ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--ފައިލް ފޮޓޯ: މިހާރު
02 ޖެނުއަރީ 2023 - 11:47
ކޮވިޑާއެކު ގައުމު ވެއްޓިފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް އިގްތިސާދީ ނިންމެވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަނީ ސިޔާސީ އެއްވެސް މަންފާއެއް އޮވެގެން ނޫން ކަމަށް ވިދާޅުވެ ޖީއެސްޓީ ބޮޑުކުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދިފާއުކުރައްވައިފި އެވެ.
ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް އިއްޔެ އިން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ. މިއީ ރައްޔިތުންނަށް ކުރިމަތިކުރުވި ވަރަށް ބޮޑު ދައްޗެއް ކަމުގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ޖީއެސްޓީ ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. ވެރިކަމަށް އިންތިހާބު ވެއްޖެ ނަމަ ޓެކްސް އަލުން ކުޑަ ކުރައްވާނެ ކަމަށް، އެމްޑީޕީގެ ޕްރައިމަރީއާ ގުޅުވައި ދައްކަވާ ވާހަކަތަކުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ ފާޑުވިދާޅުވުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިގްތިސާދީ އެންމެ ފަހުގެ ނިންމުން، ޖީއެސްޓީ ބޮޑުކުރުމުގައި ވެސް ސިޔާސީ މަންފާއެއް ނެތް ކަމަށެވެ. މި ނޫން ވެސް އިގްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބާރުވެރިކަން ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި އިގްތިސާދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒް" ވުމުން އޭގެ ގެއްލުން ބޮޑުކަން ކައިރި ގައުމުތަކުން ވެސް ވަނީ ފެނިފަ އެވެ.
އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވާކަށް ނޫން. ރައީސް @ibusolih އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ. (3/4)
— Ibrahim Ameer (@iameeru) January 2, 2023
އަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބާރަށް ކުރިއަރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވާ ކަމަށާއި އޭއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅުނު އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ.
"ދިވެހި އިގްތިސާދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި. 2022 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ،" އަމީރު ވިދާޅުވި އެވެ.
ނަޝީދު ވަނީ މި ސަރުކާރުގެ މާލީ ކަންކަން ހިނގާ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ދައުލަތުގެ ދަރަނި ދައްކަން އިތުރަށް ދަރަނި ނަގާތީ އެކަމުގައި ވެސް ކަންބޮޑުވުންފާޅުކުރެއްވި އެވެ. އަދި މާލީ އެފަދަ ކަންކަން ރައީސް ކައިރިން ނުބައްލަވާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދިވިޔަފާރިތައ
03 January 2023
ރައްޔިތުން ބޭނުން ނުވިޔަސް ޖީއެސްޓީ ވެސްބޮޑުވެފަ އޮތީ. ޢިގްތިސާދު އިހުހުރި ވަރަށް ގެނެސްފަ ކުރިކަމެއްކަމަށްވަނީ މީ އަދި. ރައްޔިތަކަށް މަންފާއެއް ވާން ހުރި ދޮރެއް ވިއްޔާ ބަންދު ކުރެވެމުން ދަނީ. އަޅުވެތިކަން ނޫން ކަމެއް އިތުރެއްނުވޭ. ގާރޫނާ ސަންޕާ އަށް ނޫން މީހަކަށް ނެތް ކަމެއް ފަހިވެފައެއް.ދެއްތޯ
ޖީއެސްޓީ
03 January 2023
ތިޔަ އެއްޗެއް ބޮޑުކުރުމާއެކު ޖީއެސްޓީ ފްރީ ޕްރޮޑަކްޓް ތަކުންވެސް އަގުތައް އުފުލިގެން ދިޔައީ އޮބިނޯންނަ ވަރަށް. އެއްޗެއް ބޮޑުކުރާއިރަށް ނިކަން ފޯރިއާއެކު ބޮޑުކުރާނެ. އެކަމަކު ކުޑަކުރަން އެންގިއަސް އެކަމެއް ނުވޭ. ތިޔަ ޖީއެސްޓީ 50 ޕަސެންޓަށް ބޮޑުކުރަން މަށަށް ފެންނަނީ. އޭރުންތާ ފަޤީރުމީހާ ފަޤީރުވެފައި މަހުޖަނުމީހާ މުއްސަނދިވާނީ
ގުއިރޯނު
02 January 2023
ސިޔާސީ މަންފާއެއް ނޫން ތި ހޯދަނީ،ތި ހޯދަނީ މާލީ މަންފާ ސީދާ ކަޅުދަބަހުގެ މަންފާ
ދަރެސް
02 January 2023
ޖީއެސްޓީ ބޮޑުކުރަން ޖެހުނީ މިހެންވެ 1. ބޮޑެތި މަހުޖަނުން އަތުން ދައުލަތައް ލިބެންޖެހޭ ޖީއެސްޓީ ނަގަން ނުކެރުނީމަ 2. އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ނުހޯދުނީމަ (ވައުދެއް) 3. ރިސޯޓް އޯނަރުންނަށް ދީފަހުރި ރަށްތައް މުއްދަތު ހަމަވިއިރުވެސް ނުހެދި އާމްދަނީ ނުލިބި ލަސްވުމުން 4. ރިވެނިއު ހޯދޭނެ އިތުރު ކަންކަން ނުކޮށް ބިލިޔަނުން ޚަރަދު ކުރާތީ ކުރުކޮށް ބުނަންޏާ ގައުމު ހިންގަން ނޭނގިގެން.
ދޮންހަސަންބެ
02 January 2023
ދިވެހިންގެ ގިނަމީހުންނަށް މިއުޅެނީ އަދި ރަގަޅަށް ހަޕަސެންްޓަށް ފަރިތަނުވެގެން. ހަމަޓަސްލައިފަ އަށަކަށް. މާލެސަރަހައްދުގެ ބިންވެރިއަކަށްނޫނީ ސަތޭކައަކުން އަށެއް އެއްލާލުމަކީ އާދައިގެ މުސާރަވެރިއެއްގެ ނީގޫތާށިވުން ކަހަލަކަމެއް. ތިރީސް، ސާޅީސް ރުފިޔާއަކީ އާދައިގެ ގޭބިސީއެއްގެ ދުވަހުގެ ކޮއްތުބޯފެން. އެއަރކޯން އޮފީހާއި ކާރުތެރޭތިބެގެން ތަނަވަސް ހިސާބެއް ރޭކާނުލާނެ. އަބަދުވެސް "ބަޖެޓު" "ވޯޓުހޯދުން" ނޫންވަރެއްނުވާނެ.
ޅިމިޓް
02 January 2023
އެއީ ތެދެއް. ލޯނުތައް ނެގީ ސިޔާސީމަންފާއައް. އަބުރާ ފައިސާދައްކަނީ މަޖުބޫރުވެގެން.
ޙަބީބު.
02 January 2023
ސިޔާސީ ބޮނޑި ބޮޑުކުރަން ކުރިކަމެއްތީ ނުދޭނަން ވޯޓެއް ހައްގުވާ މިންވަރޭކިޔާފަ އައިސް ފަހަތުން ވޮލެޓުޖަހައިގަތީތިޔަ
އޮނަރަބްލް އަފީފު ދީދީ
02 January 2023
ސިޔާސީ މަންފާއެއްނެތްކަމެއް ކުރާންޖެހުނީ ސިޔާސީ މަންފާލިބޭނެ "އުފެއްދުންތެރި މަސައްކަތެއް" ކުރުމުގެޤާބިލްކަން ބޭޅާމެންގެ ކިބައިގަނެތީމަ ނޫންތޯ. # ޓީޖީއެސްޓީ ރަނގަޅުމިނަކަށް އުފުލާފައި GST އާއިނުކުޅެ ހަމަޖެހޭނެ ކިތަންމެކަމެއް (ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ) ކުރެވެންއޮތްއިރު އެއިން އެއްވެސްކަމެއް ކުރާންނޫޅެ ފެހުރިހިހެން ލާރިކޮޅު ބޯލަން ދިމާކޮށްފަ އޭގެ ދިފާޢުގައިވެސް ވާހަކަ ދައްކަން ނިކުތީތޯ. ދައުލަތް ހިންގާން ނޭގުމުން ފެއަށް ޖެހިލާކަށް ނުވޭތަ.
އަލި
02 January 2023
ސިޔާސީ މަންފާ ނެތަސް ވޯޓް ހޯދަން ނާންނާތި. ރައްޔިތުން ފެލައިގެން ހިންގާ ވެރިކަމަކަށް ތާއީދު ކުރެވޭކަށް ނެތް. އަނެއްކާވެސް ވޯޓުލާނީ ބަދަލަކަށް.
ގުއި ސައްޕެ
02 January 2023
ސިޔާސީ މަންފާއެއް ނެތަސް އިއްޔެ 2 ރުފިޔާއަށް ވިއްކަމުން އައި ފުށް ގުޅަ މިއަދު ހުރީ 3 ރުފިޔާ އަށް ، އަދި ކުރިން 5ރުފިޔާ އަށް ވިއްކި ކުދި ފޯއް ޕެކެޓް ހުރީ 6 ރުފިޔާ އަށް ..... މަންފާެއެއް ވާ ނެތް...
ތަރުކާރީ ސޭޓު
03 January 2023
އެއީ އެކަމު ޖީއެސްޓީ ނަގާ، ޖީއެސްޓީ ދައްކަންޖެހޭ އެއްޗަކުން ހަދާވެސް އެއްޗެއް ނޫނެއްނު، އަގޮބޮޑުކުރަން. އެހުންނަނީ ހަމަ ފުރުސަތުގެ ބޭނުންކޮށްލައިގެން އަގު މައްޗަށް ޖައްސާލުން