24 ޖެނުއަރީ 2023 - 11:23
އިންޑިއާގެ ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމުގައި، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައިވެރިވުން އޮތް ކަމަށް ބުނެ، ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެ ގައުމުގައި ދެއްކުން އިންޑިއާ ސަރުކާރުން މަނާކޮށްފި އެވެ.
މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ސަރުކާރުން، ބީބީސީގެ ޑޮކިއުމެންޓްރީއާ ދެކޮޅަށް ފިޔަވަޅު މި އެޅީ، އެ ޑޮކިއުމެންޓްރީ ހިއްސާ ކުރާ ލިންކުތަކަށް ނުވަދެވޭ ގޮތް ހެދުމަށް، އިންޑިއާ ސަރުކާރުން، ޔޫޓިއުބް އާއި ޓްވިޓާ އަށް އެންގުމަށް ފަހު އެވެ. އިންޑިއާގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުގައި ބީބީސީގެ ޑޮކިއުމެންޓްރީ ދެއްކުން މަނާކުރީ، އިންޑިއާގެ އިންފޮމޭޝަން އާއި ޓެކްނޮލޮޖީއާ ބެހޭ ގަވާއިދުގެ ދަށުން ސަރުކާރަށް ލިބިދޭ ޚާއްސަ ބާރުގެ ދަށުންނެވެ.
"އިންޑިއާއާ ދެކޮޅަށް ބީބީސީން ފަތުރާ އަދާވާތްތެރިކަމުގެ ޕްރޮޕަގެންޑާތަކާއި، އިންޑިއާއާ ދެކޮޅު ކުނިތައް، ޑޮކިއުމެންޓްރީއެއް ކަމަށް ހަދައިގެން ޔޫޓިއުބްގެ ޒަރީއާއިން ދެއްކުމާއި، ބީބީސީގެ އެ ބުނާ ޑޮކިއުމެންޓްރީގެ ލިންކުތައް ހިއްސާކުރީ ޓުވީޓްތައް މިހާރުވާނީ، އިންޑިއާގެ ސިޔާދަތީ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މަނާކޮށްފައި،" އިންޑިއާގެ އިންފޮމޭޝަން މިނިސްޓްރީގެ އިސް މުޝީރު ކަންޗަން ގުޕްތާ މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުގެ އެ އެންގުމާ އެއްގޮތަށް، ޔޫޓިއުބް އާއި ޓުވިޓާއިން ވެސް ވަނީ އަމަލުކޮށްފަ އެވެ. ޑިމޮކްރެސީގެ ހައްގުގައި ވަކާލާތުކުރާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އިންޑިއާ ސަރުކާރުގެ މި ނިންމުމަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ދިން ހަމަލާއެކެވެ.
ދެ އެޕިސޯޑްގެ މައްޗަށް ބިނާކޮށް ބީބީސީން ތައްޔާރުކުރި ޑޮކިއުމެޓްރީގެ ފުރަތަމަ އެޕިސޯޑް، މިމަހުގެ 17 ވަނަ ދުވަހު ވަނީ އާންމުކޮށް ދައްކައިފަ އެވެ. އެ ޑޮކިއުމެންޓްރީގައި ބުނެފައިވާ ގޮތުން، 2002 ވަނަ އަހަރު ގުޖުރާތުގައި ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި، ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތައް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ހުއްޓުވުމުގައި މޯދީ ވަނީ ވަރަށް ނުފޫޒު ގަދަ ދައުރެއް އަދާކުރައްވައިފަ އެވެ.
އެ ހާދިސާ ހިނގި ދުވަސްވަރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވީ މޯދީ އެވެ. އެ ކުރިމަތިލުންތައް ފެށުނީ، އަޔޯދިޔާގެ ފައްޅިއެއްގައި އޮތް ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވުމަށް ފަހު އެނބުރި އައި ބަޔަކު ދަތުރުކުރި ރޭލެއްގައި އަލިފާން ރޯވެ، އެއިން ދަތުރުކުރި މީހުންގެ ތެރެއިން 59 މީހަކު މަރުވުމާ ގުޅިގެންނެވެ.
ރޭލުގައި ހުޅުޖެހީ މުސްލިމުން ކަމަށް ތުހުމަތުކޮށް، މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން ހިންދޫން ނުކުމެ، އަނިޔާވެރި އަމަލުތަކެއް ހިންގަން ފެށުމުން، މުސްލިމުން ވެސް ރައްދުގައި ހަމަލާ ދިނެވެ. ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި 1044 މީހުން މަރުވިކަން ޔަގީންވާ އިރު، އިތުރު 223 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 790 މުސްލިމުންނާއި 254 ހިންދޫންނެވެ.
މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި، މުސްލިމު އަންހެނުން ހިފައި ހައްޔަރުކޮށް، އާއިލާގެ އެހެން މެމްބަރުންގެ ކުރިމަތީގައި ރޭޕްކުރުމާއި ރޭޕް ކުރުމަށް ފަހު މަރައިލުން ހިމެނެ އެވެ. އޭގެ އިތުރުން، މުސްލިމުންގެ މުދަލާއި ގަހަނާތައް ފޭރުމަށް ފަހު، މުސްލިމުންގެ ގޮދޮރުގައި ހުޅުޖެހުން ހިމެނެ އެވެ.
ގުޖުރާތުގައި ހިނގި ހަމަނުޖެހުމާ ބެހޭ ގޮތުން ހޯދި މައުލޫމާތުތަކަށް ފަހު، އިނގިރޭސި ސަރުކާރުން އެކުލަވާލައި އަދި މިހާތަނަށް އާންމުނުކޮށް އޮތް ރިޕޯޓް ވެސް، ބީބީސީގެ ޑޮކިމެންޓްރީގައި ހިމަނާފައިވެ އެވެ. އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ގުރުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި އަމަލުތަކަކީ، މުސްލިމުންގެ ނަސްލު ނައްތައިލުމަށް ހިންގި އަމަލުތަކެކެވެ.
އެ ދުވަސްވަރު އިނގިރޭސި ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޖެކް ސްޓްރޯ، މި ޑޮކިއުމެންޓްރީގައި ވިދާޅުވެފައިވާ ގޮތުގައި މުސްލިމުންނާ ދެކޮޅަށް ތެދުވި، ހައްދުފަހަނައަޅާފައިވާ ހިންދޫން ހުއްޓުވުމަށް ނުކުތް ފުލުހުން ފަހަތަށް ޖެއްސުމަށް، އޭރުގެ ޗީފް މިނިސްޓަރު މޯދީ މުހިންމު ދައުރެއް އަދާކުރެއްވި އެވެ. އަދި މުސްލިމުންނާ ދެކޮޅަށް ނުކުތް ހަރުކަށި ހިންދޫންނަށް ހިތްވަރު ދެއްވުމުގައި ވެސް މޯދީ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި އަމަލުތަކަކީ، ހަމައެކަނި ރޭލުގައި ހިނގި އަލިފާނުގެ ހާދިސާއަށް ބަދަލު ހިފުމަށް ހިންގި އަމަލުތަކެއް ނޫނެވެ. އެ އަމަލުތަކުގެ ހަގީގީ ލަނޑުދަނޑިއަކީ، ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީގެ ވަތަނީ އެޖެންޑާގެ ދަށުން، ހިންދޫން ދިރިއުޅޭ ސަރަހައްދުތަކުން މުސްލިމުން ފައްސައި ބޭރުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގައިވާ ގޮތުގެ މަތިން ހިންގި އަމަލުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
25 January 2023
މިވަރުގެ މީހަކަށް ދޯ މިޤައުމުގެ ސަރުކާރުން މި ޤައުމީ ޝަރަފްދިނީ. ވަގުތުން އަތުލުމަށް ގޮވާލަން. އަންނަ ސަރުކާރަކުން އެބަޖެހޭ މޯދީގެ އަތުން ޝަރަފް އަނބުރާ އަތުލަން.
މާހިރު
25 January 2023
މާ ޑިމޮކްރެޓިކް ވެގެން އުޅޭމީހުންގެ ހާލަކީ ތިއީއެވެ. ކޮންމެ ބަޔަކުވެސް ޑިމޮކްރަސީ ހިންގަނީ އެބަޔަކު ބޭނުންވާ ގޮތަކަށެވެ. އިންޑިއާގައިވެސް މުސްލިމުންނަށް ލިބޭ ހައްގުތަކެއް ނޯވެއެވެ. ޔޫރަޕްގައިވެސް ހަމަ އެފަދައެވެ. ޔޫރަޕްގައިވެސް ބަރަހަނާކޮށް އުޅުމުގެ ހައްގު އޮންނައިރު ނިވާވެގެން އުޅުމުގެ ހައްގެއް ނޯވެއެއްނޫންތޯއެވެ.
ރޯޒަސް
25 January 2023
ދެން ބާރައް އަތްޖަހަމާ ހިނގާ.. އަދިވެސް މޯޑީއަށް ސަނާ ކިޔާ
ރަދީފްއޮފިޝަލް
25 January 2023
ކިތަންމެ ވަރަކަށް މަނާކުރަން އުޅުނަސް މޯދީގެ ބައިވެރިވުން އެކަމުގަ ނެތްކަމަށް ނުވާނެ.ގުޖްރާތުގެ ޗީފް މިނިސްޓަރަކަށް ހުރެ ހިންގި ޖަރީމާތައް ވަރަށް ގިނަ.އިންޑިޔާގެ ޕްރޮފެސަރެއް ކަމުގައިވާ އަޝޯކް ސްވާއިންގެ ޓްވިޓާ ފީޑުން އެކަނި ވެސް މޯދީގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ވަރަށް ހެކި ލިބޭނެ.ލަދު ކޮބާ؟؟؟ވ.ވެދުން
ސަލީމު އިދުރީސް
25 January 2023
ގަމާރުވީމަ ޑިމޮކުރެސީއައް ބަވަނީ! އެއެއްޗެއް ބޭނުން ކުރައް ނޭގުމަކީ އެއްޗެއްގެ މައްސަލަޔެއްނޫން! ހިންދުކަމީހުން ކާކެހި މަގުމައްޗައް ކުޅުޖެހުމަކީވެސް ޑިމޮކްރެސީ މައްސަލައެއްނޫން އެއީ އެމިހުންގެ މައްސަލަޔެއް! ލިޓިލު ސިންގަފޫރުގަ ދުއްކާރު އަބަދު ފުރުޅާލަނީވެސް ކާރުގެ މައްސަލައެއް ނޫންދޯ
ބުނަމޭ
25 January 2023
ތިކަން ގަބޫލުކުރާނަމަ ތިމާއަށް އެކަންކަމުގެ ހަޤީޤަތް ނޭނގި ހުރެ ދީނީ ކަން ކަމަށްވެސް ފާޑު ކިޔަނީ ކީއްވެތޯ ސަލީމުބެ ކައިރީގަ އަހާލަން.
ސަރުިކާނު
24 January 2023
އެންމެ ބޮޑު ޑިމޮކްރަސީގެ ޙާލު.ހެހެހެ ކީއްކުރާނީ؟
މޮޑީީ
24 January 2023
ތިވީގޮތުން ބީބީސީއިން ރާއްޖޭގަވެސް ތިފެނުން ދުރު. އެއީ މި ސަރަހައްދަށް ބީބީސީގެ ފީޑް ލިބެނީ އިންޑިޔާއިން ކަމަށް ވާތީ.
ޒިންދަގީ
24 January 2023
މޯދީއަކީ ހައްދުފަހަނައަޅާފައިވާ މީހެއް.. ޚާއްސަކޮށް މުސްލިމުންނާއި ދެކޮޅަށް..
ބީރުބޮލު ވަޒީރު.
24 January 2023
ބީބީސީ އާއި ރޮއިޓާސް އާއި ސީއެން އެންގަ ތިއަކަލަ ކިތަންމެ ބޮމެއް ހުންނާނެ. މީހުން ފުރޭމުކުރުން ބޭނުމަކީ. ޔާމީނާއި ދެކޮޅަށް ބޮން ތައްޔާރުކުރީ އަލްޖަޒީރާ. ސްޓާލިންގ ޕެރެޑައިސް. މިހާރުވެސް އިންޑިއާއަށް ރަސިއާއިން ގަންނަ ތެލާއި ގޭސް ހުއްޓާލާފަ އެމެރިކާއިން އެތެރެކުރޭ. މޯދީ ވާނެ ރަންގަނޑަކަށް. ސަޢުދީ ސިފައިން ޔަމަނަށް ބޮންއަޅާފަ އެތައްހާސް މުސްލިމުން މެރީމަވެސް އިސްލާމުންނަށް އޯކޭވި. ކޮންމެ މީހަކުވެސް އެއްލޮލުން ބަލަނީ.
ފޮނިފޮނިޓައްޕު ކުމާރު
24 January 2023
މީ އެންމެބޮޑު ޑިމޮކުރަސީއޭ ކިޔާ ފޮނިކަނޑާމީހުންގެ ހާލަކީ.
ށަވިޔަނި
24 January 2023
އެބުނާއެއްޗެއް ނުވިސްނެނީ. އެބުނަނީ ޑިމޮކްރެސީ ކިޔާއެތި އޮންނަ ގައުމުތަކުގެތރެއިން އެންމެ މީހުންގިނަ ބިޔަ ގައުމޭ. އެހެން ނޫންނަމަބުނާނީ އެންމެ ހެޔޮ ނުވަތަ ފުރިހަމަ ފަދަ ބަހެއް.