އެންސިސްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން އެމްއެންޑީއެފް ފަޔާމަނުން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
10 ޖުލައި 2025 - 23:54
ހުޅުމާލޭގެ އެންސިސް ގުދަނުގައި މިރޭ ރޯވި އަލިފާންގަނޑު ފަސް ގަޑިއިރު ވިއިރު ވެސް ނިއްވާނުލެވި، ހުޅުމާލެއަށް ދުންތައް ފެތުރިއްޖެ އެވެ.
ހުޅުމާލެ 1 ގައި ހުންނަ އެ ގުދަނުގައި އަލިފާން ރޯވެގެން ސިފައިންނަށް ރިޕޯޓުކުރީ 6:50 ހާއިރެވެ. އެ ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، ފަސް ގަޑިއިރު ވެގެން ދިޔައިރު ވެސް އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވާނުލެވެ އެވެ.
މީގެ ގަޑިއިރެއް ކުރިން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޯވެފައިވާ އަލިފާންގަނޑުގެ 55 ޕަސެންޓް ނިއްވާލެވިފައިވާ ކަމަށެވެ. އެކަމަކު، ފަހުން އިތުރު ތަފްސީލެއް ނުލިބެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "މިހާރު"އަށް ބުނީ އެއާޕޯޓުގެ ފަޔަ ލޮރީ ގެންގޮސްގެން ވެސް އަލިފާންގަނޑު ނިއްވަން މަސައްކަތްކުރާ ކަމަށެވެ.
"ބޭރަކަށް ނުފެނޭ އަލިފާންގަނޑެއް. އެކަމަކު، ސިފްކޯ ފްލެޓު މަތިން ބަލާލީމަ އެބަ ފެނޭ އަލިފާންގަނޑު. ތަންކޮޅެއް އެތެރޭގައި ރޯވެފައި ހުރީމަ ކަމަށް ގަބޫލު ކުރެވެނީ ނިއްވާލަން އުނދަގޫވެގެން އުޅެނީ." އޭނާ ބުންޏެވެ.
ކޮންކްރީޓުން ހަދާފައިވާ އެ ގުދަން ހުންނަނީ އެންސިސް ފެކްޓްރީ ހިންގި ތަނުގެ މަތީގަ އެވެ.
އަލިފާންގަނޑު އެއްކޮށް ނިއްވާނުލެވި ގިނަވަގުތު ވުމާއި ވައިގަދަވުމުން ހުޅުމާލޭގެ ބޮޑު ހިސާބަކަށް ވަނީ ދުންގަނޑު ފެތުރިފަ އެވެ. އެހެންވެ، އެކަމަށް ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުލީސް
12 July 2025
5 ގަޑިއިރުވަންދެން ސިފައިން އަތް އުރާލައިގެން ތިބީތަ ބަލަހައްޓައިގެން. މީހަކު ކޮސްވެދާނެ.
ޥސލމ
11 July 2025
އެއްކަމެއް ނުވިޔަސް ފުލެޓު އަޅާފަ މީހުން ގެންދެވޭތޯ ބަލާ ތިތަނަށް. 10 އަހަރު 15 އަހަރު ވާއިރު ރަށުން ގޯއްޗެއް ދޫނުކުރެ. ކިހާ ބޮޑު ބލ އެއް.
ވަޙަކަ
11 July 2025
ޓިޔަކީ މިބުނާ ވާހަކަ. ޢިމާރާތަކަށް ބޭނުންވާ އަލިފާން ނިއްވާ ނިޒާމުތައް ފަރުމާ ކުރެވޭ މިހާރު ކޮންމެ މީހަކަށްވެސް. ޢަދި ދިފެންސުން އެފާސްކުރޭ އެބަ އެދާއިރާގެ މީހެެއްގެ ސޮއެ ނެތަކަސް. ޢެހެންކަމުން ޑިފެންސުގެ ހުއްދަ ލިބިފަ ހުރަެ ވަރަށް ފެންވަރުދަށްކޮށް ފަޔަ ޕްރިވެނޝަން ހުންނަ ތަންތަނަށްވެސް. ކަން ރަނގަޅަށް ކިޔަވަގެން ތިބި މީހުންއެބަޖެހޭ ށާމިލްކުރަން އެއީ ސިފައިންގޭގަ މަސައްކަތް ކުރި މީހެއްނޫނަސް.
ކަމެކޭ
11 July 2025
ކޮބާ އިންޝުއަރެންސް ލިބޭވަރު ވިތަ؟
ލަކުނު
11 July 2025
ތިނޫން ވަރެއް ވި ދުވަހެއް ބުނެބަލަ