ފިތުނަ ކޮއްގެން ދެންވެސް މާލޭގެ މޭޔަރުކަމަށް ހޮވޭނެޔޭ؟
ސަކްތީ
01 January 2023
އޭނަ ހޮވީ އަހަރުމެން ދަފްތަރުމީހުންބޭނުންކޮއްގެން. ދެންނުކޮއްދޭނަން
ބޯހަލާކުވެއްޖެ
01 January 2023
ކަރަންކާ މަގުގެ މަގުގެ އެއް ކަނުގަ ހުންނަ ބަންގްލަދޭޝް ހޮޓާ މީހުން ކުނި ގެނެސް އެބަ ބަހައްޓާ މާ ދުރުގަވެސް. މީ ކިހިނެއް ވާ ކަމެއް ބާ؟ މި ބައިގަނޑު ލާރި ދައްކާކަމެއް ނުދައްކާ ކަމެއް ބަލަނީ ކާކުތަ؟
ޝަހީމު ވަހީދު
01 January 2023
ޔާމީނު ދިޔާމަ މުއިއްޒަކީ ޗޮއިސްއެއްނޫންކަން މީނަގެ ބަސްމަގު ހުންނަގޮތުން އިނގޭ.. ޕީޕީއެމްގަވެސް އެތިކަލް މީހުން އުޅޭނެކަން ޔަޤީން!
ފައިސާނުދައްކާ މަގަށް ކުނިއަޅާ ގްރޫޕް
01 January 2023
އަހަރެމެން ގޭގެކުނި ބަލާ ކޮންމެ ދުވަހަކުވެސް ވެމްކޯއިން އައިސް ކުނިކޮތަޅު އެމީހުން ގަވައިދުން ގެންދެއެވެ. މައްސަލައެއް ނުޖެހެއެވެ. ކޮވިޑްތެރޭގައި މަގުމައްޗައް ކުނި ނެރުނީމެވެ. މިހާރު އަންގާފައި އޮންނަނީ ބޭރަށް ނުނެރޭށެވެ. އެގޮތަށް ބަރާބަރަށް މަސައްކަތް ކުރެއެވެ. ހީވާގޮތުގައި މައްސަލަ މި ޖައްސަނީ ރަޖިސްޓްރީ ނުކޮށް ބިލްނުދައްކާ ފަރާތްތަކުންނެވެ. އެއީ ބައެއް ދިވެހިންގެ ސިފައެވެ. އަދި ދަނޑިވަޅު ބަލާފައި ސިޓީކައުންސިލްއިން މިކަން ސިޔާސީ ކޮށްލީއެވެ.
މުހައްމަދ
31 December 2022
އަހަރުމެންގެ ކުނި އުކުމަށް ވެމްކޯއަށް އަހަރުމެން މަހުން މަހަށް ފައިސާ ދައޮކާއިރު އެކުނި ނުނަގާ ބެހެއްޓުމަކީ ވެމްކޯގެ ޒިންމާ އަދާ ނުކުރުން އަދި މިކުނި ސިޓީކައުންސިލުން ނަގާކަށް ނުޖެހޭނެއެވެ. ކުނި މަގުމައްޗަށް ނެރެންފެށީވެސް ވެމްކޯއިން ފެށި ވަރަށް ފީކަޅާ ގޯސް ކަމެކެވެ. މިހާރުވެސް އެކަން ކުރަނީ ވެމްކޯގެ މުވައްޒަފުން ގަވާއިދުން ކުނިބަލާ ގެޔަށް ނާންނާތީ އެވެ. މ މީގެ ކުރިން ބިދޭސިން ކުނިއުކިއިރު 100ރ އަށް އެމީހުން ގެއިން ކުނި ނަގަނީއެވެ.
ޒަނއކީ
01 January 2023
މި މަހު 100 ދޭކަށް ނުޖެހޭނެ.. އެކަން ކުރުމަށް ކައުމްސިލުން ވެމްކޯއަށް ދީފަ އޮތް ހުއްދަ އެބަހީ އެއްބަސސްވުމުގގެ މުއްދަަތު އޮތީ ހަމަވެފަ. ސިޓީކައުންސިލުން އޮތީ އެ އެއްބަސްވުން އާނުކޮށް..
އެމްސް
01 January 2023
މާލޭގެ ޢިމާރާތްތައް ކޮށްފަ ހުރީ، ކުނި ކީއްކުރަން އެމެޖެންސީ އެކްޒިޓެއް، ވައި ދައުރުވާނެ ގޮތެއް، ތަކެތި އަރުވާ ބޭލޭ ވަރުގެ ސިޑިއެއް/ލިފްޓެއްގެ މިންވަރުވެސް ނެތި! އެހެންކަމުން މައްސަލައަށް ކިތަންމެ ކާސްއެއް ކޮށްގެން ތިއްބަކަސް، ނުވަތަ ބަޔަކަށް ހުއްޓާނުލާ ބެވިޔަކަސް ބޭރުޤައުމަކުން މިކަންކަމާއި ވިސްނާ/ޙައްލެއް ހޯދަދޭން މިޤައުމަށް އައުން ދުރު!
ޙޯރާ
31 December 2022
ރިއެކްޝަނެއް ނެތް. ހަމައެއް ލަމައެއް ނެތް ސަރުކާރަކުން ކުރާނެ އަދި ކުރެވޭނެ ކަމެއްވެސް ނެތް. މިހާރު މިފެންނަނީ ގައުމު ބަނޑުއަލާމީހުން.
ލުޖައިން އެމްވީ
31 December 2022
ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރެނީއޭ ނުކިޔާ އަދި ތިކަން ސިޔާސީ ނުކޮށް ހިނގާބަލަ ހައްލެއް ހޯދަން ދެއްތޯ؟ ޑަސްބިނެއް ކޮންމެ 3 ގެއެއްގެ ކުރިމައްޗަށް ވާގޮތަށް ބަހައްޓަބަލަ. ބައެއް މީހުން ކަންނެތްކަމުން 200 ފޫޓަށް ހިނގާލާފަގޮސް ޑަސްބިނަށް ކުނިކޮތަޅު ވައްޓާލަން ހިތްވަރެއް ނުހުންނަކަން އަހަރުމެނަށް އެނގޭއިރު، ކައިރިކައިރީގަ ޑަސްބިން ބަހައްޓަމާ! ދުނިޔޭގެ ގިނަ ގައުމުތަކުން ކުނި އުނކަން ގޭބިސީތަކުން ފައިސާ ނުނަގާ! ކުނި މެނޭޖްކުރާ ފަރާތަށް މިކަން ވާނެ!
މުހައްމަދ
31 December 2022
އަހަރުމެން ޕޭކުރަނީ ގެއިން ކުނި ނަގާގޮތަށް
ޝިޔާދާ
01 January 2023
އަސްލު ރަނގަޅު ވާހަކައެއް ލުޖައިންއެމްވީ ބުނީ. އެންމެ ކައިރި، ބޭންކްރަޕްޓުވެފަ އޮތް ލަންކާއިންވެސް ގޭބިސީތަކުގެ ކުނި އުކާލުމަށް އެގެތަކުން ފައިސަ ނުނަގާ.
ރައްޒާގު
01 January 2023
އެންމެ ރަގަޅު ހައްލަކީ މަގުމަތީގެ ވަކި ހިސާބުތަކެއްގަ ޑަސްބިން ބެހެއްޓުން ކަމަށް ފެނޭ. އޭރުން ކުނި ނެގުމުގެ މަސައްކަތް އަވަސްވެފަ ފަސޭހަވާނެ. ކޮންމެ ގެޔަކަށްވަދެ ކުނިނެރުން އެއީ ވަރަށް ނާތަހުޒީބުގޮތެއް. ވަކި ގަޑިއެއްގަ ކުނިބަލާ އަންނާނެތީ ބޭރަށްނުގޮސް ގޭގަ މަޑުކުރުން އެއީ ފަށޭހަކަމެއްނޫން. އެއްރޭވެސް ކުނި ނުގެންގޮސްފިނަމަ ގޭތެރޭގެ ވަސްނުބައިވެ ގޭގައުޅެ މީހުނަށް އުދަގޫވޭ.
އެމްސް
01 January 2023
ދިވެހިން ދިވެހީންގެ ކަންކަމާއި ދެން އުޅެން ފަށާނީ މިޤައުމުން ބިދޭސީން ހުސްވި ދުވަހަކުން ކަމަށް ދެކެން! އޭގެ ކުރީގަ އެންމެންވެސް ތިބޭނީ ޒިއްމާއިން ރެކި އެކަކު އަނެކަކަށް ބަވާ، ކުށް ދެއްކުމުގަ!
ޥަހުދަތު
31 December 2022
÷ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ޝަރުޠު މީނަގެ ކިބައިގައި ހަމަވޭ!
މައުމޫނު އިބްރާހިމް
31 December 2022
ނުވާވަރުކަންތާ ހަވާލުނުވެބަ
ދެއްވަދޫ ޝަރުމީލް
31 December 2022
ވާޖިބު އަދާނުކުރެވޭ ނަމަ ވެމްކޯ އުވާލަންވީ. މުއިއްޒުއާ ހަވާލުކުރީމަ ރަގަޅުވާނެ. މުއިއްޒު ހިންގާނެ ރަނގަޅަށް. އެއީ މަގަބުލްކުރާ ގޮތް
އަލި
01 January 2023
ދެއްވަދޫ ޝަރުމީލް އަށް އެނގޭނީ އެހެންކަމެއް.
ޒިކްނީ
01 January 2023
މުއިއްޒަކަށަ ނުވިތާ އެކަން އެ ފެނުނީ.. މުއްޒުވެފަ އެއޮތީ މިފަހަރުވެސް.. އެއީ ބޮޑު ފެއިލިޔަރއެއް
އެމްސް
01 January 2023
5 ވަގުތު 5 ނަމާދު ނުކުރެވޭ މީހުންގެ އައިޑި ކާޑް އާއި ޕާސްޕޯޓްވެސް ހިފަހައްޓަމާ! އެއަށްފަހު އެ އައިޑީކާޑަށް ލިބެމުންދިޔަ އާސަންދަ އާއި އެހެނިހެން ޢިނާޔަތްތައް ކޮންމެވެސް ބޮންދަކަށް ދެމާ! މިއީވެސް ޚިޔާލެއް!