މާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ" އިގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޖެނުއަރީ 2023 - 17:03
މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާތަކަކީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ބަލަން ބޭރުގެ ފަޔާ ފޮރެންސިކް އެކްސްޕާޓުންތަކެއް ރާއްޖެ އަށް ގެނެސް ތަހުގީގު ފަށައިފި އެވެ.
މާލޭގެ ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި އެ ތަނުގައި ހުރި ލޭބާކުއާޓާތައް އަނދައި ގިނަ އަދަދެއްގެ ބިދޭސީން މަގުމަތިވި އިރު މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ތެރޭގައި އެފަދަ ބޮޑެތި އަލިފާނުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، މި ފަހުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް އެހީތެރިވުމަށް ބޭރުން ގެނައީ އަލިފާނުގެ ހާދިސާތަކާ ގުޅޭ ފޮރެންސިކް އެކްސްޕާޓުންތަކެެއް ކަމަށެވެ. އަލިފާނުގެ ހާދިސާތައް އެއްވެސް ބަޔަކާ ގުޅުމެއް އޮތްތޯ ބަލަން އެ މީހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ އެއް ހާދިސާ ހިނގާފައި ވަނީ ގުޅީފަޅުގައި ހުންނަ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ސައިޓެއްގަ އެވެ. އެ ހާދިސާގައި، 457 މުވައްޒަފުން އުޅުނު އެ ސައިޓުގައި ރޯވެ ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެ، އެކަކު މަރުވި އެވެ.
ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި ނިރުފެހިގޭގައި މިދިޔަ ނޮވެމްބަރު ނުވަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވެ އެވެ. އެ މީހުންނަކީ ވެސް އެތަނުގައި އުޅެމުން ދިޔަ ބިދޭސީންނެވެ.
އޭގެ ކުރިން ޑިސެމްބަރު 29 ވަނަ ދުވަހު އައްޑޫ ހުޅުދޫގައި ވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެއީ އެ ރަށު ބަނދަރު ސަރަހައްދާއި ވަލުތެރޭގަ އެވެ. ބޭނުން ނުކޮށް ބަހައްޓާފައި ހުރި، މަގު ހަދަން ބޭނުން ކުރާ ތާރު ފީފާތަކެއްގައި ވެސް ރޯވި އެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމުގެ ތުހުމަތު އެ ރަށުގެ ކައުންސިލަރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
ގދ. ފިޔޯރީ ސްކޫލުގައި ވެސް އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާގައި ސްކޫލުގެ ބާ އިމާރާތެއް އެއްކޮށް އަނދާފައިވެ އެވެ. އެއީ ތިން ކްލާސްރޫމަކާއި ސެން ކްލާހެއް ހުންނަ އިމާރާތެކެވެ.
މިދިޔަ ހޮނިހިރު ދުވަހު އަލިފުށީގައި އެ ރަށު ކުނި ގޮނޑުގައި ހުރި ފައިބަރު ކުނިތަކެއްގައި ރޯވެ ކުނިގޮނޑުގައި ވެސް ބޮޑު އަލިފާންގަނޑެއް ރޯވި އެވެ. އެ ހާދިސާ ހިނގީ ފައިބަރު ކުނިތައް ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރަން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައި ވަނިކޮށެވެ.
އޭގެ އިތުރުން، މި މަހުގެ ތިން ވަނަ ދުވަހު ހުޅުމާލޭ އެޗްޑީސީ ސައިޓު ކައިރީގައި ޕާކްކޮށްފައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލާފައިވެ އެވެ. އެ ހާދިސާގައި އެ ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވި އިރު ފުލުހުން ބުނީ އެ މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
11 January 2023
މި ޔާމީނަށް ނޫނީ ޕީޕީއެމަށް ކިރިޔާ ކަަމެއް ވާއިރަށް ވަރަށް އަލީފާނޯތް ކިޔާފަ އަލިފާނާ ވަރަށް ދޯޅުވާނެ! ދެން ނޭނގެ މި ވާ އެއްޗެއް ބުނާކަށް!
ފޮރެން ސިކްވަޙީދު
11 January 2023
ކަން ހިނގާގޮތަށް ބަލާއިރު ގަސްތުގައި އެކަން ކުރަނީކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް އެކަން އެމްޑީޕީގެ ސްރުކާރަކުން ތިހާ ސީރިއަސްކޮށްނެގީމަ މަކޮސްވެއްޖެއެވެ. 08 ފެބްރުވަރީ 2012 ގައި ހުޅުޖެހީ ގަސްތުގައިތޯ ބަލަން ބޭރުގެ ފޮރިންސިކް ޓީމެއް ގެނައިނަމަ ކިހާ ރަނގަޅުވީސް ނޫންތޯއެވެ؟ އެފަހަރުގެ ގެއްލުން އެތައް މިލިއަނަކަށް އެރި ނޫންތޯއެވެ؟ އަހަރެމެންގެ ތަރައްޤީގެ އެތައް ކަމަކަށް ހޭދަކުރާނެ ފައިސާ ނޫންތޯ ވެރިކަމުގެ އެދުމުގައި އަންދާލީ!!!!!!!!!
އަބްޑޫޅް
10 January 2023
އިންޑިޔާ މީހުންގެ އަތެއް އެބަ އޮތް. އިންޑިޔާ، އިންޑިޔާ، އިންޑިޔާ.
ބިހުރޯޒް
10 January 2023
ދިވެހި ފުލުހުންނާ ސިފައިން ރަންވަނަތަކާއެކު ބޭރުން މަތީފާސް މިގެންނަނީ ފައިސާ ދީފައި ފާސް ގަނެގެން ނޫންކަމަށްވާނަމަ، މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ބޭރުން ބަޔަކު ގެންނަންޖެހޭތަ؟
ޔޫސުއްބެ
10 January 2023
މިފަހަކަށް އައިސް އިންޑިއާ މީހުން މަސައްކަތު އަންނަލޭގިނަ. މިއީވެސް ރޭވުމެއް. އަދި މިފަހުން ހިނގި ހުރިހާ އަލިފާނެއްހިނގި ތަންތާނގަ އިންޑިއާ މީހުން ގިނައީ މިބައިގަނޑު ގިނަވިފަހުން އަލިފާން ގިނަވީ, އެމް ދީދީ މިކަން ތަހުގީގު ކޮށްބަލަ އަނެކަށްޗޭ ނުކިޔަ. މިތާ ބަންގާޅުން މީހުން އައިސް އުޅޭތާ އެތަށް އަހަރެއް އަލިފާނެއް ރޮލެއްނުވޭ...
އިޙްސާސް.
10 January 2023
ރާއްޖޭގެ މިލިޓަރީ އަދި ފުލުހުންގެވެސް އެވަރު ޕަވަރ ނޫނީ އެކްސްޕާޓީސް ނެތީ؟ ބޭރަށް ފައިސާކޮޅު ކަހާލާނެ ގޮތެއް ނޭންގިގެންދޯ ތިއުޅެނީ..
ކޮމެންޓޭ1
09 January 2023
ޢަނެއްކާ ކިހާވަރެއްގެ މިލިޓަރީ ފައުޖެއް ތިކަމަށް ބޭނުންވަނީ.
ހުވޭ
09 January 2023
ބޭރުމީހުންއުޅޭތަންތާ ރޯވަނީ އެމީހުން މިތަނުން ޓައުންއެއް ހޯދަން ޖަހާ ސްޓަންޓަކަށްވެދާނެ. ހުރިހާ ބޭރުމީހުންނަށް ބިމެއް ހާއްސަކޮށް އެކޮމޮޑޭޝަން ބްލޮކުތަކެއް ހެދީމަ ދުވަސްކޮޅަކުން އެމީހުންގެ ޓައުން އަކަށްވީ.
2023 ގެ
09 January 2023
. ޢެކަމު ދިވެހިން އެޤައުމުތަކަށް ފޮނުވައިގެން މި ކިޔަވަދެނީ، މަތީ ފާސް ހިފައިގެން އަންނަނީ ވެސް. ފާސްއޮތީމަ ބޮޑު މުސާރަޔާ އިނާޔަތްތައް ދީފަ ޤައުމަށް ހިދުމަތް ކުރަން މި ބައިތިއްބަނީ. ޢެކަމު ކަމެއް ވެއްޖެޔާ އަބަދު ވެސް ރާއްޖެއިން ބޭރުން ބަޔަކު ގެނެސްގެން ނޫނީ އެެއްވެސް ކަމެއް ވާކަމަކަށް ނުވޭ. ??♂️
އެންބަސީ
09 January 2023
ތިކަމަށް ގެނައީ އިންޑިއާގެ ޓީމެއް. އެމީހުން އައީ 08.01.2023 ވަނަ ދުވަހު. އަސްލު ގެނައީ ތިލަފުށީގައި ތިބި ބްރިޖް އަޅާ ޓީމު ތިބިތަނުގައި ރޯވި މައްސަލަ ތަހުގީގު ކުރަން.
ހަމަޖެހޭވާހަކައެއް
10 January 2023
ކޮންމެ ކަމަކަށްވެސް ބޭރު ބައެކޭ ބުނެފަ ގައުމުގެ ނަން ނުބުނެވުނީމަ މިހާރު އެނގޭނެ އެވާނީ އަބަދުވެސް އިންޑިއާ ބަޔަކަށްކަން.