ޚަބަރު / ސިވިލް ސާވަންޓުންގެ މުސާރަ

ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް މިނިސްޓްރީ

އައިޖީއެމްއެޗް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު، ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ފަންނީ ދާއިރާގައި ތިބި އެންމެންގެ މުސާރަ ބޮޑުވާނެ ކަމަށެވެ.

ނަމަވެސް، އެކަމުގެ ތަފްސީލުތައް ހާމަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ސަރުކާރުން ނިންމާފައި ވާތީ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވަނީ 500 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.

ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކުރަން ނިންމިއިރު، މިދިޔަ މެއި މަހުން ފެށިގެން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ.

މުސާރައިގެ އާ އޮނިގަނޑާ އެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ، ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބެ އެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭރު ވަނީ ދެން އެންމެ އަވަހަށް ބޮޑު ވާނީ ސިއްހީ ދާއިރާގެ މުސާރަ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

42 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 12%
icon angry icon angry 29%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހށނ

19 January 2023

ދޭއެތިކޮޅު އަބުރާ ޓެކުހަށް. ގޯސްގޮތެއް ޏުން.

The name is already taken The name is available. Register?

އިބޫ1

19 January 2023

ސަރުކާރުގެ ހޮސްޕިޓަލުގައި ސްޕެޝަލިސްޓް ޑޮކްޓަރަކު ދުވާލަކު ބައްލަވަނީ ކިތައް ޕޭޝަންޓުންތޯ. ހަމަ އެ ޑޮކްޓަރު އަމިއްލަ ކްލިނިކުގަ އެހެންތޯ ބައްލަވަނީ؟ މިހާރުވެސް ލައްކަ އެއްހާ ރުފިޔާގެ މުސާރަ ލިބޭ ބައެއްގެ ވާހަކަ މި ދައްކަނީ.

The name is already taken The name is available. Register?

އަލފު

19 January 2023

ހޮސްޕިޓަލްތަކުގައި ކިއު ދިގުވެގެން އުޅެނީ މުސާރަ ކުޑަވެގެންނެއް ނޫން. އަހަރެމެންގެ ފައިސާއިން ކިޔަވައިދިނީމާ އުޅެނީ ކުލިނިކުގައި ބޮޑު ފައިސާ ހޯދަން.

The name is already taken The name is available. Register?

ޖަމީލުބޭ

19 January 2023

އެކުދިން ތި އާދޭސް ކުރާތާ އެތަށް އަހަރެއް. ކޮންމެ ފަހަރު ވޯޓު ކައިރިވީމާ ސިއްހީ ދާއިރާ.

The name is already taken The name is available. Register?

ޓިނު

18 January 2023

ތި ދެ ދާއިރާގެ މީހުން ވޯޓްލީމާ ވެރިކަންވެސް ލިބޭނެ؟

The name is already taken The name is available. Register?

އިބޫދ

18 January 2023

ޖީއެސްޓީ ބޮޑު ކުރުމަކީ މުސާރައިން ބައެއް ކެނޑުން. އެއާއެކު ބޮޑު ކުރަނީ މިހާރުވެސް ބޮޑު މީހުންނަށް. ކުޑަ މީހުން ތިބީ ވާނުވާގަ.

The name is already taken The name is available. Register?

ޚހގ0ުުިގުގ

18 January 2023

އެހެން ހުރިހާ ދާއިރާއެއްގެ ސިވިލް ސަރވަންޓުން ގުޅިގެން ރިޔާސީ އިންތިޚާބުގައި ތިޔަ ކޮންސެޕްޓްގެ ނާކާމިޔާބުކަން މި ސަރުކާރަށް ވިސްނޭވަރު ކޮށްލަދޭނަން. އެ ޢާއިލާ ތައް ގުޅިގެން ޔަގީން 85 ހާސް ވޯޓުގެ ވާހަކަ މި ދައްކަނީ

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

18 January 2023

ސިއްޚީ ދާއިރާގެ އޮނިގަނޑައް އަންނަ ބަދަލަކުން ވަޒީފާ ގެއްލޭނެހެން ހީވަނީ! މިކަން މުޢުތަބަރު ފަރާތަކުން ޚަބަރު ލިބިފައި ވަނީ! މިކަން ސަރުކާރުގެ ދާއިރާއަކުން ރަގަޅު ޚަބަރެއް ދީބަލަ ކޮންމެވެސް ސަރުކާރުގެ މީހަކު! އެއީ ތެދެއްތަ؟ މިހުރީ ވަރަށް ހާސްވެފަ!

The name is already taken The name is available. Register?

ގެދޮރު ނެތް މާލޭމީހާ

18 January 2023

ސުރުޚީގަ މި އޮތީ ސިއްހީ ދާއިރާގެ އެންމެން. ތަފްޞީލުގައި މި އޮންނަނީ ސިއްހީ ފަންނީ ދާއިރާ. ދެން ވަރަށް ސަލާމް.

The name is already taken The name is available. Register?

ވާނުވާ.

17 January 2023

ކޮބައިތޯ ޔުނިވަރސިޓީގައި ކިޔަވައިދޭ މީހުން؟

The name is already taken The name is available. Register?

ބަރުތީ

17 January 2023

ޓީޗަރުންގެ މުސާރަ ތިކިޔާއިރު އެޓެންޑެންސް އެލަވަންސާއި ހުރިހާ އެއްޗެއް ލައިގެން ތިކިޔަނީ. ޕްރިންސިޕަލުންނަށްވެސް މުސާރައިން ޖެއްސި ބައި އެކޮމޮޑޭޝަނުން ކަނޑާލާފައޮތީ. ހަމައެކައްޗެއް ހަދަނީ. ދެން އަނެއްކާ ސިއްހީ ދާއިރާގެ މުސާރަބޮޑުވުމުން ތަކެތީގެ އަގު އުފުލުނީމަ ނިމުނީ.

The name is already taken The name is available. Register?

އެޓަންޑަންޓު

17 January 2023

ބަލަ، ކިޔަވާދޭންދާ ދުވަސްތަކަށް އެލަވަންސެއް ލިބެންޏާ އަދި ރަނގަޅީނު. ލައްކަ ކަންނެތޭދޯ ބައެއް މީހުން. ބޭނުންވަނީ ކިޔަވާދޭން ނުދިޔަޔަސް މުސާރަ ލިބުންތަ؟ އެވީ ކޯންޗަކަށް؟

The name is already taken The name is available. Register?

އެމްސް

17 January 2023

މުސާރަ ބޮޑުނުކޮށްވެސް މިރާއްޖޭގެ ލިވިންވޭޖަކީ ކޮބައިތޯ ބަލާ ހާމަކުރުން ވަރަށް މުހިއްމު! އެހެނީ މިޤައުމުގެ ވަޒީފާތަކުގަ އުޅެނީ ހަމައެކަނި ސިވިލް ސާވަޓުންނެއްވެސް ނޫން! ދުވަހެއްގެ މަސައްކަތަކީ 7 ގަޑި އިރު ކަމަށް ޤާނޫނުގަ އޮތަސް، އަމިއްލަ ތަންތާ 12 ގަޑި އިރުވަންދެންވެސް މަސައްކަތް ކުރުވާ! ފިހާރައެއްކަހަލަ ތަނެއްވިއްޔާ އެއީ ހެނދުނުން ފެށިގެން ގޮސް ރޭގަނޑު ނިދަންވަންދެން! ވަޒީފާ ފެށޭގަޑިއާއި ނިމޭގަޑި އާއި ދޭތެރެ 8 ގަޑި އިރަށްވުރެ އިތުރުނުވުން މުހިއްމު

The name is already taken The name is available. Register?

ަޙައްސާނު

18 January 2023

ޕްރިންސިޕަލަށް އެކޮމޮޑޭޝަން ލާރި ދޭން ޖެހެންޏާ ޓީޗަރުންނަށް ވެސް ލިބެންޖެހޭނެ. އަނެއްހެން މާ ތަފާތު ބައެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454