26 މެއި 2025 - 22:47
ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ، ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ތުހުމަތުވާ ފަރާތް މިހާތަނަށް ހައްޔަރުކޮށްފައިނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ އިތުރު ތަފްސީލެއް ނުދެ އެވެ.
އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއްވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަތީބެ
28 May 2025
މިޒަމާނު ދަރިން ތިބެނީ މައިންބަފައިންގެ މަތީގަ ދަތިވަރުން ތިބޭނީ ޓީޗަރުންގެ މަތީގަ. ކުދިންގެ އަދަބެއް އަހުލާގެއް ނެތް. އައިޕެޑް ދީ ފޯނު ދީ ބުނާހާ ކަމެއް ކޮއްދީ ދަރިން ކުރާ ހުތިހާ ނުބައި ކަންތައްތައް ދިފާއުކޮއް ޖީލެއް ހަލާކުކޮއްފި ބެލެނިވެރިން.
އައްޔަ
28 May 2025
މި ތިބީ ބިރު ފަހަނައަޅާ ގޮސް ބިރެއްނެތި މަޖާކުރަން ދަސްވެފަ
ހަލީމަތުކަޅޭ
28 May 2025
ތިޔަޓީޗަރުގެ އިގިއްޔެއްކަހަލަ އެއްޗެއް ބާރަކަށް އަނބުރާލަބަލަ. އޭރުން ހުންނާނެ ތަރިބުރާފަ.
ދަލޭކަ ދައިތަ
27 May 2025
ކިޔަން ބޭނުންނުވާ، ފާސްނުވާ، އަދަބެއް އަޚްލާގެއްނެތަސް ސްކޫލުގައި ބައިތިއްބައިގެން ގްރޭޑް10 އަކާ ހަމައަށް ގެންދަންޖެހޭތީ ވާހާގޮތް. ކޮބާތަ ހޯމް މިނިސްޓަރ މިފަދަކުދިންނަށް ތައްޔާރު ކުރަން ބުނި ތަން؟؟؟
ރަންބިސްކުކުޅު
27 May 2025
ގޮތެއްފޮތެއް ނެތް ދަރިންތަކެއް ސްކޫލްތަކަށް ގޮސް ޓީޗަރުންނަށް ތަކުރާރުކޮށް ނޮހޮރޮއްޕާން ކުރާއިރު ހަދާނެގޮތް ހުސްވެފަ ތިބޭ ޓީޗަރުން އެންމެފަހުން ގޮތެއް ހެދީމާ މި ނުބައިވަނީ ޓީޗަރު... މައިން ބަފައިން ކުޅިވަރާ މަޖަލުގަ ލައިފް އެންޖޯއީކުރަން ތެޅިބާލަނީ. މިކަމުން އެހެން ދަރިވަރުންވެސް ތިބެނީ ބިރުވެރިކަމެއްގަ
ނަގިއްޔާ
27 May 2025
މިހުރިހާ ކަމެއް މިފެޝެނީ ގޭގެ ކޮޓަރިން. އެނމެން ނިދަނީ އަލިފާފޮށިވަރު ކުޑަކުޑަ ކޮޓަރީގައި ފުރާވަރަށް އަރާފައި ތިބޭ ދަރިންނާ މަންމައާއި ބައްފަ އެއްކޮޓަރީގައި. ސަރުކާރުތަކުން ގެންގުޅުނީ ރައްޔަތުން މާލެއަށް ޖަމާކުރާ ސިޔާސަތެއް. ކަންކަން ފުރިހަމައަށް ޕްލޭންކުރެވިގެން އާއިލާތަކުގެ ދިރިއުޅުން ބިނާކުރާނެ ފުރިމަ ގެދޮރުތަކާއި ވަސީލަތެއްނެތް ފޯރުކޮށްދީފައެއް. އެފަދަ ސްކީމެއް ތައާރަފު ކުރިޔަސް ލިބެނީ ބޮޑެތި ގެދޮރު ހުންނަ މުއްސަދިންނަށް.
ދެބަންދިހާރު
27 May 2025
ކަލޯ މިހާދިސާ ހިގައިގެން އުޅެނީ މާލެއަކު ނޫނޭ!
އައްޔަ
28 May 2025
ފުލެޓު ދިނީމާވެސް ބޭނުންވަނީ އެތަން ކުއްޔަށްދީފަ ތިޔަބުނާ ތަނުގައި ތިޔަގޮތަށް އުޅެން. ޢަމިއްލަ މީހާގެ ޒިންމާއެއް މިހާރު މިޤައުމުގައި ނެތް.
ސޮނީ
27 May 2025
ގައުމުގެ ދަރިންގެ ހުޅުއޮތީ މާކުރިންވެސް ނެއްޓިފައި. އެކުދިން އިސްލާހު ކުރަން އަދަބެއް ނުދެވި ނުދެވި ސުކޫލުތަކުުން ބޮޑުވަނީ ޕާޓޭން ވަގުން، ޕޯން ޑެޑިކްޓުން މިވަރުން ކިހިނެއް ގައުމެއް ހަމަމަގަށް އަޅުވާނީ. ސްކޫލްތަކަކަށް އެކުދިންނަށް އެކަޝިގެންވާ ވަރާގާތަށްވެސް ޑިސިޕްލިންއެއް ނުކެރޭ.
އައްޔަ
28 May 2025
ދަރިޔާ އިސްކޫލުތަކަކަށް މިހާރު ނޯވޭ ކުއްޖަކަށް އަދަބެއް ދިނުމުގެ އިހުތިޔާރެއް. ދަރިއެއްގެ ރަނގަޅުކުރަންޖެހޭ ކަމެއްގެ ވާހަކަ ބުންޔަސް އެދަރިވަރެއްގެ ކުރިމަތީ މައިންބަފައިން ޓީޗަރަށް ބވނ.
ޒިމް..
27 May 2025
ބަސްނޭހިޔަސް ކުއްޖަކަށް އަދަބެއްވެސް ދެވޭކަށް މިހާރަކު ނޯވޭ.. އެހެންވެ ކުދިންގެ ޙަޔާތްކެޑިފައި ތިބެނީ.. އަހަރެމެން ބޮޑުވީ މަގުމަތިން ޓީޗަރަކު ފެނުނަސް ދުވެ ފިލާވަރަށް ޓީޗަރުންދެކެ ބިރުގަތް ޖީލެއްގައި..މިހާރުވެސް އޭގެ ފޮނި މީރުކަން އެޖީލްގެ މީހުންގެ އަޙްލާޤުން ފެންނާނެ..
ޖިމީ ކާޓަރ
27 May 2025
މިހާރު ކުދިންވެސް ވަރަށް ގޯސް.. ޓީޗަރުންގެ ގައިގައި ވެސް ވަރަށްތަޅާ ކޮޅުފައިން ވެސް ޖެހުނު ތާކުތަޅާ.. އެެއްވެސް މީހަކަށް އަނިޔާކޮއްގެން ނުވާނެ
ލޫލޫ222
27 May 2025
މި ދާ ގޮތަށް ދަންޏާ ދަރިވަރު ޓީ ޗަރު ކޮންޓްރޯލް ކުރާނީ! ދަރިވަރަކަށް އެއް ވެސް އަދަބެއް ވެސް ނުދެވޭ އެ ކުއްޖަކު މުޅި ކްލާސް ހަރާބު ކުރިޔަސް!