މީހަކަށް ހަމަލާ ދިން ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ--ފޮޓޯ: މިހާރު
24 ޖެނުއަރީ 2023 - 18:12
މާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި މީހަކަށް ވަޅިން ހަމަލަދީ ޒަހަމް ކޮށްލައިފި އެވެ.
އެ މާރާމާރީ ހިންގީ މިއަދު އަމީނީ މަގުން ޣިޔާސުއްދީން ސްކޫލް ކައިރީގަ އެވެ.
ފުލުހުން ބުނީ މާރަމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 4:10 ގައި ކަމަށާއި އެ ހާދިސާގައި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
އޭނާ އަށް މިވަގުތު އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މީހަކަށް ހަމަލާ ދިން ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރި ވަނީ--ފޮޓޯ: މިހާރު
އަނިޔާވި މީހާ އަށް ލިބުނީ ކިހާ ސީރިއަސް އަނިޔާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ބަޔަކު މާރަމާރީ ހިންގައި އޭނާގެ ގަޔަށް ވަޅި ހެރީ އެވެ.
އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ދާދި ފަހުން ވެސް މާލޭގައި މާރަމާރީއެއް ހިންގައި މީހަކަށް ވަނީ ހަމަލަދީ ޒަހަމް ކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިޔަން ޕެޓްރޮއިޓް
24 January 2023
ތިޔަހިސާބަކީ ފުލުހުންގެ އޮފީހާ 100 މީޓަރު ކައިރި ހިސާބެއް.
ހިކި ކިރު
24 January 2023
ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މި ގޭންގް މާރާ މާރީ އާއި ވައްކަމާއި، ފޭރުމަކީ މި ޤައުމުގައި ހުއްޓުވޭނެ ކަމެއްނޫން. ސަބަބަކީ އެއިރެއްގަ އޮންނަ ސަރުކާރެއް ކޮންޓްރޯލް ކޮއް ބަލަހައްޓައި ގެން ގެންގުލެނީ މިފަދަ ގޭންގް ތައް ކަމަށްވާތީ ކަމަށްދެކެން. ދެން ރައްޔިތުން ތިބޭ ރާކަނިމަސް ކައިގެން. ވާނެ ހަތަރެއްޗެއްވެ ނިމިއްޖެ. ވ ވެދުން.
އޯކޭވާނެ
24 January 2023
މީހަކު ހައްޔަރު ކުރާނެކަމެއް ނެތް! ތިކަން ކުރީ އިންސާނެއްގެ ސޫރާގައި އަމީނީ މަގަށް އެވަގުތު ފައުޅިވި ރޫހާނީ އެއްޗެއް! އެމީހުންގެ މައްޗަށް އިންސާނުންނަށް ހަދާފަ ހުންނަ ޤާނުނު ތަކެއް ނުހިނގާނެ!
ރަދީފު ބިން ރަފައިދާ
24 January 2023
ކައިވަތެއް ހަމަނުވާތަނެއްގާ އެއްވެސް ސަލާމާތްތެރިކަމެއްނެތް. ފުލުހުންނަށް ސަލާން.
އެމްސް
24 January 2023
ރަޢިއްޔަތުން މަޖިލިސްގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ރައީސުލް ޖުމްހޫރިއްޔާއަކީ ދައުލަތުގެ 3 ބާރުގެ ވެރީން! މަޖިލިސްގެ ރައީސަށް މިދިޔަ އަހަރު މަރުގެ ޙަމަލާއެއް ދެވުނީ ފުރިހަމަ ސިކިއުރިޓީގަ ހުއްޓާ، އަދި އެވެސް 100 ފޫޓާއި ގާތުން! ސިކިއުރިޓީގަ މިވަރަށް ފެއިލްވި ސަރުކާރެއް ދިވެހި ތާރީޚްވެސް އަދި ނުދެކޭ! އޭގެ އެންމެބޮޑު ހެއްކަކީ ވަޒީރުން ގޭދޮށުގަ ހަތިޔާރުއެޅި ސިފައިން މީގެކުރިއަކުން ފޯރިއެއްވެސް ނުމަރާކަމާއި ބައެއް ވަޒީރުންވެސް ސިފައިންނާއި އެކު...