ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗުގައި މަޑުކޮށްލައްވައިގެން: ފުއްގިރި މައްސަލާގައި އެމަނިކުފާނަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
02 ޖެނުއަރީ 2023 - 22:13
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގެ ޝަރީއަތް ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.
އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.
ފުއްގިރި މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.
ފުއްގިރި މައްސަލަ ކުރިން ބެއްލެވީ އިސް ގާޒީ އަހުމަދު ޝަކީލް އެ މައްސަލައިން ތަނާޒުލްވުމުން އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ، ޔާމީންގެ މައްޗަށް މަދުވެގެން އިތުރު އަށް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފުއަލީ
03 January 2023
ޔާމީނު އިންތިހާބު ގައި ވާދަ ނުކުރެވޭ ވާރު ކޮއްލައިގެން ނޫނީ އެމްޑީޕީއަށް ކާމިޔާބެއްނެތް ކަން އެމީނުން ނަށް ވަރައްސާފު! ޔާމީނު ގެ ހުކުމްތައް ދެމެހެއްޓިއްޖެ ނަމަ 55 ޕަސެންޓުން ފުރަތަމަ ބުރުންވެސް އެމްޑީޕީއަށް ކާމިޔާބު ވާކަން ދިރާސާކުރާފަރާއްތަކުންބުނޭ!
ޔާނުތަ
03 January 2023
ޔާމީނު ފުށް ގިރީ ކޮން އިރަކުތަ
ކެޔޮޅުއަލިބެ
03 January 2023
ފުއްގިރިއާ އާލަންގިރިއާ މިބާވަތުގެ އެންމެހައި ގިރިގިރިއެއް ނަހަމަގޮތުގައި ދިނުމާއި ހޯދައިގަތުމާއި ބޭނުން ކުރުމުގައި ސާމިލުވާ ހުރިހައިބަޔަކަށް ފިޔަވަޅުއަޅަންޖެހޭ. މިގޮތަށް އެކިއެކި ފަރާތްތަކުން ނަގާފައި ހުރިރަށްތަށް އަތުލަންވެސްޖެހޭ. އެމްއެމްޕީއާރުސީ ކިޔާތަނެއްގެތެރޭ މުޖުރާކުރިމީހުންނާއި ތަންވެސް އުވާލަންޖެހޭ.
ޤާ ޒީ
03 January 2023
ވެރިކަމާއި ވައްކަމާއި ދޭތި ކުރެއްވީ ވެސް އެކަތި އަނެކެއްޗަށް ދޫ ނުދެއްވާ ވަރަށް! އެހެންވީމާ ކޯޓަށް ބާރު ބޮޑުވެގެން އުޅެނީ
ސަސު.
03 January 2023
ކޯޓުތަކުން އަދި ޖަލުން އަވަދިވެގެންތާ ރައީސްކަމަކީ. ލިބުނު ވަގުތަ ހިންގާލާފަ މިއޮތީކީ ވަކިވަރަކަށްނޫން. އަވަހަށް އެހެން މީހަކު ވޭތޯ ބަލަމާހިނގާ
ޖަންނޭ
03 January 2023
ޔާމިން އެކަނިބާ ކުށެއް ކޮށްގެން މިއުޅެނީ؟ކޯޓް ގަ އެނޫން މައްސަލައެއް ނެތީތޯ؟ފަޓާސް ބަރިއެއްހެން ޔާމީންގެ މައްސަލަ ތިބަލަނީ.އެމްއެމްޕީއާރުސީގެ ރުފިޔާ ބަނޑުއެޅި މަޖިލިސް މެމްބަރުންގެ މައްސަލަ ނެތީތޯ؟ޔާމީން މައްސަލަ ތިގޮތަށް ތިބަލަނީ ސިޔާސީ ގޮތުން.ސީޔާސީ މަންފާއެއް ހޯދަންނޫނޭ ބުންޏަސް.ކުޑަކުއްޖަކަށްވެސް އިނގޭނެ ސިޔާސީ ގޮތުންކަން ޔާމީނުއާ އަޅައިގެން ތިއުޅެނީ.
ޖައިސާމް
03 January 2023
ޔާމިން އެކަންޏެއް ނޫން ވައްކަން ކުރީ. އެކަމު އެކަން އެންމެ ފުޅާކޮށް، ރާވައިގެން، ދައުލަތުގެ އިދާރާތައް ބޭނުންކޮށްގެން އެމިންވަރަށް ވައްކަން ކުރި ރައީސަކު 2008ގެ ފަހުން ނާދޭ.
ދިއްދޫމީހާ
03 January 2023
އަހަރެމެން ކުޑަ އިރު ސުވާލްކޮއްލާނެ އެއްމެ ބޮޑު ސޯޓަކީ ކޮބާތޯ؟ ޖަވާބަކީ ރިސޯޓް މިހާރު އެއްމެ ބޮޑު ގިރިއަކީ ކޮބާތޯ ސުވާލް ކޮއްފިއްޔާ ބުނާނީ އަލަމްގިރި އަދި ފުއްގިރި
އިބްރ
02 January 2023
އިންޑިއާއިން ބޭނުންވެގެން ރ ސާލިޙް ލައްވައި ކުރައްވާ ވަރަށް ބޭކާރު ކަމެއް މިއީ. ރ ސާލިޙްގެ ސަރުކާރު މިދަނީ ނިމެމުން ﷲ އިރާދަކުރެއްވިއްޔާ.
ދޮހޮއްތު
02 January 2023
ކަލޭނޭ މިވަރުމީހަކު ދޫކޮށް އަލުން ރައީސްކަން ދޭންތަ ބަޔަކު ކޮންމެރެޔަކު މަގުމަތީމިގޮވަނީ.. މައަޖައިބުވެއަންތަރީސްވެއްޖެ މިރަށުމިއުޅޭމީހުންނާހެދި
އަޑުއަހާބަ
02 January 2023
މި މުސްކުޅިން ބޭރުކޮށްލާ. މިމީހުން ގައުމު ހަލާކުކޮއްފި. އާބަޔަކު ނެރެން ތައްޔާރުވޭ. ޔާމީނު. ނަޝީދު. ބޭނުމެއްނޫން. އިސްލާމީ ވެރިކަން ބޭނުމީ ޒުވާނުން.