ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮނަދޫގައި ބިދޭސީއަކު މަރާލުމުގެ ދައުވާލިބުނު އެންމެން މިއަދު ވަނީ ކުށް ސާބިތުނުވެ، ސަލާމަތްވެފައި --- ފޮޓޯ/މިހާރު
24 ޖެނުއަރީ 2023 - 22:18
ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބުނު 8 ބިދޭސީންގެ މައްޗަށް ކުށް ސާބިތުނުވެ، އެ އެންމެން މިއަދު ސަލާމަތްވެއްޖެ އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ހަސަން އުއްލާ އަށް މާޗް 2017 ގައި ފޮނަދޫ އަތިރިމައްޗަށް ގެންގޮސް އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ 8 މީހެއްގެ މައްޗަށެވެ. އެ މީހާ މަރާލާފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ފަހުންނެވެ.
އެ މައްސަލާގައި އެކަކުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރިއިރު ބާކީ ތިބި ހަތް މީހުންގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ދެ މީހަކު ފުލުހުންގެ ތަހުގީގާއި ބަންދު މުއްދަތު މަޖިލީހުގައި ކުށަށް އެއްބަސްވެފައި ވިޔަސް، ދެ މީހުން ކިޔައިދޭ ކިޔައި ދިނުން ތަފާތު ކަމަށެވެ. އަދި ތަހުގީގުގައި ފުލުހުން ތަކުރާރުކޮށް އަނިޔާކުރި ކަމަށް އެކި މަރުހަލާތަކުގައި އެ މީހުން ބުނެފައިވާއިރު އެކަންކަން އެކަށީގެންވާ ގޮތެއްގައި ބެލިފައިވާކަން އެނގެން ނެތް ކަމަށާއި އެހެންވެ، ތަހުގީގު މަރުހަލާގައި ދައުވާ ލިބޭ މީހުން ދިން ބަޔާންތަކާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން، ދައުވާ ލިބޭ މީހުން އެ މީހާ އަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ތަހުގީގުގައި ބުނީ އެންމެ ހެކިވެރިއެކެވެ. އެކަމަކު އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ އޭނާ ކޯޓަށް ހާޒިރު ނުކުރެވޭ ކަމަށާއި އޭނާއަކީ އަބަދުވެސް ދޮގު ހަދާ މީހެއް ކަން އެ ރަށުގެ މީހުންގެ ހެކިބަހުން އެނގޭތީ އޭނާގެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އޭނާގެ ބަޔާނަށް ބާރު ދޭ އެހެން ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލާގެ ތަހުގީގުގައި ވެސް މުހިންމު ބައެއް ކަންކަން ފުރިހަމަ ނުކޮށް ދޫކޮށްލާފައި ހުރި ކަމަށެވެ. ދައުވާ ލިބޭ މީހުންގެ ކޯލް ލޮގްތައް ނުހޯދުމާއި ދައުވާ ލިބޭ މީހުންގެ އަންނައުނު ނުވަތަ ގެންގުޅުނު އެއްޗަކުން ފޮރެންސިކް ހެއްކެއް ހޯދަން އުޅުނުކަން ވެސް އެނގެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އެހެންވެ، ދައުވާ ލިބުނު 8 މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޓޫރާ
25 January 2023
ރާއްޖޭގެ ވަރަށް ގިނަ ލާރި. ޚާއްސަކޮށް ކަޅުބާޒާރުގެ ޑޮލަރު ކޮންޓްރޯލް ކުރަނީ ބަނގްލާދޭޝް މީހުން. ގާޒީން ރިޝްވަތު ހިފާ ކަމީ، ސަބަބުވެރި ދިވެއްސަކަށް އޮޅިފަ އޮންނާނެކަމެއްނޫން. ވަﷲ އައުލަމް
އެމްސް
25 January 2023
ވަޒީފާތަކަށްވެސް ދިވެހިން ކަމުނުދާ ވާހަކަ އެންމެ ބާރަށް ދައްކަނީވެސް ދިވެހީން! ވީއިރު ކޯޓްތަކަށާއި، މަޖިލިހަށާއި، ކެބިނެޓަށް ދިވެހިންގެ ބަދަލުގަ ބިދޭސީން ނުލަނީ ކީއްވެބާ؟ ދިވެހިން މި 3 ދާއިރާއަަށް މާމޮޅީބާ؟
ވާރިސް އަލީ
25 January 2023
ކޮބާތަ ކަމިޝަނަރު، މިމައްސލަ އިންވެސްޓިގޭޓް ކުރި އައި،އޯ އަށްވެސް ޖެހޭނެ މުޅިގަވްމު ސިއްސަިއގެންދާވަރަށް ތަޢުރީފްކުރަން، މީގެ ދެތިންދުވަސްކުރިން، ލ. ގެ އެހެން ރަށެއްގައި ކުޑަކުއްޖަކު ރޭޕް ކުރިކޭސް ވިން ވީތީ އެމައްސަލަ އިންވެސޓިގޭޓް ކުރި އައި.އޯ އަށް ވަރަށް ސަނާ ކިޔާފަ ހުރި..
އަހަންމަ
25 January 2023
ބިދޭސީންނަކީ ތެދުވެރިކަމުގެ އިންތިހާ.. އެހެންވީމަ އެމީހުންބުނާބަސް ތެދުކުރަން ޖެހޭނެ ކޮންމެ ގޮތެއްހަދާފަވެސް.. ޤާނޫނު އަސާސީއަށް ވުރެއް މަތީގަތިބޭބައެއް.. އެހެންވީމަ އެމީހުންގެ މައްޗަށް ހިންގޭނެ ޤާނޫނެއް އޮންނާނެތަ.. ވަރަށް ވެދުން
އެމްސް
25 January 2023
ދިވެހި އަންހެން ކުދިންވެސް ބުނަނީ ފައިސާ ހުންނަނީ އެމީހުން އަތުގައޭ!
އައްޔަ
25 January 2023
މީކޮންކަހަލަ ޝަރީއަތެއް ކުރާބައެއް. ފުލުހުން އަނިޔާ ކުރާތަން ފެނުނު މީހަކު އެބަހުރިތޯ,
އެމްސް
25 January 2023
ތިޔަ ގާޒީގެ މައްސަލަ ޖުޑިޝަލް ސާވިސް ކަމިޝަނަށް ބެލޭނީ މިހާރު ކުރިއަަށްދާ ކެމްޕެއިނަށްފަހު!
ޒަރީރު
25 January 2023
އިންސާނެއްގެ މަރަށްވުރެ ވެލައެއް ސަލާމަތް ކުރުންވެސް މާ މޮޅު
އެމްސް
25 January 2023
މިއީ ދޫނިސޫފާސޫފި، މަސްމަހާއިމެހި، ގަސްގަހާއިގެހި، ކަނޑު ފަޅާއި ގޮނޑުދޮށުން ގޮސް ފަރުތައްވެސް ޙިމާޔަަތް ކޮށްފަ އޮންނަ ޤައުމެއްކަން މިޤައުމުގަ އުޅޭ ބަޔަކަށް ވިއްޔާ މިހާރު ދެން އެނގެންވެސް ވެއްޖެ!
އެމްސް
25 January 2023
ތަހުގީގުގަ: ފުލުހުން ތަކުރާރުކޮށް އަނިޔާކުރިކަމަށް ދައުވާލިބޭމީހުން ބުނެފައިވާތީ، ތަހުގީގު މަރުހަލާގައި ދައުވާލިބޭމީހުން ދިން ބަޔާންތަކާއިމެދު ގާޒީ ސުވާލުއުފައްދާ ދައުވާލިބުނު އެންމެން ދޫކޮށްލައިފި! ފުލުހުން ބުނާ އެއްޗެއް ގާޒީ ޤަބޫލު ނުކުރިއިރު، ދައުވާލިބޭމީހުން ދެއްކިވާހަކަ ބަރާބަރަށް ޤަބޫލުކޮށްފި! ދައުވާލިބޭމީހުން ހަދަނީ ތެދުކަން ގާޒީ ޔަޤީންކުރީ ކިހިނެއްބާ؟ އެއީ ތެދުކަމަށް ވަންޏާ އަނިޔާކުރި ފުލުހުންނަށް ދަޢުވާކޮށް/ޝަރީޢަތް ކުރަން ހުށަހެޅެންވީ!
ފުލުސް
25 January 2023
އައި ފުލުހުންގެ ހެކިބަހުން.
ޢަސްލުވާގޮތް
24 January 2023
މިފަހަރު ސީޕީ ހަމީދު ޓްވީޓް ކުރާނީ ކީކޭ ކިޔާފައިބާ..؟ މަރުގެ މައްސަލައެއް ތަޙްޤީޤު ކޮށް ނިންމާފައި އޮތް ގޮތް ނިކަން ދެކެބަލާ..
ޢައިއޯ
25 January 2023
މިއީ 2017 ގަ ތަޙްޤީޤްކޮށްފައި އޮތް މައްސަލައެއް މިހާރު ޕޮލިސް ގެ އިސް މަގާމުތަކުގައި ތިބި ގިނަ މީހުން އޭރު ތިބީ ވަޒީފާއިން ވަކިކޮށްގައި ސީޕީ ހަމީދު ވަކިކުރިތާ ތިން ޢަހަރު އޭގެ 2 އަހަރު ފަހުން ހަމީދު ޕޮލިހާއި ހަވާލުވިއިރު މިމައްސަލަ އޮންނާނީ ޝަރީއަތުގައި ދެން އޭނާ މިކަމުގައި ކުރާނީ ކީތް އެހެން ނޫނަސް ފަސް ޙަ އަހަރު މައްސަލ ޕާކްކޮށްބާއްވާ އެންމެން ހެކިބަސް ބަދަލުކުރީމަ ދެން ހުކުމް މިކުރަނީ ނަމަކަށް
އެމްސް
25 January 2023
މައްސަލަ ޕާކް ކޮށްފަ ބާއްވަން އެންގި ފަރާތަކަށް ފިޔަވަޅު އަޅާ މަރުގެ ދިޔަ އެފްރާތުން ހޯދަދިނުން ނޫން ކަމެއް ސީޕީ ޙަމީދަށް ކުރެވިދާނެބާ؟ ލިޔެކިޔުންވެސް ބަދަލުވަނީބާ؟