ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަރިކަލުން ފާރިޝް މައުމޫން، ސްރީލަންކާގެ ރައީސްއާ އެކު.-

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފި އެވެ.

ލަންކާގެ ރައީސްގެ އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި މައުމޫން ވަނީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނު ވެސް ބައިވެރިވެވަޑައިގަތެވެ.

މައުމޫންގެ އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ލަންކާގެ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުއްވި ގާތް ކަމަށް ވެސް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.

ލަންކާގެ ރައީސް ވަނީ އެ ގައުމަށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ފަރާތުން އަބަދުވެސް އެ ގައުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ސްރީލަންކާގެ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "މިތުރަ ވިބޫޝަނަ އެވޯޑް" ވެސް 2008 ވަނަ އަހަރު ލިބިވަޑައިގެންފައިވާ މައުމޫނު، މިވަގުތު ލަންކާގައި ހުންނެވި އަމިއްލަފުޅު ދަތުރުފުޅެއްގަ އެވެ.

16 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 0%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

28 January 2023

އިންޑިއާ އަށް ވިއްކާ ނިމިގެން ލަންކާ އަށް ވެސް ވިއްކާލަނީތަ؟

The name is already taken The name is available. Register?

ކަތްދައްތަ

28 January 2023

މައުމޫން ވެރިކަމަށް އެރިއިރު ރާއްޖެ އޮތް ހާލަތު...އާހް. މައިބަފައިން ތިބީ ނުކައި. ކާންލިބޭ މަދުއެތިކޮޅު ދަރިންނަށް ދީގެން ދިރިހުރުމާ ހަގުރާމަކުރީ. މައުމޫން ފުރަތަމަކުރިކަމަކީ ސިލޯނުން 3 މަހުގެ ކާޑު ދަރަންޏަށް ގެނެސް ކާޑުގެކަންކަން ހަމަޖެއްސީ. ދިވެހިން މަރާ ކުރަމުން ދިޔަ ހަގުރާމަ ނިންމީ. ބަދަލުގަ ދިވެހިންގެ ލަދުހަޔާތް ކަޑުވައި ވެރިންނާ އިސްރަށްވެހިންނަށް ހުތުރުބަސް ގޮވުމުގެ ގަޓު އަންނިއުފެއްދި. އެކަމުން އަރައި ނުގަނެވި އަދި މިދަނީ އެކޯޅުމުގަ.ލަދް

The name is already taken The name is available. Register?

ސައްޙާފް

28 January 2023

ސުބުހާނަﷲ. ކަތްދައްތަ ތިޔަ ބުނި ވާހަކަ ތިބީދައިން މިއަދު ވެސް ނަޝީދަށް ގުުރުބާންވާ މީހަކު ބުނިއަޑު އެހިން މީގެ 2 ދުވަސް ކުރިން. ބުނީ މިއަދު މިއާދެވުނު ހިސާބަށް އާދެވުނީ އޭނަގެ އެހީ ލިގެންވީމަ އޭނައާ ދުރުނުވެވުނަސް، ތިމަންނާ ޤަބޫލު ކުރަމޭ ރާއްޖޭގެ ރައްޔިތުންގެ ތެރޭ އަޚުލާގީ ބޮޑު ކެންސަރު ގަނޑެއް ހަރުލައްވާ މުޖުތަމައުގެ ހަމަތަކާއި އަގަލު ހަލާކުކުރީ ނަޝީދުކަމަށް.

The name is already taken The name is available. Register?

އަބްޑޫޅް

28 January 2023

ހޫނ، މަހަތިރި މޮހޮދޭ ވެސް ދެވަނަފަހަރަށް ވެރިކަންކުރި. މިހާރު ގައްޔޫންބެ ވެސް އަނެއްކާ ފައިނަގަނީ.

The name is already taken The name is available. Register?

2023

28 January 2023

މައުމޫން 2023..... ބޮއިހަލަކި

The name is already taken The name is available. Register?

އަހައްމަދު ބެއްޔާ

27 January 2023

ކޮންމެ ބަޔަކު ކިތަންމެ އެއްޗެއް އޭނާއަށް ކީކަމުގައިވިޔަސް، ރައީސް މައުމޫނު ފަދަ ހަރުދަނާ ހިންގުންތެރި ވެރިއެއް ދެނެއް ދިވެހިރާޢްޖޭގައި ވެރިކަންކުރާނެކަމާމެދު ޝައްކު!

The name is already taken The name is available. Register?

މުހައްމާކަލޯ

28 January 2023

ރަގަޅު ވާހަކައެއް. އެއަށްވުރެ ހާސްގުނަ ރަގަޅު ވެރިއެއް ދެން ލިބޭނީ އިންޝާ ﷲ..

The name is already taken The name is available. Register?

އައްލާބެއްޔ

27 January 2023

ކޮންމެ ބަޔަކު އެއްޗެހި ގޮވިޔަސް ރައީސް މައުމޫނު ފަދަ ހަރުދަނާ ހިންގުންތެރި ވެރިއެއް ދެނެއް

The name is already taken The name is available. Register?

48343

27 January 2023

މައުމޫނު އަދިވެސް ދޫނުކުރޭ.

The name is already taken The name is available. Register?

ހެހޭ

27 January 2023

މައުމޫނަކީ ވަރަށް ހަރުދަނާ ޝަޚްޝެއް. ދިވެހި ކޮންމެ ރައްޔިތަކު ފަޚުރުވެރިވުން ހައްގު. 30 އަހަރުގެ ދިގު ވެރިކަމުގައި ގައުމު މިހާރު މިދެކޭފަދަ ހަމަނުޖެހުންތަކެއް ނުފެނޭ.

The name is already taken The name is available. Register?

ކާއްޑަ

27 January 2023

އޭރު އިންޓަނޭޓެއް ނެތް. އެހެންވެ ހިފާއްޓާލެވުނީ.

The name is already taken The name is available. Register?

ޖޯކް

27 January 2023

ކަލޭ ހަމަތަ؟ އާ ތީތެދެއް. ހަމަނުޖެހުމެއް ނުފެނޭ. ކިހިނެއް ހަމަނުޖެހުމެއް ހިންގާނީ. މަރުނުވަތަ ބޮޑު އަނިޔާއެއް ވިއްޔަ ވާނީ.

The name is already taken The name is available. Register?

ޝައްބުކަ

28 January 2023

މައުމޫން ހުރިހާ ކަމެއް ފެށީ ސުމަކުން. އޭރު ރާއްޖޭގައި އޮތީ ދެތިން ރިސޯޓު. ޜާއްޖެތެރޭގައި ހުރީ ދެތިން ސްކޫލް. އިންޖީނު އެޅި ހުރީ ދެތިން ދޯނި. އިގުތިސާދީ އޮނިގަނޑެއްނެތް. ސިއްހީ އަދި އިޖުތިމާއީ ހަރަކާތެއް ނެތް. ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ހިންގެވި ހަރަކާތްތަކުން ވެެރިކަމުން ފޭބިއިރު ރާއްޖެއޮތީ ސަރަހައްދުގެ ބޮންތީގައި. މިހާރުވެރިކަމަށް އަންނަ މީހުން މިވެނިކަމެއް ތިމަން ކޮށްފީމޭ ބުނަން ކެރެނީ މައުމޫން ހޯދައިދިން ހަކަތައިން.

The name is already taken The name is available. Register?

ބައިކިލޯ

28 January 2023

ރާއްޖެ މިދެކޭ ތަރައްގީގެ ބާނީއަކީ ހަމަ ޒައީމް މައުމޫނު. ދެން އެންމެ މުހިންމު މަސައްކަތްކުރީ ޔާމީން. މާލޭ ސަރަހައްދުގައި ކުރި މަސައްަކތްތަކަށް ބަލަލީމާފެންނަނީ. 1- ހުޅުމާލެ 1 (މައުމޫނު އައިލެންޑް) މައުމޫން. 2- ތިލަފުށި(އުމަރުފުށި) މައުމޫނު 3-މައުމޫނުބީޗް މައުމޫނު 4- އަންނިޖެޓީ ނަޝީދު 5- ގުޅިފަޅު ނަޝީދު 6- ހުޅުމާލެ2(ޔާމީނުސަހަރު) ޔާމީން 7- ޔާމީނުބީޗް0ރަސްފަންނު) ޔާމިން 8- ޔާމީނު ބުރިޖު ޔާމީނު ސޯލިހުގެދައުރު ނިމެނީ އެއްވެސްކަމެއްނެތި ޒީރޯގައި.

The name is already taken The name is available. Register?

އަބްޑޫޅް

28 January 2023

މީހަކު ދެކޮޅުހެން ހީވިޔަސް ގެންގޮސް، ބިޑިއަޅާ، އަނދަގޮނޑި ޖަހާ، އެންގަލަށް އަރުވާފަ ތިބީ.

The name is already taken The name is available. Register?

އަލި ބޭބޭ

27 January 2023

ޝުކުރިއްޔާ ރ މައުމޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454