މާލޭގެ މަގެއް ހެދުމުގެ މަސައްކަތުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ: މިހާރު
17 ޖެނުއަރީ 2017 - 10:34
ރެމިޓެންސް ޓެކްސް ނުދައްކަން، ބިދޭސީންގެ ފައިސާ އެހެން މީހަކު ލައްވައި ބޭރަށް ގެންދާ ނަމަ ޖޫރިމަނާ ކުރަން ނިންމައި، ރެމިޓެންސް ޓެކްސްއާ ބެހޭ ގަވާއިދަށް އިއްޔެ އިސްލާހު ގެނެސްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އިސްލާހުގައިވާ ގޮތުން، ބިދޭސީއެއްގެ ފަރާތުން އެހެން މީހަކު ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވައިދޭ ނަމަ، އެ ފައިސާ އިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތު މީހެއްގެ ޑިޕެންޑެންޓުންނާއި ދިވެހިން ވެސް ހިމެނޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން، ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފަކު އެހެން ގައުމެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ފޮނުވާ ނަމަ، އެ ފައިސާ އިން ވެސް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް، ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވުމަށް، ބިދޭސީއެއްގެ ފައިސާ ބޭރަށް ގެންދަން އެހީތެރިވާ ޑިޕެންޑެންޓުންނާއި ދިވެހިންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އެ ގޮތުން، ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރާ ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރާނެ އެވެ.
ރެމިޓެންސް ޓެކްސްއާ ބެހޭ ގަވާއިދަށް މީރާ އިން ވަނީ މި މަހުގެ ކުރީކޮޅު ވެސް އިސްލާހެއް ގެނެސްފަ އެވެ. އެ އިސްލާހުގެ ދަށުން، މީރާ އިން ވަނީ ބިދޭސީން ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓް މެދުވެރިކޮށް ރާއްޖޭން ބޭރުން ނަގުދު ފައިސާ ނަގާ ނަމަ، އޭގެން ރެމިޓެންސް ޓެކްސް ނަގަން ވެސް ނިންމައިފަ އެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން، ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން މިދިޔަ އޮކްޓޯބަރު މަހު ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރު ރެމިޓެންސް ޓެކްސްގެ ގޮތުގައި ޖުމްލަ 14.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިދޭސީ
17 January 2017
ދެންނޯންނާނެ ރާއްޖެންބޭއްރަށްދެވެންވެސް. އަމިއްލަ ވިޔަފާރީގައި ބިދޭސީން ގެންގުޅޭނަމަ ބުނާނެ ތި ޑޮލަރަކީ އެމީހުންނަށް ގެންދާއެއްޗެކޭ.
ޙަސަން
17 January 2017
ނުބައި މައުލޫމާތު ދީގެން ޖޫރިމަނާކޮށް ކުދިވިޔަފާރިތައްވަނީ ބަގުރޫޓް ކޮށްލާފައި. ދުވާލަކު އެއްފަހަރު ރޫލިންއެއްނެރޭ މީހުންގެ ވިޔަފާރި ޖޫރިމަނާ ކުރަން. ރައްޔިތު މީހާއަކަށް ނޭގޭ ޖޫރިމަނާ ވާކަމެއް. ނޭގިހުއްޓާ އަންނަނީ ސިޓިއެއް. އޭގައި މިއޮންންނީ އެއްލައްކަ ރުފިޔާ ޖޫރިމަނާވީކަމަށް. 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން
ހެޕެނިންގް
17 January 2017
ބިދޭސީންގެ ފައިސާ މީހަކު ގެންދާ ނަމަ ޖޫރީ މަނާ ކުރުން އޯކޭ. ދެން އިސްލާމީ މަރުކަޒު ކައިރީގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެތަނަށް ޖަމާވެ އަނެއް ކެލާގެ ޕޮއިންޓް އެތަނުގައި ހަދަމުން ދާއިރު އިމިގްރޭޝަން ކުރަނީ ކޮން ކަމެއްތޭ. ދެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގްރޫޕް ހަދައިގެން މާލެ ތެރޭގައި އަތް ގާޑިއާ ދަމާ އަދި އަތް ގާޑިޔަލުގައި ހޮޓާ ތަކަށް ކާޑު ބަސްތާ ތައް ސަޕްލައި ކުރަމުން ދާއިރު އެމެން ސަރުކާރަށް ނުދަައްްކާ އެއްވެސް ފީ އެއް އެގާޑިޔަލަކުން. އެކަމަކު ޕިކަޕްސް ތައް އަހަރީ ފީ އާއި ދެންވެސް ދައްކަން ޖެހޭ އެއްޗެއް ދައްކާ އިރު ކީއްވެގެންތޯ ގަވާއިދާ އި ޚިލާފަށް އުޅޭ ބޭރު މީހުންނަށް މިކަން މާލެ ތެރޭގެ މަގުމަތީގައި ވަރަށް އޯޕަން ކޮށް ކުރެވެންވީ. އެމެންނަށް މިކަން ކުރެވޭނަމަ ގަވާއިދާއި ޚިލާފަށް އެމެން ފައިސާ ވެސް ބޭރުކުރާނެ ބަންގާޅު އެމްބަސީ އާއި އަޑިން ގުޅިގެން ނަމަވެސް. އެއީ ޔަގީން ކަމެކެވެ.
އަހުމަދު
17 January 2017
އާދައިގެ މީހުން އަތުން ނަގަން ޖެހޭ ހުރިހާ ޓެކްސް އެއް ދަނިީ ނަގަމުންނެވެ. އަދިވެސް އިންކަމް ޓެކްސް އެއް ނަގާކަށް ނުފަށައެވެ. އިންކަމް ޓެކްސް ނަގަން ފަށައިފިނަމަ މުއްސަނދީންގެ މުއްސަނދިކަން ފަޅާ އަރާފާނެއެވެ. މިކަމާ ވާހަކަ ދައްކާ ބަޔަކު ނޫޅެއެވެ.
ގުރާބުތުނޑި
17 January 2017
އާދޭސް ކޮށްފައި ދަންނަވަން. މިކޮމެންޓު ޖައްސަވާދެއްވާތޯ. ބައްލަވަ، މިރާއްޖެޔަށް މިއަންނަ ގެސްޓުން އަތުން ނަގާފައިސާއަކުން ނޫން، ރިސޯޓުތަކަށް ވަންނަ ލާރިން އެތަންތަނުގެ އޯނަރުންނަށް ވާ ފައިދާއިން (ތަކުރާރު ކޮށް ދަންނަވަން، އޯނަރުންނަށްވާ ފައިދާއިން) އިންކަމް ޓެކްސް ނަންގަވައިދެއްވާ! ތަރައްޤީ ހުރިހާ ޤައުމެއްގައިވެސް ނަގާ އެއްޗެއް އިންކަމްޓެކްސްއަކީ. މިކަން އެންމެނަށް އެނގޭ ހިސާބަށް ތިލަވެއްޖެ މިހާރު. އެކަން މިހާރު ނުކުރައްވައިފިއްވާ ޤައުމަށް ވަރަށް ހިތާމަވެރި ގޮތެއްވެސް ވެދާނެ ފަހަރުގައި ކަންދިމާވާ ގޮތަކުން.
ބޮންދު
17 January 2017
ކީއްވެތޯ ތިވަރު ރިސޯޓު އޯނަރުންނަށް ނުކުރަނީ! ލިބޭ ފައިސާއެއް ނެރޭ ފައިސާއެއްވެސް ނޭނގޭ
ބޭރުވެލާ
17 January 2017
މިސަރުކާރަށް ފައިސާ ނުވަންނަ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ....ޓަކާ ގުރޫޕް އަށް ވަރަށް ވެދުން
ޙަސަން
17 January 2017
ޖޫރިމަނާ ކުރުމުގައި މީރާ މިހާރު އޮތީ ހައްދުން ނައްޓަާފައި. އެތަނަށް ހީވާ ކަހަލަ ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހޯދާފައިސާއަކީ ތަރިކަ މުދާހެން.
ބަލަންވީ
17 January 2017
ބިދޭސީންގެ ފައިސާ އެހެން މީހަކު ގެންދާނަމަ ޖޫރީމަނާ ކުރުން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ހަމަ އެގޮތަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލު ކުރަން އެބަޖެހެއެއް ނޫންތޯއެވެ. ބިދޭސީން ފައިސާ ގެންދާނަމަ ޖޫރީމަނާ ކުރާ ގޮތަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ރަނގަޅު ކުރަން ވެއްޖެ އެއް ނޫންތޯ. މިސާލަކަށް އަލަށް ހަދަމުން ދާ ރިސޯރޓް ތަކުގައި މުޅިންވެސް ތިބީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ނެވެ. އެކަން ކަން ކީއްވެގެންތޯ އިމިގްރޭޝަން އާއި ޕޮލިހުން ގުޅިގެން ނުހުއްޓުވިގެން އުޅެނީ. ރާއްޖޭގައި އަލަށް ހަދާ ކަމުގައި ވީނަމަ ވެސް އަދި މިހާރު އޮޕަރޭޓް ކުރަމުން ދާ ރިސޯރޓް ތަކުގައި ވެސް ފުލުހުންގެ ޔުނިޓް އަކާއި އަދި އިމިގްރޭޝަންގެ ޔުނިޓް އަކާއި އަދި ބީއެމްއެލްގެ ބްރާންޗެއް އެބަހުންނަން ޖެހެއެވެ. ސަރުކާރަށް ވަކި ބިލްޑިންގް އެއް އެބަހުންނަން ޖެހޭ ކޮންމެ ރިސޯރޓެއް ގައި. އެބިލްޑިންގް އަށް ކުރާ އިންވެސްޓްމަންޓް ސަރުކާރަށް ދައްކާ ޓެކްސް އިން ކެނޑީމާ ނިމުނީ ނޫންތޯއެވެ.
ހެހެ
17 January 2017
އެސޮރު ފައްސާލައިފި.