ހުޅުމާލޭ ޕޮލިސް ސްޓޭޝަން: ދަރިވަރަކަށް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ހުޅުމާލެއިން ރޭ ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 އޮކްޓޯބަރ 2025 - 15:34
ދަރިވަރެއްގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ރޭ ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުން މި މައްސަލައިގެ ތަފްސީލެއް ނުދެ އެވެ. އެކަމަކު، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ހުޅުމާލެއިން ހުށަހަޅާފައިވާ ކަމަށް މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން." އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ ސްކޫލެއްގެ ފިރިހެން ޓީޗަރެކެވެ. ދަރިވަރުންގެ ގެޔަށް އޭނާ ދިޔައީ ޓިއުޝަން ދޭން ކަމަށް، މައުލޫމާތު އެނގޭ ބައެއް މީހުން ބުނި ނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެ އެވެ. ހާދިސާ ހިނގި އިރު ދަރިވަރުންގެ ގޭގައި އެހެން މީހުން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.
ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ކުއްޖާގެ އާއިލާއިން ކަމަށް ވަނީ އެނގިފަ އެވެ. ރިޕޯޓްކުރި އިރު ޓީޗަރު އެ ގެެއިން ނުކުމެގެން ގޮސްފައިވާ ކަމަށާއި އެކަމަކު މަގުމަތިން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ވެސް އެނގިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުދިމްބެ
23 October 2025
މިގޭގައި އުޅޭ އަންހެން ޓިޗަރު Hama މިރަށު ސްކޫލުގައި މަސައްކަތް ކުރާ އިންޑިޔާ ޓީޗަރު ގެއަށް ގެނެސް ކާންދީ ބޯންދީ ކޮޓަރި އަށް ވަށްދާ ފިރިމީހާ ދޭ ސަމާލުކަމަށް ވުރެ މި ... ކުމާރަށްދޭ ސަމާލުކަން ބޮޑު.
ސަނަދު
23 October 2025
ޓީޗަރުންނަށް ތިއޮތީ އަނެއްކާ އާ ޑިގްރީއެއް ހޯދަންޖެހިފައި. ޓީޗަރަކަށް ލެއްވުމުގެ ކުރިން ޖިންސީ ގޯނާ ހުއްޓުވާ ޑިގްރީ ކޯސް ހަދާފައި އޮތްތޯ ބަލަންވީ. ޔުނިވަރސިޓީތަކުން އަވަހަށް ޑިގްރީ ކޯހެއް ފަރުމާކޮށްގެން ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފަށަންވީ. މި ކަހަލަ ކަންކަން ގިނަ މިވަނީ މިކަހަލަ ޑިގްރީ ހެދެން ނެތީމާ ހޭލުންތެރި ކަމެއް ނުހުންނާތީ. ދައުލަތުގެ އެންމެންވެގެން ނަފުސާނީ ބައްޔަށް ފަރުވާދޭ ގޮތަށް މިކަމަށްވެސް ފަރުވާ ކުރަންވީ. މިތިބީ ބުރާންތިވެފައި.
އިއްޕި
23 October 2025
ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމަތު ޝަފީޤު އުޅެނީ ސަރުކާރަށް ސަނާ ކިޔުމުގަ! އޭނާއަށް ކުއްޖެއްގެ ހައްޤު ހޯދައިދެވޭނީ، އެ އޮފީހުގައި ޑިރެކްޓަރުން ހިންގާ ،،، ޢަމަލުތައް އަދި މުވައްޒަފުންގެ ނަފުސާނީވުން ހުއްޓުވިގެންތާ!
އައްބެ
23 October 2025
މިފަދަ ބައްއްކަންކަން ނުރުހޭ ޓީޗަރުގެ ކެރިއަރ ދުއްވާލަަން ފުރޭމްކުރުމުގެ ކަންކަންވެސް ހިގާފައި އެބަހުރި. ތުހުމަތުވާ ހިސާބުން ޓީޗިން ދާއިރާއިން އޭނާ ބޭރުވީ. ކޯަޓުން ސާބިތު ނުވިޔަސް ދެން އޭނާއަކަށް ވަޒީފާއެއް ނުލިބޭނެ ގޯސް ޓީޗަރުންނާއި ގޯސް ބެލެނިވެރިންނާއި ދަރިވަރުން އުޅޭކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީގަތެއް.
ޖަގޭ
23 October 2025
މިފަދަ ފުރުސަތުތަކަކީ ސީދާ ބެލެނިވެރިންގެ އިހުމާލް އޭގެ އިންތިހާ ދަރަޖައަށް ދެވިގެންދެވޭ ފުރުސަތުތައް ކަންވެ ނިމުނުއިރު އެދަރިފުޅު ކޮބައިތޯ؟؟؟
raajje
22 October 2025
ތިފަދަކަންކަން ހިނގުމަށްމަގުފަހިވަނީ ވަރަށްބައިވަރު ސަބަބުތައް ނުވަތަ ސިގުނަލްތައް ލިބުމަށްފަހު އޭގެބައެއްކަންކަމަކީ ޓީޗަރާމެދުބަހައްޓަންޖެހޭ ޑިސްޓެންސް ބަހައްޓަންނޭންގުން، ޓީޗަރުގެވިސްނުންހުރިގޮތް ރީޑުކުރަންނޭންގުން (ޓީޗަރުއުޅޭގޮތުން ވާހަކަދަށްކާގޮތުން) ބެލެނިވެރިން މާބޮޑަށް ޓީޗަރުންނަށް އިތުބާރުކުރުން، ޓިއުޝަންދޭއިރު މާބޮޑަށްއެކަހެރިވާން ފުރުސަތުލިބޭގޮތަށް ރޭވިފާވުން، މިފަދަބައިވަރުކަންކަން މިހެންހުރުމަށްފަހު އަސްލުހާދިސާތިހިނގަނީ
ވަގުލީ
23 October 2025
އެއްވެސް ސިގުނަލެއް ބޭނުންވާ ކަމެއްނޫން ތީ. ސިގުނަލު ތީ ދައްކާ ބަހަނާއެއް
ދެރަކަމެއް
23 October 2025
އެ ކުއްޖާ އަކީ 13 އަހަރުގެ ކުއްޖެއް. 46 އަހަރުގެ ފިރިހެނެއްގެ ސިގުނަލާ ޑިގުނަލާ އެކުއްޖާއަށް އެނގޭނީ ކިހިނެއްތަ އަޅެ.
ފުށްގުޅަ
23 October 2025
އާނ ސިގުނަލް ނަގަން އެކުއްޖާ އެއީ ދިރާގު ޓަވަރެއް ވިއްޔަ.. ދަރިވަރުންނަށް ޓީޗަރުންނަށް އިތުބާރު ކުރެވެންވާނެ.. އެކުއްޖާ ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ ނެގުން އެއީ ޓީޗަރުގެ ކުށް.. 46 އަހަރުގެ ބޮޑު ސިންގާ މީހަކު ކުރި ނުބައި ކަމަކަށް 13 އަހަރުގެ ދުނިޔެ ރަނގަޅަށް ނޭނގޭ ކުޑަކުއްޖަކު ކުށްވެރިކުރާނެ ކަމެއްނެތް!
ގެރިކިރު
22 October 2025
ކޮން މާއްދާއެއް ކިޔަވާދޭ ޓީޗަރެއް؟ މާއްދާގެ ނަންނެތީމަ އަހާލީ..ނޯ އޮފެންސް
އަބްޑޫޅް +
23 October 2025
"ނޯ އޮފެންސް" ގެ މާނަ އަކީ ކޮބައިތް؟ ރަދީފަކުން ނުފެނުނު.
ވަލޯމަސް
23 October 2025
ކެމިސްޓްރީ ކިޔަވާދޭ ޓީޗަރެއް
ހަމަޖެހޭމިހާ
23 October 2025
އަބްޑޫޅް ކަލޭ މިހާރު އިގިރޭސި ބަހުގެ މާނަވެސް ހޯދަނީ ދިވެހި ބަހުގެ ރަދީފުން ދޯ..
ރަދީފްއޮފިޝަލް /
22 October 2025
ވަރަށް ދެރަވަރު ލަދުވެތި އަމަލެއް.
ކޮރަލް
22 October 2025
މިކަހަލަ ކަން ކަމުގަ ޝައްކު ކުރެވޭ ބިދޭސީންވެސް އުޅެ އެވެ. ބިދޭސީންގެ އެޕާޓްމަންޓް އަށް ޓިއުޝަން ނަގަން ދާ ކުދީން އުޅެ އެވެ.