21 ފެބުރުއަރީ 2021: ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއެކު އިރުއޮއްސޭ ގަޑިއަށް ބްރިޖު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ތައްޔާރުވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
09 ޖެނުއަރީ 2023 - 21:21
ޖައްވު ނުސާފުވުމުގެ ސަބަބުން އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ދުރު ފެންނަ މިންވަރު ކުޑަވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
"ހޭޒް" ނުވަތަ ވައި ނުސާފުވުމުގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާއިރު އޭގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ.
މިރޭ މެޓުން ބުނީ، ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނަސް، ވޭތުވެރިޔާ 24 ގަޑިއިރު، ހާއްސަކޮށް މެދުތެރޭ ސަރަހައްދަށް އެ މިންވަރު ހުރީ އެވަރެޖުކޮށް ހަތަރު ކިލޯމީޓަރުގައި ކަމަށެވެ. އެކަން ދިމާވަނީ އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ކަމަށް ވެސް ބުންޏެވެ.
ދުރު ފެންނަ މިންވަރަށް އަސަރު ކުރާ ކަންކަމުގެ ތެރޭގައި ވަައިޖެހޭ މިސްރާބާއި ބާރުމިނާއި ވިއްސާރަވުން މުހިންމު ދައުރެއް އަދާ ކުރާކަން ވެސް މެޓުން ފާހަގަކުރި އެވެ. ވިއްސާރަވުމުން ވައި ސާފުވެ އެވެ.
މެޓް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، އިރުވައި މޫސުން ފެށޭ ހިސާބު ޑިސެމްބަރު މަހުން ފެށިގެން މާޗު މަހާ ހަމައަށް ވައި ނުސާފުވާކަން ފާހަގަކުރެވެ އެވެ. އެކަން ދިމާވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ ދުވަސްވަރު، ހިމާލަޔަން ސަރަހައްދުން ދިމާއި ހިރަފުސް ވަޔާއެކު ރާއްޖެއާ ހިސާބަށް ފޯރާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
Observatories in north and central have been reporting low visibility over the past few days.
— Maldives Meteorology (@MetMaldives) January 9, 2023
Follow the thread for precautionary measures by @HPA_MV pic.twitter.com/zBPdjEscks
ވައި ނުސާފުވާ ދުވަސްވަރު އަމަލު ކުރާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗްޕީއޭއިން މީގެ ކުރިން ވަނީ ކިޔައިދީފަ އެވެ. އެއީ:
- ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަ ނުކުރުން
- ކުޑަކުދިންނާއި މާބަނޑު މީހުންނާއި ދޮށީ އުމުރުގެ މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުން
- ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި މާސްކު އެޅުން
- ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުރުން މަޑުޖައްސާލުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމީހ
10 January 2023
އިންޑިއާގެ ކާރުހާނާތަކޭ ބުނަން ނުކެރިގެން މިއުޅެނީ ކީއްވެހޭ!!
ތެފައާސާ.
11 January 2023
ރާއްޖެ ވަށައިގެން ހުރި ހުރިހާ ގައުމުތަކުގެ ތެރެއިން ކާރުޚާނާ ހުރީ އިންޑިއާގައި އެކަނިދޯ؟ ސަހާދަތްމިބުނީ.....
އައްބެ
09 January 2023
ތިމާވެށީގެ އައްޕަ އަންނި ނޫޅެންތަ މިކަން ހައްލުކުރަން ބޮޑުބެ މޮޑީއަށް ގުޅައިގެން އިންޑިޔާ މީހުން ކާރުޚާނާތަކުގެ މަސައްކަތް އިރުވާ މޫސުމުގައި ބަަންދުކުރަން އަންގަން.
ދގދސެފ×
09 January 2023
ކާރުހާނާތަކުން އަރާ ދުމޭ؟ މިގައުމަށްވުރެ ކާރުހާނާ ގިނަ ގައުމެއް ނޯންނާނެ.
ތެފައާސާ.
10 January 2023
ކާރުޚާނާތަކުން އަރާ ދުމަކީ ގައުމުތަކުގެ ބޯޑަރުތަކުގެ އެތެރޭގައި ހިފެހެއްޓިފައި ހުންނަ އެއްޗެއްކަމަށް ދެކޭމީހުންވެސް އުޅޭ ދޯ؟
މުހައްމަދުބެ
10 January 2023
ދިވެހިރާއްޖެއަކީވެސް ދުނިޔޭގެ ޞަތަހައިިގައި އޮތް ތަނެއް. ދުނިޔެއަށް ޖެހޭ އޮޔާއި ވައި ނުޖެހިއެއް ނުދާނެ.
ގައުމުގެ ހާލަތު 1
10 January 2023
މި ގައުމުގަ ކާރުހާނާ ނެތަސް ތިކަހަލަ ތަންދޮރު ނުބަލާ އަނގަތަޅާ ކޮހުން ވަަރަށް ގިނަ... މިކަމުގެ ސަބަބުން ގައުމުގެ ދުރު އެއްގޮތަކަށްވެސް ނުފެނޭ މިހާރު... ވާނުވާ ބަލާލައިގެން އުޅޭނަމަ އުނު އޮރިޔާން ނިވާ ވާނެ ކޮޔާ...