ޗައިނާގެ ޓޫރިސްޓުންތަކެއް މަތިންދާ ބޯޓުން ފައިބަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
22 ޖެނުއަރީ 2023 - 21:12
ޗައިނާ ޓޫރިސްޓުން ތިން އަހަރަށް ފަހު އަލުން ރާއްޖެއަށް އަންނަން ފެށިތާ ހަފްތާއެއް ނުވަނީސް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ހަތަރު ދުވަހުގެ ތެރޭ ޗައިނާއިން ވަނީ 2،354 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ލިސްޓުގެ ނުވަ ވަނަ އެވެ. މިއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 1.9 ޕަސެންޓެވެ.
ތިން އަހަރަށް ފަހު ރާއްޖެއަށް ޓޫރިސްޓުން އަންނަން ފެށީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. މިވަގުތު ބެއިޖިން ކެޕިޓަލްގެ އިތުރުން ހޮންގް ކޮންގް އެއާލައިނާއި ޗައިނާ އީސްޓާން އެއާލައިނުން ވެސް ރާއްޖެއަށް ޓޫރިސްޓުން ގެނައުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
Glad to see #China in the #TopTen of #Maldives tourist generating markets at #Rank9 with 1.9% of total market share.
— Abdulla Mausoom (@Mausoom_Maus) January 22, 2023
The race is on for the top positions at the Leader Board. pic.twitter.com/uerC87oB0L
ޓޫރިޒަމް މިނިސްޓަރު މައުސޫމުގެ ޓްވީޓު
ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މަންޒިލެވެ. އެ ގައުމުން 2019 ވަނަ އަހަރު 280،000 ޓޫރިސްޓުން އައެވެ. އެއީ ރާއްޖެ އަށް އެ އަހަރު އައި ޓޫރިސްޓުންގެ 17 ޕަސެންޓެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އަހަރު ޗައިނާ މާކެޓު ހުޅުވިއްޖެ ނަމަ، އަންދާޒާ ކުރާ ވަރަށް ވުރެ 10 ޕަސެންޓް އިތުރަށް ޓޫރިސްޓުން އަންނާނެ އެވެ.
ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނަ އިރު މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 16،900 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި 11،700 ޓޫރިސްޓުން އައިސްފައިވާ އިރު ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާއިން މިއަހަރުގެ މިހާތަނަށް 11،100 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 115،000 ޓޫރިސްޓުން އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަނހާ
23 January 2023
މިހާރު އިންޑިއާ މީހުން ނިތްކުރިން ދާހިތްލަން ފަށާފާނެ ތިކަމާވެސް. އިހަކަށް ދުވަހު ޗައިނާއަށްވުރެ އިންޑިއާގެ އާބާދީ ބޮޑުވެގެން އެކަމުގައި ޗައިނާ ފަހަތަށް އެ ޖައްސާލީ.
ގުދުގުދާބެއްޔާ
22 January 2023
ތީގެން މަހުޖަނުންނަށް ފައިދާ ވާނީ! އަހަރުމެން ރައްޔިތުންނަށް ކޮންފައިދާއެއް! މިއުޅެނީ ޑޮލަރެއް 17.80 ގަންނަން ޖެހިގެން! ޓޫރިސްޓުން އާދޭ! ލަދުހަޔާތެއް ހުރި ސަރުކާރެއްނޫން! 4 އަހަރު ނިމޭއިރުވެސް ޑޮލަރ އަގުބޮޑުކޮއް މިގަންނަންޖެހެނީ!
އަބްޑޫޅް
23 January 2023
ކީއްކުރަން ގަންނަ ޑޮލަރެއް؟ މިހާރު އެންމެ ބާރަށް ހިނގާ ފައިސާ އަކީ ¥ ރެންމިންބީ ޔުއާން.
ކޮރަލް
22 January 2023
ޗައިނާގަ ކޮވިޑް ފެތުރެމުން ދަނީ ވ ބާރަށެވެ. ވަގުތީ ފައިދާ އަކަށް މުޅި ގައުމު ނުރައްކަލައް ލުމުގެ ބޭނުމެއް ނެތެވެ. ޗައިނާ ޓޫރިސްޓުން ސްކްރީން ކުރާ ނަމަ ރަނގަޅެވެ.
އަހުމަދުބޭ
24 January 2023
ތިޔަބުނާ ކޮވިޑަކީ މިހާރު ގައުމުތަކުން އަޅައިލާ ކަމެއްނޫން، ކޮވިޑޭކިޔައިފަ އެންމެ ގިނަދުވަހު އެކަމުގައި އުޅުނީ ޗައިނާ އެވެރިންވެސް މިއީ ސަލާމަތެއް އޮތްކަމެއް ނޫންކަމަށް ގަބޫލްކޮށް ކޮވިޑުދޫކޮއްލައިފި، ކޮވިޑަކީ މާޒީ ދެން ދުނިޔެއަކަށް ކޮވިޑުގެ ވަބާގައި އުޅެވޭކަށް ނެތް ގައުމުތަށް ވަނީ އިނދަޖެހިފައި