އޭޑީކޭގައި ހުޅުވި ޗެމްބަރު މަސައްކަތްކުރާ ގޮތް، އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ކިޔައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖެނުއަރީ 2023 - 20:32
ޑީކޯ ވާ މީހުންނަށް ފަރުވާ ދޭ ޗެމްބަރުގެ ހިދުމަތް، އޭޑީކޭ ހޮސްޕިޓަލުން މިއަދު ދޭން ފަށައިފި އެވެ. މިއީ، ރާއްޖޭގައި ހޮސްޕިޓަލެއްގައި އެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓްގެ ހިދުމަތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.
އެ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، އޭޑީކޭގައި ބެހެއްޓި ޑީކޯ ޗެމްބަރާއި ރިސޯޓުތަކުގެ ޗެމްބަރުތައް ތަފާތު ވާނެ ކަމަށެވެ. ރިސޯޓުގައި އާއްމުކޮށް ހުންނަ ޗެމްބަރުތަކުން އެއްފަހަރާ ހަތަރު މީހުންނަށް ފަރުވާ ދިނަސް، އޭޑީކޭގައި މެޝިނަކުން އެއް ފަހަރާ ފަރުވާ ދޭނީ އެންމެ މީހަކަށެވެ.
ޑީކޯ ވާ މީހުންނަށް ފަރުވާ ދޭން ދެ މެޝިނެއް އޭޑީކޭ ހޮަސްޕިޓަލުގައި މިހާރު އެބަހުއްޓެވެ.
އޭޑީކޭގައި ހުޅުވި ޗެމްބަރު ޔުނިޓު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިޔާފް ވިދާޅުވީ ރިސޯޓުތަކުން އަވަހަށް ފަރުވާ ދިނުމަށް ތަފާތު ދަތިތައް ދިމާވާ ކަމަށެވެ. ނަމަވެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށުމުން ރަނގަޅު އިންތިޒާމެއްގައި އަދި މީހުންގެ އިތުބާރާއެކު ފަރުވާ ދެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ޑީކޯ ޗެމްބަރުގައި ގިނައިން ފަރުވާ ދެނީ ފީނަން ގޮސް އުޅޭ ވަގުތު ބައެއް ފަހަރު އަވަހަށް މައްޗަށް އަރަން އުޅޭ ވަގުތު ޑީކޯ ވެގެންނެވެ. ނަމަވެސް އެ ކަންކަމުގެ އިތުރުން ވެސް ޗެމްބަރުގައި ފަރުވާ ދޭނެ އެވެ.
ޑޮކްޓަރު ވިދާޅުވި ގޮތުގައި ފަސޭހަ ނުވެ، ގިނަ ދުވަސްވެފައި ހުންނަ ފާރުތަކާއި ފިހިފައި ހުންނަ ތަންތަން ފަސޭހަކުރުމަށް ވެސް ޑީކޯ ޗެމްބަރުތައް ބޭނުންކުރާނެ ކަމަށެވެ.
އޭޑީކޭގައި ޗެމްބަރު ޔުނިޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިގޮތުގައި، ރާއްޖެ މަޝްހޫރު ވެފައި ވަނީ ޑައިވް ކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް ވާއިރު، ޑީކޯ ޗެމްބަރަކީ ޑައިވް އިންޑަސްޓްރީ އަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ހާއްސަކޮށް ޓޫރިޒަމްގެ ޑިމާންޑް ބޮޑުވަމުން އަންނައިރު، ވެރިކަން ކުރާ ސަރަހައްދުގައި ޗެމްބަރެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު ކަމެއް ވެގެން ޓޫރިސްޓަކު ގެންދަން ބަލާއިރު ޗެމްބަރު މަސައްކަތް ނުކުރާ ހާލަތު އަތުވެދާނެ. އެކަމަކު ހޮސްޕިޓަލަކާ އެޓޭޗު ވެގެން ނުހުންނަ ތަނެއް ވިއްޔާ އެ ތަން މެނޭޖުކުރަން ވަރަށް ބޮޑު ކޮސްޓެއް އެބަދޭ. އެހެންވީމާ، މި ކަހަލަ ހޮސްޕިޓަލަކާއެކު އެޓޭޗު ވެގެން ހުރީމަ ފުރިހަމަ ހިދުމަތެއް ލިބޭނެ،" މައުސޫމް ވިދާޅުވި އެވެ.
ޗެމްބަރު މަސައްކަތްކުރާ ގޮތް، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފު ދައްކައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކަހަލަ ހިދުމަތްތަކުގެ ނަތީޖާއަކީ ރައްކާތެރި ޓޫރިޒަމް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެއްބާރުލުން ލިބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޑީކޯ ޗެމްބަރު ބޭނުންކުރުމަށް އޭޑީކޭ އިން ވަނީ ތިން ޑޮކްޓަރުންނަށް ސިންގަޕޫރުން ތަމްރީނުދީ، އެ ތަނުގައި މަސައްކަތް ކޮށްފަ އެވެ. ނަރުހުންނާއި ފަންނީ މީހުން ވެސް އެ ބޭނުމަށް ތަމްރީނުކޮށްފައިވެ އެވެ.
ހަތަރު ރިސޯޓެއްގައި މި ވަގުތު ޑީކޮމްޕްރެޝަން ޗެމްބަރު އެބަހުއްޓެވެ. ނަމަވެސް ބައެއް ހާލަތުތަކުގައި ޗެމްބަރުތައް ހަލާކުވެ، ބައެއް ފަހަރު ބޮޑު ތަކުލީފެއް އުފުލަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާނުބެ
11 January 2023
އެ ކަހަލަ ހިދުމަތްތަކުގެ ނަތީޖާއަކީ ރައްކާތެރި ޓޫރިޒަމް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެއްބާރުލުން ލިބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރަން ތިރީސް އަހަރު ފަހަނަ އަޅާ ދިޔައި އަދި އޭގެ ފަހުންވެސް މިހާރު ކިތަންމެ އަހަރެއް ފާއިތުވެ ދިޔައި ، ޓުއަރިޒަން ކުރިއަރުވަން މިލިއަނުން ބިލިއަނުން މީހުން ގެންނަން އުޅޭއިރު މީގައުމުގެ ހާލަތު . ދެން އެއްޗެއް ނުތުމައްވުރެ ރަގަޅު .
ކަނޑުފީނާ
11 January 2023
ރަނގަޅު ޚިދުމަތެއް. އޭޑީކޭ އިން ޑައިވްއިންޝުއަރެންސް ޕެކޭޖު ތައާރަފުކުރަންވީ ދެން.ތިއެއްޗަަށް ދުވަހަކުވެސް ނުވަދޭތޯ ދުއާކުރުން އޮތީ. ވައްދައިފިނަމަ އަތްމަތި ހުސްކޮސްލާނެ ވަކިލާރިކޮޅަށްދާންދެން. އޮފޮކޮޒް އިންޝުއަރެއެންސް ނެތްނަމަ.
ފެންސު
10 January 2023
އަމިއްލަ ތަންތަން ފަތުއަޑުކިޔާފަ އާ ހިދުމަތްތައް ތައާރަފުކުރަނީ. ގައުމީ ހޮސްޕިޓަލު ދަނީ އިންޑިޔާއިން ގެންދަންބޭނުންވާ ދުވެލީގައި. ޔާމީނު ހުރިނަމަ އައި.ޖީ. އެމް.އެޗް އެތައްތަނެއް ކުރީގައުޅޭނެކަމަށް ފެންނަނީ. ދެން މިތާއުޅޭ “ލެއްގި ގޮލާ” ޔާމީނު ކޮރަޕްޝަނޭ ކިޔާނީއެއް ނޫން. މިސަރުކާރުކާރު ޖައްސާވަރުގެ ކޮރަޕްޝަން ޔާމީނަކަށްވެސް ނުޖެއްސޭނެ. އަދީބުއެއީ އޭގެ ހެކި.
ސަ އީދު.
10 January 2023
ރާ އްޖެ ތެރޭ ހޮސްޕިޓަލް ތަކުގަ އިވެސް ޑީކޯ ޗެންބަރ އާ އި، މޯޗަރީ ހުރުން ވަރަށް މުހިއްމު. އެއ އީ ކާރި ރިސޯޓުތަކުން ކަމެ އް ދިމާވި އަސް މިޖެހެނީ މާލެ ދާން ، ވީމާ މީ ވަރަށް މުހި އްމު އަދި އެހާމެ ބޭނުންތެރި ކަމެ އއް.
ރަބަތު
11 January 2023
ސައީދު އެބަހުރި ސްޕޭސް ދޭން ދަސްކޮށްފަ