ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި މުޒާހަރާއެއްގައި ބަޔަކު އަޑުއުފުލަނީ.-- ފައިލް ފޮޓޯ: މިހާރު
29 ޑިސެމްބަރ 2025 - 14:31
އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރަކަށް ގިނަ ދައުވާތަކެއް ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ 13 އަހަރުގެ އަންހެން ކުއްޖަކު ދިރިއުޅޭ ކޮޓަރިއަށް ވަދެ، އެ ތަނުގައި ގިނަ ވަގުތު ހޭދަކޮށް ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މ. ސަދަންބީޗު، ނަބީލު އަބްދުﷲގެ މައްޗަށް މި މަހުގެ 18 ގައި ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ.
އެއީ؛
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުން
- އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުން
- ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
- ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުން
- ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން
ދަރިވަރުގެ ގެޔަށް ގޮސް ޖިންސީ ގޯނާކުރި ދިވެހި ޓީޗަރަކު ހުޅުމާލެއިން ހައްޔަރުކޮށްފި https://t.co/Lz4RLbs8RS
— Mihaaru (@Mihaarunews) October 22, 2025
އެނގިފައިވާ ގޮތުގައި ނަބީލް، 46، އަކީ އަމީނިއްޔާ ސްކޫލުގެ ޓީޗަރެކެވެ. ހުޅުމާލޭގައި ހުންނަ އެ ދަރިވަރުގެ ގެއަށް މިދިޔަ އޮކްޓޯބަރު 21 ގައި އޭނާ ދިޔައީ ޓިއުޝަން ދިނުމަށެވެ.
ނަމަވެސް، އެ ކޮޓަރީގައި އޮއްވާ އަންހެން ކުއްޖާގެ މަންމަ ދޮރު ހުޅުވުމުން، އޭނާ ފިލަން ވަނީ ފާހަނާއަށެވެ. އަދި ފާހަނާގެ ދޮރު ހުޅުވުމުން އޭނާ ދުވެ، ފިލީ އެވެ.
ފުލުހުންނަށް އެ މައްސަަލަ ރިޕޯޓްކުރީ އެ ކުއްޖާގެ އާއިލާއިންނެވެ. އެއާއެކު، ހަމަ އެ ރޭ މަގުމަތިން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކީކޭދެން ބުނާނީ؟
30 December 2025
ނަމަވެސް، އެ ކޮޓަރީގައި އޮއްވާ އަންހެން ކުއްޖާގެ މަންމަ ދޮރު ހުޅުވުމުން، އޭނާ ފިލަން ވަނީ ފާހަނާއަށެވެ. އަދި ފާހަނާގެ ދޮރު ހުޅުވުމުން އޭނާ ދުވެ، ފިލީ އެވެ. ހިންދީ ފިލްމަކާއި ވައްތަރީ؟ ދެރަކަންކަން، ދަރިންނަށް އެންމެ ކުޑައިރުއްސުރެ، މީހުންނާއި ކައިރިވާން ވާނެ މިންވަރާއި، މީހުން ކައިރިކުރަންވާނެ ވަރާއި، ޕާރސަނަލް ޒޯން ކިޔަވައިދީގެން ނޫނީ މިކަންކަން ރަނގަޅުނުވާނެ!
ޑރ ވާންޗޯ
29 December 2025
ކީއްކުރާނީ ބައެއްމީހުން އުމުރުން ދުވަސްވާވަރަކަށް ވަހުސާނީކަމުގެ ޖޯސް ކެކިގެން ކޯދުލާ އަރަނީވިއްޔަ.
ގުދުގުދާއްޔާ
29 December 2025
ވާހަކައިގެ ސީންއަށް ބަލާލާއިރު ތިޔައީ ގުޅިގެން ކޮއްފައިވާ ކަމެއް ކަމަށް ދައްކަނީ!