ކަނޑޫދު އަށް ލެއްގި ފަތް ކޮތަޅެއް -- ފޮޓޯ: ކަނޑޫދޫ ފޭސްބުކް ޕޭޖް
03 ޖެނުއަރީ 2023 - 13:23
ތ. އަތޮޅުގެ ބައެއް ރަށްރަށުން ގޮތް ނޭނގޭ ފަތްތަކެއް ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޮތް ނޭނގޭ ފަތްތަކެއް އެ އަތޮޅު އޮޅުވެލިފުށި ފިނޮޅާއި ކަނޑޫދޫން ފެނިގެން އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެ ތަކެތި ބަލައި ތަހުލީލުކޮށް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިކަހަލަ ފަތްގޯނިތައް މީގެ ކުރިން ވެސް އެކި ރަށްރަށަށް ލެއްގި އެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން "މިހާރު" އަށް ވިދާޅުވީ އެ ރަށަށް ލައްގާފައި ވަނީ އޭގެ އެއް ގޯނި ފަތް ކަމަށެވެ. އޭގެ އެތެރޭގައި ބަންދުކޮށްފައިވާ ދެ ކޮތަޅުގައި ފަތް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑޫދު އަށް ލެއްގި ފަތް ގޯނިތަކެއް -- ފޮޓޯ: ކަނޑޫދޫ ފޭސްބުކް ޕޭޖް
އެ އަތޮޅު އޮޅުވެލިފުށި ފިނޮޅުން އޭގެ ހަތަރު ގޯނި ވަނީ ފެނިފަ އެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން އެއީ ކެންޑޫ ނަމަކަށް ކިޔާ ފަތެއް. އެއީ ބިޑި ހެދުމަށް ބޭނުން ކުރާ ފަތެއް. ބައެއް މީހުން ބުނޭ އެއީ ބޭ ލީފް ކަމަށް ވެސް. އަސްލު އެއީ ކޯއްޗެއް ކަމެއް ނޭނގެ އަދި،" ރީހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
04 January 2023
ތިއައީ ފޮނިތޮށިގަހުގެ ފަތް. ބިރިއާނި ކައްކަން ވަރަށް ގިނައިން ބޭނުންކުރާނެ. ބޭލީފުވެސް ކިއާ.
ޒިންޖީރާ
04 January 2023
ހާދަ އަލޭ ސުތުލި ގޯނި
ފިނރުޓޭ
04 January 2023
މިހާރު ބޭ ލީފް ރާއްޖެ އަށް ގެނައުން މަނާ ވީމަ ރާއްޖެއަށް ބޭލީފް އެތެރެ ކުރަނީ މި ގޮތަށް ކަމަށް ވަނީ!
ރައްޔިތުކަލޯ
03 January 2023
މިއޮއް ފަދަ ޒަމާނުގަވެސް ގޮތްނޭނގޭ ފަތް ހުރޭތަ؟ ފޯނުން ފަތުގެ ފޮޓޯ އެއް ނަގާފަ ގޫގްލް ދޮންބެ ގާތު އަހާލާއިރަށް ފަތުގެ ނަމަ ހުރިހާ ވަނަވަރެއް ބުނެދޭނެ! އަޅެ ޗެކެއް ޖަހާލަބަލަ!
އެޑްމުންޑޯ
04 January 2023
ރައްޔިތުކަލޯ ތިގޮތަށް ބަލާފަ ފަތުގެ މައުލޫމާތު ކޮމެންޓް ކޮއްދީބަލަ
ބަކުރުބެއި
04 January 2023
ހިއްކާފަ ހުރި ކޮކޯ ގަހުގެ ފަތް. ކޮކޭން އުއްދަން ބޭނުންކުރާ މައިގަޑު
ބޭބއ
03 January 2023
ލުކުސް ލައިކް ބޭ ލީފް
ބޭބީގެބެބް
03 January 2023
ބިޑި އަނބުރަން ބޭނުންކުރާ ކެންޑޫ ނުވަތަ ޓެންޑޫ ފަތް. އިންޑިޔާ ގައި ވަރަށް ގިނައިން ހައްދާ އެކްސްޕޯރޓްކުރާ ބާވަތެއް.
ދެއްވަދޫ އަނބުގަސްދޮށުގޭ އައްސަދާ
03 January 2023
ތިޔަށް ދެއްވަދޫ މީހުންކިޔަނީ ޓާމިނޭލިޔާ ކަޓައްޕާ .. ބައެއް ރަށްރަށު މީހުން ތިޔަށް މިދިލިފަތޭ ވެސް ކިޔާ
48343
03 January 2023
އަފްޣާނު މީހެއް ގާތުގާ އަހާބަލަ ތީ ކޮންބާވަތެއްގެ ފަތެއްތޯ.
ސާބަސް
03 January 2023
ތިޔށްކިޔަނީ ކެންޑު ލީފް. ތިޔކީ މަސްތުވާ ފަތެއްނޫން. ބިޑި އޮޅަން ބޭނުމް ކުރާފަތެއް. ތިފަތުގެ ތެރެއަށް ދުންފަަތް އަޅަެިގެން އނބުރަނީ
ބިންގޯ
03 January 2023
ތީ ޔަމަނު މީހުން ބޭނުން ކުރާ ފަތަކާ ވަރަށް ވައްތަރު ފަތެއް. ޔަމަނުގަ ކުޑަކޮއް ނައިސް ވެލަން ތިވަށްތަރު ފަތެއް ބޭނުންކުރޭ
ނުވިސްނާ
03 January 2023
ޓިޔައީ ކެއްކުމައް ބޭނުން ކުރާ ބޭލީފް ކިޔާ ބާވަތެއް.