ޚަބަރު / ބްލެކްމެއިލް

އަލަމްގީރުގެ ވީޑިއޯތަކުން ބްލެކްމެއިލްކޮށް ފައިސާ ހޯދި ކަމަށް ތުހުމަތުކުރި މީހުން ދޫކޮށްލައިފި

އަލަމްގީރް މައްސަލައިގައި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން.-- ފޮޓޯ: ޕޮލިސް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑީއޯތައް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލްކޮށް ފައިސާ ހޯދި ކަމަށް ބުނާ މީހުން ދޫކޮށްލައި މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.

މާލޭގައި އަލަމްގީރު ދިރިއުޅުނު ކޮޓަރީގައި އޭނާ ވަނީ ގިނަ ބަޔަކާ އެކު ހުޅުން ހިންގައި އެ މަންޒަރު ސިއްރުން ރެކޯޑުކޮށްފަ އެވެ. މި ވީޑިއޯތައް އެހެން ބައެއްގެ އަތަށް އަރައި، އޭގައި ހިމެނޭ ބައެއް މީހުން ބްލެކްމެއިލްކޮށްގެން ފައިސާ ހޯދި ކަމުގެ ތުހުމަތުކުރެ އެވެ.

ބްލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ބައެއް ވީޑިއޯތައް އާއްމުކުރި މައްސަލައިގައި ތުހުމަތުކޮށް ފުލުހުން ވަނަވަރު އާންމު ކުރީ ތިން މީހެއްގެ އެވެ.

- ހަމްދޫން އަބްދުﷲ، 37 (ބ. ދަރަވަންދޫ، އަކިރި)

- މުހައްމަދު މިހާދު މުސްތަފާ، 24 (ބ. ދަރަވަންދޫ، ހީމަ)

- މައުމޫން މޫސާ، 41 (ށ. ފުނަދޫ، ސީސްޓާ)

ފުލުހުން ބުނީ އެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާ ކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ ބުރަދަން ހުރި ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށެވެ.

އެހެންވެ، މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާ ދީފައިވާތީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައި މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންނަމަވެސް، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތްކަން ފުލުހުން ފާހަގަކުރި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހުން ގެތެރެއިން ބ. ދަރަވަންދޫ، ހަމްދޫން އަބްދުﷲ އަކީ، ބްލެކްމެއިލް ކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އަލަމްގީރާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ މީހުންގެ ތެރެއިން ބްލެކްމެއިލްގެ ޝިކާރައަކަށްވި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ ވީޑިއޯ ލީކުކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ބަޔަކު އޭނާ އަތުން ގިނަ އަދަދެއްގެ ޑޮލަރު ހޯދަން އުޅުނު ކަަމަށް ބުނެފައިވެ އެވެ.

ގިނަ އަދަދެއްގެ ފިރިހެނުންނާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި އަލަމްގީރްގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާތަކާއި އޮރިޔާންކާޑު އުފެއްދުމުގެ ދައުވާތައް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ތިން އަހަރާއި ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

އަލަމްގީރާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި އެވެ.

13 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރީގެ ރައީސް މ ނަޝީދުގެ ކޮއްކޯ ފުޅު!

05 January 2023

ނޫސް ތަކުން މިވާހަކަ ދުވާލު ދެފަހަރު ބޮޑު ހެޑްލައިން ގަ ޖަހަން ޖެހޭނެ. ނުސީދާކޮއް ރނ އޮޔާދުއްވާލެވޭނެ! އަދި މޑޕ ވެސް ބުރައިގެންދާނެ. ގިރި ޔޭ ބުނާއިރައް ރައްޔިތުންނައް އެއީ މޑޕ އޭ ހީވާވަރައް ނޫސް ތަކުގަ ލިޔެލަން ޖެހޭނެ. އަދި ކޮންމެ ހަބަރެއް ފަށަން ޖެހޭނީ ކުރީގެ ރައިސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު…

The name is already taken The name is available. Register?

ހަޗަސްޕަޗަސް

04 January 2023

މައްސަލަ ނިމުނީ. ފައިލްކުރަނީ. ދެން އަހަރެން ބާވަރު ފާއިޝާ އެކިގާ ރަށަށް ދަނީ. ޓާޓާ

The name is already taken The name is available. Register?

ގާރޫނު ކަތީބް

04 January 2023

ފައިވާން ގެނެސްގެން ވިޔަފާރި ފެށީ. ދެދުވަސް ތެރޭގަ މުޅި މަޖީދީ މަގުގަ ފައިވާން ވިޔަފާރި. މިހާރު އަނެއް ވިޔަފާރި ހުޅުވުނީ! ގާނޫނު ތަކޭކިޔާފަ ގާރޫނު މިގައުމުގަ މިއޮތީ! އިސާހިތަކު ހުރިހާ ފްލެޓް ތަކުގަ ގިރި ވިޔަފާރިޔާ ބްލެކް މެއިލް ވިޔަފާރި އާންމުވާނެ!

The name is already taken The name is available. Register?

މަޖާ

04 January 2023

ކޮބާ ކޯޓުތައް؟ ޖޭއެސްސީއޭކިޔާ ގުނަވަން، ވާވެފައިތަ އޮތީ؟ ބްލެކްމެއިލް ކުރިމީހަކަށްވެސް އަދި އެއްޖިންސުން ގުޅުންހިންގި މީހަކަށްވެސް އަދަބެއް ދެވޭނެފަދައެއް އެއްވެސް ލޮލަކަށް ނުފެނުނީތާ؟ އެކަމަކު މީ އިސްލާމީ ސަރިޔަތް ހިންގާ ގައުމެކޯ؟ އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ﷲ ނަހީކުރައްވައިފައިވާ ކުށެއް ކުރިމީހަކަށް ވީކަމެއް ހަރާން. މީ އެއްޖިންސުން ގުޅުންހިންގަން ލިބުނު އިތުރު ބާރުވެރިކަމެއް؟ ދެން ކީކޭބުނާނީ

The name is already taken The name is available. Register?

މަބުނީ

04 January 2023

ހަހަ ތީ މާމޮޅު ގޮތެއް، ރޭވިގެން ހިންގާ ޖަރީމާ،

The name is already taken The name is available. Register?

އަހްމަދ

04 January 2023

ހެޔޮނުވާނެ، ތިޔަ ގިރިއެއްގެ މުޑުދާރު ވާހަކަ 2023 ގަ ނުދައްކަބަލަ.

The name is already taken The name is available. Register?

އެމްސް

04 January 2023

އެފަދަ ގިތައް ގިރި ދިވެހިން ތެރޭގަ މާކުރީއްސުރެވެސް ނޫޅޭތޯ؟

The name is already taken The name is available. Register?

އެމްސް

04 January 2023

އަލަމްގީރުވެސް ދޫކޮށް، ރާއްޖެ ނާދެވޭގޮތަަށް ޑީޕޯޓްކޮށްލަންވީ! ރަޢިއްޔަތުންގެ ޓެކްސް ފައިސާއިން ކާންދީ، ބޯންދީ، ބޭސް ކުރަން ޖަލުގަ ބެހެއްޓުމަށްވުރެ ބަޖެޓަށްވެސް ލުއިވާނީ އޭރުން!

The name is already taken The name is available. Register?

ޙިނި

04 January 2023

މިއީ ކުއްކުރަން ހުޅުވާދޭ ދޮރެއް. ދެންފަށާނީ ފައިސާއައް މީހުން ރަހީނުކޮއް ކިޑްނޭޕް ކުރަން

The name is already taken The name is available. Register?

ކުޗީ

04 January 2023

މީހުން ބެލެކްމެއިލް ކުރުމުަކީ މިހާރު ކުށެއް ނޫންތަ.

The name is already taken The name is available. Register?

އެމްސް

04 January 2023

މަގުމަތީ ދުއްވަން އޮންނަނީ ވައަތް ފަޅިން، އެކަމަކު ކަނައަތް ފަޅިން ނޫނީ ނުދުއްވާ؛ އޯވަރޓޭކް ކުރަން ޖެހެނީ ކަނައަތް ފަޅިން، އެކަމަކު ވައަތް ފަޅިން ނޫނީ ނުކުރޭ! އެހެންކަމުން ކުށްވެރިން ނޫން ބަޔަކު މިޤައުމަކު ނޫޅޭ!

The name is already taken The name is available. Register?

ގެދާނޯމޮސް

04 January 2023

އަސްތާ ! ނަޝީދުގެ ކެމްޕެއިނާ ދިމާކޮށް ތިންވޯޓު ވެސްލިބޭގޮތް ވީއެވެ.

The name is already taken The name is available. Register?

އެމްސް

04 January 2023

200 އެތައް މީހުންގެ ޢަމަލެއްގަ، ނާޒީމް ސައްތާރު ހިމެނޭ ގޮތަަށް އެންމެ ދެތިން މީހުން ގެންގޮސްގެން ހިންގުނު ޗަރުކޭހަކީ ނަޝީދު ޑިފޭމް ކުރުމުގެ ފެށުމެއް ނޫންބާ؟ ވީޑިއޯ ޢާއްމުވި ކާނަލް މެން އަބަދުވެސް އެ އުޅުނީ މަގުމަތީގަ/މިނިވަންކޮށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454