ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް؛ އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަަފާސްހިސާބަށް ބަލާއިރު ލޮލުރޯގާ އެންމެ ގިނަ ތިން އަތޮޅު ތެރޭގައި ހދ އަތޮޅު ހިމެނޭ.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
11 ޖެނުއަރީ 2023 - 11:09
ލޮލު ރޯގާގެ އެންމެ ގިނަ ކޭސްތައް ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ. ރ. އަދި ލ. އަތޮޅުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން އެހެން ބުނީ، ލޮލުރޯގާ ޖެހިގެން މި ދުވަސްވަރު ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވެފައި އެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިދިޔަ އަހަރު ލޮލުރޯގާގެ 12،555 ކޭސްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
އެ ބަލި ފެތުރޭ ވަރު އިތުރުވާން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ހަފުތާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެހެންވެ، ބަލީގެ އަލާމަތްތައް ދުރާލައި ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަން އެޗްޕީއޭ އިން ހަނދާންކޮށްދެ އެވެ.
ލޮލު ރޯގާއަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެ ބަލި ޖެހުމުން ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ، ރަތްވެ، ޖަރާސީމު އުފެދެ އެވެ. ލޮލު ރޯގާ ޖެހުމުން ލޯ ރަތްވެ، ލޮލުން ފެން އައިސް، މަޑުލަ އެވެ. ލޯ ދުޅަވެ، ބައެއް ފަހަރު ލޮލުގެ ފެނުން ވެސް ނުސާފުވެ އެވެ.
- ގިނައިން ސައިބޯނިލައިގެން އަތް ދޮވުން. - އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފު ކުރުން. - ލޮލުގައި އަތްލުން ނުވަތަ އުނގުޅުމުން ދުރުހެލިވުން. - ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
11 January 2023
މޫނަށް ލޮލަށް އަތްކޮށްޕޭތީ އެހާ މި ގިނަވަނީ
ނަސީމު.
11 January 2023
ކ.އަތޮޅު މާލޭގައި އެއްވެސް ވަރަކަށް ލޮލުރޯގާ ނެތީތޯ؟ އަތޮޅު ތަކުން ނޭ ތިކަިޔަނީ ކ.އަތޮޅު ނުހިމަނާތޯ.
ތިހުރީ ލޮލުރޯގާ ޖެހިފަތަ؟
11 January 2023
ހީވާގޮތުން ނަސީމަށް ވެސް ތިހުރީ ލޮލުރޯގާ ޖެހިފަ އެވެ. އެހެންނޫންނަމަހީ ލިޔުމުގެ ފުރަތަމަ ފޮޅުވަތުން ވެސް "މާލެ" މިނަން ފެނުނީހެވެ. ލިޔުމުގައި "މާލެ" ފިޔަވައި އެހެން އެއްވެސް ރަށެއްގެ ނަމެއް ނޫސްވެރިޔާ ބުނެފައެއް ވެސް ނެތެވެ. މުޅިންވެސް ހުރީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް ދެވިފައިވާ ނަންތައް ލިޔެފައެވެ. ޒާތީ ވިޔަސް ތިއީ ފުކެއް ބޮޑުވަރެވެ!