ޚަބަރު / މީހުން މެރުން

ހުސޭނުބޭގެ އެއް ގާތިލު، ޑޮކްޓަރު ލަފާގެ މަތިން ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފި

ހުސޭނުބޭ: އޭނާގެ މަރާ ގުޅިގެން ތިން މީހަކު ޖަލަށްލި

ހއ. ހޯރަފުށީގައި ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި ހިމެނޭ އެކަކު، ޑޮކްޓަރު ލަފާގެ މަތިން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށްޓަކައި ރަހީނު ކޮށްފައި ހުއްޓާ ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ.

އެ މައްސަލާގައި ހއ. ހޯރަފުށީ ޅޮހީގެ މުހައްމަދު ލަތީފާއި އެ ރަށު ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެ ތިން މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ.

އޭގެ ތެރެއިން ޑޮކްޓަރުގެ ލަފާގެ މަތިން ގޭބަންދަށް ބަދަލުކުރީ ނުއުމާނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާގެ ގެ އަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ވަގުތީ ގޮތުން ކަމަށެވެ.

"އެ މުއްދަތު ހަމަވުމުން އޭނާގެ ހާލަތު ރިއާޔަތް ކުރުމަށް ފަހު ގޮތެއް ނިންމާނެ،" ޔުސްރީން ވިދާޅުވި އެވެ.

އެކަކު ގޭބަންދަށް ބަދަލުކޮށްފައި ވާއިރު ހުސޭނުބެ އަށް ބޮޑުބޭބެ ކިޔާ ލަތީފްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު އަދަބެއް ދަށު ކޯޓުން އިއްވީ ގޯސްކޮށް ކަމަށް ވެސް 2021 ވަނަ އަހަރު ހައި ކޯޓުން ވަނީ ނިންމައިފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ލަތީފްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް، އެކަމަކު އޭނާގެ އުމުރަށް ޖަލަށް ލާން ކަނޑައަޅާފައިވާ އަދަބު ބާތިލް ކުރުމާއެކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުޑަކޮށްފަ އެވެ.

9 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 20%
icon angry icon angry 30%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

LaamuonlineDOTcom

18 January 2023

ބޮޑެތިކުށްތައް ސާބިތުވެގެން ޖަލުހުކުމް ތަންފީޒުކުރަމުންދާމީހުން ގެޔަށް ބަދަލުކުރަން ޑޮކުޓަރުންނަށް ލަފާދެވޭނެ ގާނޫނީ ހަމައެއް މާއްދާއެއް އެބައޮތްތޯ؟ "ހަމަ އެންމެ ޑޮކުޓަރެއްގެ ބަހަށް" ގެޔަށް ނުވަތަ ރާއްޖޭންބޭރަށް ބޭސްފަރުވާގެނަމުގައި ކުއްވެރިން ފޮނުވާފޮނުވުމަކީ މުޅި ސިސްޓަމް ގަޑުބަޑުވާކަމެއް، ޑޮކުޓަރުންގެ ލަފާބިނާވަނީ ލިބޭރިޝްވަތަށް ކަންވަރަށްސާފު، ފައިސާހުންނަ މީހުނަށް ޑޮކުޓަރުންގެ ލަފާލިބޭލަތް ގިނަކަން މިއީ މިދެންނެވި ވާހަކައިގެ ހެއްކެއް

The name is already taken The name is available. Register?

ހަސަނު

17 January 2023

ކުށްވެރިން ތބެންޖެހޭނީ ޖަލުގަ.. ޖަލުގާ ތިބޭ މީހުންވެސް އާނމު އުސޫލުން ބަލި ވެސް ވާނެ މަރުވެސް ވާނެ.. ބަލި ވުމަކި ކުށުން ބަރީއަވެ ގެއަށް ދިރިއުޅުން ބަދަލު ކުރާން ޖެހޭ ސަބަބެއް ނޫން...

The name is already taken The name is available. Register?

ފުށިންހުވަރަ

17 January 2023

ހުވަރަފުއްޓަކީ ކުށް ގިނަ ރަށެއް ރައީސް މައުމޫނުގެ ހަށިކޮޅަށް ވަޅިން ޙަމަލާދީ ޙުސައިނުބޭ މަރާލުންފަދަ ބޮދެތި ޖަރީމާތަކެއް ހިންގާފަވާތަނެއް

The name is already taken The name is available. Register?

ސ‫ަދޫމް ޖަސްޓިސް

17 January 2023

އ‫ަހުނަށް އެނގޭ ދެން މިހާރު މީހަކު މަރާލުމަކީ ހިންޏެއް މަރާލުން ވަރުގެ ކަމެއްކަން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

17 January 2023

ބުޅަލެއް ، ވާލެއް ، ވެލައެއް ، މިޔަރެއް ، ވެނެއް ، މަޑިއެއް ، މަދިރިއެއް ، މެއްސެއް ނުވަތަ ބޯވައެއް މަރާލަބަލަ.އެކިއެކި ޖަމިއްޔާތަކުން ބަޔާން ނެރޭނެ.

The name is already taken The name is available. Register?

އެމްސް

17 January 2023

މުޅި ޤައުމުގަ ވައްކަމާއި، މަރާމާރީއާއި، ބިދޭސީން!

The name is already taken The name is available. Register?

ހޯރަފުށީ ފަންކާ

17 January 2023

ހއ. ހޯރަފުށީ ޅޮހީގެ މުހައްމަދު ލަތީފް ވެސް ހުރީ ގޭގައި އެކަމެއް ނޭނގެތަ މިހާރު ނޫސްއަކަށް، އެކަންވެސް ޔަގީން ކޮށްލާފަ ރިޕޯޓެއް ޖަހާލައްޗޭ!!! މި ގައުމުގަ އޮތީ ބޭންއިންސާފް، އެހެން މީހެއްގެ ހައްގަކަށް އަރައިގަނެގެން މުޖުތަމައުން އެކަހެރިކޮށް ޖަލަށްލާ މީހަކު ކިތައްމެ ބަލިވިޔަސް އެމީހާ ގެންގުޅެން ޖެހޭނީ ޖަލުގަ، އެހެންވެ ޖަލު ތަކުގައި ފަރުވާ ދެވޭނެ ނިޒާމްތައް ގާއިމްކޮށްފަ ހުންނަނީ. މިހާރު ނޫހުން ޝޭހު އިމްރާންއަށް ގުޅާލާފަ މިކަންކަން ވެރިފައިކޮށްލައްޗޭ

The name is already taken The name is available. Register?

މަގިދޫ

17 January 2023

މިއީ ވައިއެމބުރި އުޅޭ މޫސުމް ކަމަށް ވާތީ ތިޒާތުގެ ގޭމް ފެންނާނެ

The name is already taken The name is available. Register?

ހައިދަރު

16 January 2023

ހުސޭނުބެ އަށް ބޮޑުބޭބެ ކިއާ ލަތީފް މިހާރު މިނިވަންކޮށްފަ ހުރި ވާހަކަ ހިމަނާލަން ބިރުގަތީ ތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454