ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ: ކުރިއަށް އޮތް ހަފްތާ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓުން ބުނޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 ޖޫން 2025 - 14:40
މި ފެށޭ ހަފުތާއަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ހަފުތާއެއް ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓުން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ހުރިހާ ސަރަހައްދަކަށް ވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ.
އެ ދުވަސްތަކުގައި ވައި ގަދަވެ، ކަނޑު ގަދަވެ، ވަރަށް ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.
އެދުވަސްތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ. އެހެންވެ، މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެ އެވެ.
މިދިޔަ މަހު ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޖޖހހހ
07 June 2025
ކުރިން ބުނި އެތި ކެންސަލްވީ؟
ޖަގަޑާ
07 June 2025
މެޓަށް ކުރާ އިތުބާރު ގެއްލިއްޖެ، މާބޮޑަށް ދިމާނުވަނީ. އެހެންވީމަ ދެން މެޓް ބޭނުންކުރާނީ ފައިފޮހެން
ކެސް ބައި ވާރޭފެން
07 June 2025
މިފަހަރު މެޓް އޮފީސް ގޮވައިގެން ކޯޓަށް ދާނަން ވާރޭނުވެހިއްޖެއްޔާ! ހާދަ ގިނަ ފްލޭނެއް ކެންސަލްކޮށްފީމޭ މިމީހުން ކިޔާއެއްޗަކުން.