ހުޅުމާލޭގައި ހެދި ކޮވިޑް ފެސިލިޓީ: ހާލުގައި ޖެހުނު 200 ބިދޭސީ މުވައްޒަފުން ބަދަލުކުރީ މި ތަނަށް.---ފައިލް ފޮޓޯ: މިހާރު
10 ޖެނުއަރީ 2023 - 00:34
ނީލަން ފިހާރައިގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުންގެ ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީ ހަމަޖައްސައިފި އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ، ކޮވިޑްގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ކުރިން ބޭނުންކުރި ކޮވިޑް ވިލެޖު ނުވަތަ ކޮވިޑް ފެސިލިޓީއަކީ ހާލުގައި ޖެހުނު 200 އެއްހާ ބިދޭސީންގެ ވަގުތީ ހިޔަލެެއްގެ ގޮތުގައި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
"މިރޭ 10 ޖަހާކަންހާއިރު އެ ތަން ހަމަޖެހުނުކަން އަޅުގަނޑުމެންނަށް އެންގީ. މިހާރު ޑިޒާސްޓާ ސެންޓަރުން ގޮދަޑިތަކާ އެއްޗެހި ލިބިއްޖެ. ދެން ސެޓަޕް ހަދާފައި އަޅުގަނޑުމެންގެ މުވައްޒަފުން އެ ތަނަށް ވައްދަންވީ. ގަޑިއެއްހާއިރުގެ ތެރޭގައި އެކަން ވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ކޮވިޑް ފެސިލިޓީއަކީ ވަރަށް ފެންވަރު ރަނގަޅުކޮށް ސަރުކާރުން ހަދާފައިވާ ތަނެކެވެ. އެޗްޑީސީން ބުނީ، ފާހާނާކޮށް، ފެން ވެރޭނެ އިންތިޒާމުތައް ވެސް އެ ތަނުގައި ހަމަޖެހިފައިވާނެ ކަމަށެވެ.
މޭޔަރު ވިދާޅުވިގޮތުގައި، ހާލުގައި ޖެހުނު ބިދޭސީން ވައްދާނެ ވަގުތީ ތަނެއް ހޯދަން ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާ ގުޅިގެން އޭނާ ސީދާ މަސައްކަތް ކުރެއްވި އެވެ. އަދި ބައެއް ތަންތަނަށް ވަޑައިގެން ވެސް ބެއްލެވި ކަމަށް ޑރ. މުއިއްޒު ވިދާލުވި އެވެ.
"އަޅުގަނޑުމެން ހެނދުނުއްސުރެ މި އަންނަނީ އެ މުވައްޒަފުންގެ ކަންކަން ވަރަށް ކައިރިން ބަލަމުން. ހަމަ އެ މީހުންނާއެކު އިމާދުއްދީން ސްކޫލުގައި އަޅުގަނޑާއި އެހެން ކައުންސިލަރުން މި ތިބީ. އެ މީހުންގެ ސަޔާއި ކެއުމުގެ ކަންކަން ވެސް އެކި ފަރާތްތަކާ ގުޅައިގެން އަޅުގަނޑުމެން ހަމަޖެއްސިން،" މޭޔަރު ވިދާޅުވި އެވެ.
"އަލިފާން ރޯވިކަން އެނގުމުން އެންމެ ފުރަތަމަ އެ ތަނަށް ދިޔަ އެކަކަށް ވާނީ އަޅުގަނޑު. އޭރުއްސުރެ އެ ސަރަހައްދުގައި ގިނަ ވަގުތު މިއަދު މި ދިޔައީ."
ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔަލެއް ލިބެންދެން ބޭތިއްބީ އިމާދުއްދީން ސްކޫލުގަ އެވެ.
ހާލުގައި ޖެހުނު ބިދޭސީން ރޭ އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި: އެ މީހުން ވަގުތީ ގޮތުން ބަދަލުކުރީ ހުޅުމާލޭގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ އަށް.
މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ އަށް 200 އެއްހާ މުވައްޒަފުން ބަދަލުކުރުމުން އެ މީހުން އެމްޓީސީސީގެ ބަހުގައި ހިލޭ ދެ ދުވަސް ވަންދެން މާލެ ގެނެސްދޭން މިހާރު އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އޭގެ ފަހުން އެ މީހުން މާލެ ގެންނާނީ ސިޓީ ކައުންސިލްގެ ވެހިކަލެއްގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ އެ މީހުން ހުޅުމާލޭގައި ބައިތިއްބައިގެން މަސައްކަތްތައް ރާވަން. އެހެންވެ، ދާއިމީ ތަނެއް ވަރަށް އަވަހަށް ހަމަޖައްސާނަން. އެންމެ ލަަސްވެގެން ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ތަނެއް އެ މުވައްޒަފުންނަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށި ކަހަލަ ބިމަކުން ތަނެއް ހަމަޖައްސަން މަސައްކަތް ކުރާނަން."
ވަންނާނެ ތަނެއް ނެތި ގޮތް ހުސްވި ބިދޭސީން މަސައްކަތަށް ނެރޭނީ އެއް ދުވަސް އަރާމު ކުރުމަށް ދިނުމަށް ފަހު ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަޅުގަނޑުމެން ހެނދުނުއްސުރެ މި އަންނަނީ އެ މުވައްޒަފުންގެ ކަންކަން ވަރަށް ކައިރިން ބަލަމުން. ހަމަ އެ މީހުންނާއެކު އިމާދުއްދީން ސްކޫލުގައި އަޅުގަނޑާއި އެހެން ކައުންސިލަރުން މި ތިބީ. އެ މީހުންގެ ސަޔާއި ކެއުމުގެ ކަންކަން ވެސް އެކި ފަރާތްތަކާ ގުޅައިގެން އަޅުގަނޑުމެން ހަމަޖެއްސިން،" -- މޭޔަރު
ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީޑިއާގައި ވިދާޅުވި ނަމަވެސް މޭޔަރު ވިދާޅުވީ، އެ ފަދަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެޗްޑީސީން ފަރުކޮޅުފުށި ބަލާފައި ބުނީ އެއީ މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫނޭ މިހާރު. އަޅުގަނޑަކަށް ނޭނގޭ ފަރުކޮޅުފުށި ހަމަޖެހުނު ވާހަކަ އައި ގޮތެއް. ޔަގީނުން ވެސް އަޅުގަނޑުމެން ފަރުކޮޅުފުއްޓަކަށް އެ މުވައްޒަފުން ބަދަލެއް ނުކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިއުވާން ފަހުން މީޑިއާގައި ވިދާޅުވީ، ވަގުތީ ހިޔަލެއްގެ ގޮތުގައި ފަރުކޮޅުފުށި ސަރުކާރުން ހަމަޖެއްސި ފަހުން އެޗްޑީސީން ނިންމީ ކޮވިޑް ފެސިލިޓީ އަށް ބިދޭސީން ބަދަލުކުރަން ކަމަށެވެ.
ނީލަން ފިހާރައިގައި ރޯވެ، ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ދެން ހުރީ އިންޑިއާގެ އެންމެ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީހާން ނަސީރު
10 January 2023
މަށަށް ހަމަ ލޮލުން ފެނުނު އިއްޔެއް މުއިޒް ކުރި މަސައްކަތް. އަދި ރަމީޒްވެސް ވަރަށް އުޅުނު. ޝުކުރިއްޔާ
ޝިއާއު
10 January 2023
ހިންގުންތެރި ހިންގާލާ މީހަކަށް މިވަގުތު ފެންނަން ހުރި ހަމައެކަނި މީހަކީ މުއިއްޒް. ސަރުކާރުގަ ވެސް މިވަރުގެ މީހެއް ނެތް
ފާރިޝް ފަހްމީ
10 January 2023
މުއިއްޒު ވަރެއް ނެތް ހަމަ. މުވައްޒަފުންނަށް ތިކޮށްދިން ކަންކަން ޔަގީން އެމީހުން ހަދާން ހުންނާނެކަން.
ގިޔާސް
10 January 2023
ހާދަ ހިންގުންތެރި ބޭފުޅެކޭ މުއިއްޒު މިއީ. އިއްޔެ ހެދުނުއްސުރެ އެތާގަ.ސާބަހޭ
ސިދާތު
10 January 2023
މޭޔަރ މުއިއްޒުއަށް މުވައްޒައްފަުންނަށް ތި ބެހެއްޓެވި ގާތްކަން އިއްޔެއް ފެނުނު.
ނަރީސް
10 January 2023
ތިތަނުގައި ހުރި މެޑިކަލް ސާމާނު ތަށް ނެގުަށް ފަހު ނޫނީ ތިޔަތަން ދެވިގެން ނުވާނެ އެވެ. އެހެން ނޫން ކަމަށް ވަނީ ނަމަ އެ ސާމާނުތަށް ހަލާކުވެގެން ހިނގައިދާނެއެވެ.
އ
10 January 2023
ހެހެހެ ލޭބަރކުއާޓާއެއްގަ ތަ ރޯވީ... ބަލަ ކަލޭމެންގެ ގޮތެއް ފޮތެއް ނެތެއްނުން. ނީލަން ފިހާރައޭ ކިޔާފައި އެ އޮއް ބޮޑުބިން ތިބޭނުން ކުރީ އެކޮމަޑޭޝަނައްދޯ.... ގެސްޓް ހައުސްތަ? 250 މީހުން ހާލުގަ ޖެހުނީމަ ކަޑައޭ ތީތި...
ނޯ333
10 January 2023
ކޮވިޑޭކިޔާ މީހުން މަޖުބަުރުން ގެންގޮސް ލީ ޖަލެއް
އަމާތަ
10 January 2023
ސިޓީ ކައުންސިލްގަ ސަލާމަތް ނުވާވަރަށް ބަންގާޅިން އޮނާނެ.. ހިދުމަތް ހޯދަން ދާއިރު މިވެރިން ކައުންޓަރުގަވެސް,
އެމްސް
10 January 2023
މިއީ ބޮންދު ސިޓީ! އެންމެ ބަންގާޅިއެއް ހުރެގެން ހިންގާ ފިހާރަތަކާއި ކެފޭތައްވެސް ބައިވަރު! ފަހާ/ބޯކޮށާ/ގަރާޖް/ވޯކްޝޮޕްތައްވެސް އެއީ މިއަދު ބޮންދުންގެ ވިޔަފާރިތަކެއް! ހެންވޭރުދަނޑުގަ މިވަގުތުވެސް ކުރިއަަށް އެދަނީ ބޮންދު ފެއާއެއް!
ޙިނި
10 January 2023
ދިވެހި މަސައްކައް ތެރިންނައް ހަމައުޖޫރަނުދޭން މިގެންގުޅެނީ 200 ބިދޭސީން. މަޖުލީހައް ލާފަތިބޭ މީހުން މީގެން ކަމެއް ބަލާލަނީކީނޫން. މިކަހަލަ ސަރުކާރުގެ ފީކަޅާ ސިޔާސަތުގެ ސަބަބުން ދިވެހި މަސައްކަތްތެރިން ނިކަމެތިވެ ނިމިދިޔައީ. ލަންކާ ކުންފުނިތަކުން ފުލިޓައްލާފަ ބިޑުޕުރޮޕޯސަލްދީފަ މީހުން އެބަފޮނުވާ ސަރުކާރު ބިޑުތަކައް، ދިވެހިސަރުކާރައް ޓެކުސް ނުދައްކާ ލަންކާ ކުންފުނިތަކުން މިބިޑުތައް ކާމިޔާ އެބަކުރޭ. މިފާޑައް ގައުމުހިންގައިގެން ދިވެހިން އިންދަޖެހޭނީ
އެމްސް
10 January 2023
މަޖިލިސް ވަރަށް އަވަދިނެތި، ރަށްރަށުގަ/ކެމްޕޭންގަ! މުސާރަ ޙަލާލު ވާނެބާ؟