ޚަބަރު / އެމްޑީޕީ

އެމްޑީޕީގެ ވޯޓު ފޮށި ފަޅާލައިގެން ހައްޔަރުކުރި މަންދޫބަކީ ޕީޕީއެމް މީހެއް!

ވޯޓު ފޮއްޓެއްގެ ކައިރީގައި އިއްޔެ ހަމަނުޖެހުން ހިންގަނީ: ޕްރައިމަރީގެ މަންދޫބެއްގެ ގޮތުގައި ޕީޕީއެމްގެ މީހަކު ހަރަކާތްތެރިވިކަން ވަނީ ފަޅާއަރާފައި.

އެމްޑީޕީގެ ޕްރައިމަރީގައި ގދ. ރަތަފަންދޫގައި ބެހެއްޓި ފޮށި ފަޅާލައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ މީހެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރަތަފަންދޫގައި އޭނާ ހަރަކާތްތެރިވީ ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގަ އެވެ. ވޯޓުލުން ކުރިއަށް ދަނިކޮށް ނުރުހުންފާޅުކޮށް ހުރަސްއަޅައި ވޯޓު ފޮށި ފަޅާލި މައްސަލާގައި އޭނާ އެތަނުން ހައްޔަރުކޮށް ފަހުން ދޫކޮށްލި އެވެ. މި މައްސަލާގައި ނަޝީދުގެ ފެކްޝަނުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ބައެއް ރަށްތަކުގައި ވޯޓު ފޮށިތަކަށް ގެއްލުން ދިނުމުގެ މައްސަލަ ދިމާވި ކަމަށާއި އެކަމުގައި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ބައެއް މީހުންނަށް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެމްޑީޕީ ނޫން މީހަކު ހަރަކާތްތެރިވި ކަން މައްސަލަ ބެލިއިރު މިއަދު ވަނީ އިންތިހާބާ ބެހޭ ކޮމިޓީއަށް ސާފުވެފަ އެވެ.

މައްސަލަ ޖެހުނު ރަތަފަންދޫ ފޮށީގެ ތަފްސީލުތައް ބެލިއިރު، އެތަނުގައި ހަރަކާތްތެރިވި އެކަކު ނިސްބަތްވަނީ ޕީޕީއެމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މައްސަލަ ފެންމަތިކުރެއްވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ޓްވީޓަކާ އެކުގަ އެވެ. ދެ މީހެއްގެ އައިޑީކާޑުގެ ފޮޓޯއާ އެކު އީވާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރަތަފަންދޫގައި ނަޝީދުގެ ފަރާތުން ތިބި ދެ މަންދޫބުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓާ ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ އޭގެތެރެއިން އެކަކު ނިސްބަތްވަނީ ޕީޕީއެމަށް ކަމަށާއި އެއީ ކެންޑިޑޭޓުންގެ ފަރާތުން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓުންނަށް ފަސޭހަކޮށްދިނުމަށް މަންދޫބުންގެ ގޮތުގައި އެ ޕާޓީގެ ކޮންމެ މެމްބަރެއް ވެސް ބެހެއްޓިދާނެ ކަމަށް އެންގި އެވެ. އެކަމަކު އެ ޕާޓީ ނޫން އިތުރު އެހެން ޕާޓީއެއްގެ މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ކެންޑިޑޭޓުންގެ ކެމްޕޭނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގަވާއިދުގައި ބުނާ ކެންޑިޑޭޓްގެ މަންދޫބެއް ނޫން،" ޕީޕީއެމް މެމްބަރުގެ ތަފްސީލް އާއްމުކުރައްވައި އޭނާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވެފައި ވަނީ ނަޝީދުގެ މަންދޫބެއް ކަމަށް ވިދާޅުވެ އީވާ އާންމުކުރެއްވި ފޮޓޯގައިވާ އަދި ރަތަފަންދޫން ހައްޔަރުކުރި އީމާން އަހުމަދަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް އިލެކްޝަން ކޮމިޝަނުގެ މައުލޫމާތުތަކުން ދައްކާތީ އެވެ.

އެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމަށް ނަޝީދުގެ ޓީމުން ދެކޮޅު ހަދާފައި ވަނީ ބައެއް ފޮށިތަކުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވުރެ ވޯޓު ލީ މީހުންގެ އަދަދު ގިނަ ކަމަށް ބުނާ މައްސަލަތަކަކާ ހުރެ އެވެ. ނަޝީދުގެ ކެމްޕެއިން ޓީމުން ނަތީޖާ ގަބޫލު ނުކުރި ނަަމަވެސް އެމްޑީޕީން ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އަންނާނެ އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުންނާނެ ކެންޑިޑޭޓަކު ހޮވަން ބޭއްވި އެ އިންތިހާބު، 24،572 ވޯޓުން ކާމިޔާބުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނާ ވާދަކުރެއްވި ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.

47 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 5%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުރަހަލި

31 January 2023

ހައިރާނެއް ނުވޭ. މުޅިކެމްޕޭންގަ ޕީޕީއެމް އޮތީ އަންނިއާ އެކީ، ރަށްރަށުގަ ވެސް ހުރިހާ ދުވަހު އަންނިއަށް ކުނިހުތުރު ގޮވަން ރަށްރަށުގަ އުޅުނު މީހުންނަށް މިފަހަރު އަންނި ވަރެއްނެތް

The name is already taken The name is available. Register?

ހާމިދު ޝާހިދު

30 January 2023

އޭނާއަށްވެސް ނޭންގޭ އޭނާ އަކީ ޕީޕީއެމް މީހެއް ކަމެއް. ކާކު އޭނާ ޕީޕީއެމަށް ލީ! ތިވާނީ ޕީޕީއެމްގެ ބޮލުގައި ކަންކަން އަޅުވަން އެމްޑީޕީއިން އިލެކްޝަން ކޮމިޝަނާ ގުޅިގެން ކުރި ކަމެއްކަމަށް! ކޮންމެ ގޮތެއްވިއަސް އިނގޭ ކަމަކީ އޭނާ އުޅުނީ ފެށުނީންސުރެއް އަންނި ގެ މީހެއްގެ ގޮތުގައި އަންނި ހޮވަން ކަން! އަދި އޭނާއަށް އަންނިގެ މަންދޫބު ކަން ނުލިބުނީސް އަންނިގެ އެޕްރޫވަލާ ނުލާ!

The name is already taken The name is available. Register?

އެމްސް

30 January 2023

40 ހާސް މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްލީ ފައްޔާޒް ބާ ނުވަތަ އިބޫބާ ނޫނި ގުޅިގެންބާ؟ އަނެއްކާ މިކަމުގަވެސް ޕީޕީއެމް އާއި ނަޝީދުގެ އަތެއް ނުވޭބާ؟

The name is already taken The name is available. Register?

ނަޖްވާ

30 January 2023

މިހާރު ޕީޕީއެމް އަށް އެންމެ ކަމުދާނީ އެމްޑީޕީ ބައިބައިވުން! އެއީ ކިރިޔާވެސް ހޯޕެއް އޮތީ ޑީލެއް ހަދައިގެން ނަމަވެސް ޕީޕީއެމް އަށް ހަމްދަރުދީ ވާ ސަރުކާރެއް އައިސް ޔާމީނު ކޮންމެގޮތަކުން މިނިވަންކޮށްގެން!

The name is already taken The name is available. Register?

އެމްސް

30 January 2023

ފިތުނަ ފަސާދަ އަަށް މަގުނުދައްކާ، ދިވެހިން އެއްބައިވެ ބިދޭސީންގެ ކިބައިން މިޤައުމު ސަލާމަތްކުރަން އުޅުން މާއައުލާކަން ބޮޑެއް ނޫންބާ؟ އަބަދު ކޮފީގަ ތިބެގެން ދަމާ ސިޔާސީ ހާސަރުން ގަނެވޭނެ އައިފޯނެއް، ސައިކަލެއްވެސް ނެތް!

The name is already taken The name is available. Register?

ޙައްބޭ

30 January 2023

ފުރަތަމަ މަންދޫބަކަށް އެހެން ޕާޓީއެއްގެ މީހަކަށް ވެވެންޏާ ތީގެ މައްސަލަޔަކީ ކޮބާ؟ ޕީޕީއެމް ރެޖިސްޓަރީގައި އޮތް މީހަކަށް އެމްޑީޕީގެ ޕްރައިމަރީ އިމްތިޚާބުގެ މަންދޫބަކަށް ވެވޭ. ގައިމު މަންދޫބަކަށް މީހަކު ވާއިރު އެއީ ކާކުތޯވެސް ބަލާނެތާ. އެހެންވީއިރު ޕީޕީއެމްގެ މީހަކަށް މަންދޫބަކަށް ވެވިފައި ވޯޓުލާ ތަނުގެ ތެރޭގައި ހުރުނއ ކޮބާތަ މައްސަލަޔަކީ؟

The name is already taken The name is available. Register?

އެމްސް

30 January 2023

ޕްރައިމަރީ ކާމިޔާބު ކުރަން ނަޝީދު ޑިފޭމް ކުރީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޕީޕީއެމް ޑިފޭމް ކުރާނީ! ޑިމޮކްރަސީއަަށް ބީރައްޓެހި އެއްވެސް މީހަކު އިދިކޮޅެއް ނުބާއްވާނެ، އަދު ފާޑު ކިޔުން ކުށަކަށްވެސް ހަދާނެ!

The name is already taken The name is available. Register?

އަލިފުޅު3

30 January 2023

ނަޝީދު ގެ ސިޔާސީ ހަޔާތުގެ ނިމުން ފެށުނީއެވެ. އަބަދަކު އެންމެން ވާ ވައްދައިގެން އެކަކަށްވެސް ނޫޅެވޭނެއެވެ. މިވަރުގެ ބޮޑު މުނާފިގަކު ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން ހެޔޮވެސް ނުވާނެއެވެ.

The name is already taken The name is available. Register?

އެމްސް

30 January 2023

ނަޝީދުގެ ނަން އިން ތަނަށް އިބޫ ލައިގެން ކީމަ ޙަޤީގަތާއި މާ ގާތް!

The name is already taken The name is available. Register?

އެކަލޯ

30 January 2023

ޕީޕީ އެމްގަ ރަޖިސްޓުރީ އޮތަސް އެސޮރަކީ ފެށުނީންސުރެ އެމްޑީޕީ އާއި ހެދި އުޅޭ ސޮރެއް

The name is already taken The name is available. Register?

ސުލައިމާނު

30 January 2023

މީހުންގެ ބުއްދިޔާ ކުޅެންވާނީވެސް އެހެން މީހުނވެސް ކަންކަމާ ފިކުރު ކުރާނެކަން ވިސްނާފަ. މަންދޫބަކަށް ވެވޭނީ ޕާޓީގެ މެމްބަރެއްކަމަށް ކަނޑައަޅާފައިވަނިކޮށް އެހެން ޕާޓީ އެއްގެ މީހަކު މަންދޫބަކަށް ނުނއގާނެ އެވަރު ޕާޓީގެ ހިނއގާލަން ނެގި ޗެޕާސަންގެ އޮފީހުން ނުބަލައެއް. ހުއްދައެއް ނުލިބިއެއް. ގަސްދުގައި ރާވައިގެން ހިންގާ ޖަރީމާ

The name is already taken The name is available. Register?

އެމްސް

30 January 2023

ޕާޓީގެ ދަފްތަރުން 40 ހާސް މެމްބަރުން ސިއްރު ސިއްރުން އުނިކޮށްލި ބީދައިން ހިނގި ކަމެއް!

The name is already taken The name is available. Register?

ސައްޙާފް

30 January 2023

ސާލިހުގެ ކާމިޔާބީ އަންޑާއެސްޓިމޭޓް އެބަކުރޭ. ޕްރައިމަރީ އިން ކިރިޔާ ސެކިއޯކުރެވުނީއޭ. ފެކްޓަކީ، ޕްރައިމްރީއިން ސެކިއޯކުރީއެއްނޫން. ޕާޓީ އުފެދި 17 އަހަރު ހުރި ލީޑަރުބަލިކުރީ. އެއީ ނަޝީދު 30 އަހަރުގެ މައުމޫނު ބަލިކުރުންފަދަ ވަރުގަދަހިފުމެއް. ރިޔާސީ އިންތިހާބުުގައި އެމްޑީޕީގެ 57ހާސް މެންބަރުންގެ ތެރެއިން 50ހާސް މެމްބަރުން ސާލިހަށް ވޯޓުދޭނެ މަދުވެގެން. ދެން ރައީސަކަށްވީތީ ލިބޭނެ 25ހާސް ވަރު އޮވޭ. ސާލިހު 2023ގައި ބޭނުމީ އިތުރަށް އެއްމެ 40ހާސް ވޯޓު.

The name is already taken The name is available. Register?

އެމްސް

30 January 2023

30 އަހަރުގެ ރަސްކަން ބަދަލުކުރާކަށް ނަޝީދު ބޭކާރު ސިޔާސީ މަޤާމުތަކާއި ވަގުތީ ވަޒީފާތަކެއް ނުއުފައްދާ! ރާއްޖޭގަ ރައީސަކީ ރަޢިއްޔަތުން ހޮވާ މީހެއް! އެމްޑީޕީގެ ދަފްތަރުން އުނި ކުރި 40 ހާސް މެމްބަރުންނާއި، ޕީޕީއެމް މެމްބަރުންނާއި ޢާއްމުންގެ ވޯޓް، ނަޝީދުއާއި ޖެހިގަނެގެން ހުރެ އިބޫއަށް ހޯދުމީ ވަރަށް ނާދިރުކަމެއް! ޕްރައިމަރީގަ ވޯޓްލެވޭނެ ޢަދަދަށްވުރެ ގިނައިން ފޮށިތަކަށް ވޯޓް އަޅުވާ، އިދިކޮޅު މަންދޫބުންގެ ޣައިރުޙާޒިރުގަ ވޯޓް ލެއްވުން ފަދަ އެތައްކަމެއް...

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

30 January 2023

ބައެއްރަށްރަށުން އިބޫ 100 އިންސައްތަ ނެގުމަކުން އެއްވެސްހާލެއްގާ ފިކުރުބޮޑުވާކަށްނުޖެހޭ. ހީވާގޮތުން މިރަށުން ނަޝީދަށް ތާއީދުކުރާ އެމްޑީޕީމީހަކު ނުލިބުނީމާ ކުއްޔަށްއެނެގީ ޕީޕީ ސޮރެއް. ދެން ކީކޭ ބުނާނީ؟ ކުއްޔަށްހިފުމަކީވެސް ބާވަތެއް ޑިމޮކުރަސީއެއް.

The name is already taken The name is available. Register?

ގުދޯގުދޯ

30 January 2023

މިކަމުގައި އެއްބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރާއިރު ދެބައި މީހުންވެސް ގޯސް. ގޮވަނީ ގުދޯ ގުދޯ. މަންދޫބުންގެ ޝަރުތު ކަނޑައަޅާފައި އޮތްއިރު، މަންދޫބުންގެ މައުލޫމާތު ހުށައެޅީމާ އިންތިޒާމް ކޮމިޓީގެ ޒިންމާއެއްދޯ ސައްހަކަން ކަށަވަރުކުރުން. އަނެއްކޮޅުން އަންނިވެސް ނުވާނެ ދޯ އެހެން ޕާޓީއެއްގެ ނަން ހުށައަޅައިގެން. ދެކޮޅުވެސް ތިއޮތީ ފެއިލްވެފަ. ދެން ނޫހުގެ ސުރުހީވެސް މި ރާގަށް ބަދަލު ކުރަންޖެހޭ. މިހާރު ތިއޮތީ ޕީ.ޕީ.އެމް ގޯސްކުރެވޭ ރާގަށް. މީގަ ގޯހީ މޑޕ

The name is already taken The name is available. Register?

އެމްސް

30 January 2023

އިބޫގެ ކެމްޕެއިންގަ މައިގަނޑުގޮތެއްގަ ކުރިކަމަކީ ނަޝީދު ޑިފޭމްކުރުން! ދުރާލާ ރާވައިގެން ވަރަށްގިނަ ކަންކަން ކުރި! އަލަމްގީރުގެ އެޕިސޯޑްގަ 200 އަށްވުރެ ގިނަ ތަރިން ހިމެނުނު އިރުގަ، ނަޝީދުގެ ކޮއްކޮއަކަށް އެކަނި ކަހަލަ ގޮތަކަަށް ޙުކުމެއް އިއްވައިގެން ނޫސްތަކަަށް އަރުވާ، ފެބްރުއަރީ 7 ގެ ޙަޤީގަތްވެސް ޓްވިސްޓް ކޮށްގެން ނަޝީދު އާއި ދެކޮޅަށް ބޭނުންކުރީ އިބޫގެ ފެކްޝަން އިން! ފެބްރުއަރީ 7 ގެ 1 ތަރި، ލައިވް ޓީވީގަ ބުނީ ނަސީބެކޭ ލޭއޮހޮރުވުމަކަށް ނުގޮސް . . .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454