ޚަބަރު / ހައި ކޯޓް

އިސްގާޒީ ޝަކީލާ އެކު ތިން ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

އިސް ގާޒީ ޝަކީލް: އޭނާއާ އެކު އިތުރު ތިން ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ވަނީ ކުރިމަތިލާފައި --- ފޮޓޯ/ޖޭއެސްސީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާ އެކު އިތުރު ތިން ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިން މުއްދަތު މިއަދު މެންދުރު ވަނީ ހަމަވެފަ އެވެ.

ޖޭއެސްސީން ބުނީ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އިސްގާޒީ ޝަކީލްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ ގެ އިތުރުން ހުޅުމާލޭ ދޮޅަސް، ހުސައިން ޝަކީބް ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު، މަހަކު 54،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އިސް ގާޒީ ޝަކީލަކީ ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރެވެ. އެ މައްސަލާގައި ޔާމީނާއި އެމަނިކުފާނާ އެކު ދައުވާލިބުނު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ޖަލަށްލާން މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާރިޔާ ބާރަށް

01 February 2023

މިލިޔަނުް ބިލިޔަން ބިލިޔަނަށް ޕްރޮމޯސަން ލިބޭނެ.

The name is already taken The name is available. Register?

އެންމެފަހުން

31 January 2023

ގާޒީއަކު ކްރިމިނަލް ކޯޓުގަ ވަކި މީހެއްގެ މައްސަލަ ބަލާފަ ހަމަ އެމީހާގެ މައްސަލަ ހައިކޯޓުގަ ބަލަންވާއިރަށް ނުސީދާ ގޮތަކަށް އެ ގާޒީ ހައިކޯޓަށް އެބަ ލާންޖެހޭ. އެއްކަލަ މީހާގެ މައްސަލަ ސުޕްރީމްކޯޓާ ހަމައަށް ދާންވާއިރަށް ކޮންމެވެސް މޮޅު އުކުޅެއް ބޭނުންކޮށްގެން ސުޕްކޯޓުގަ ތިބި މީހުން ވަކި ކަހަލަ ހުކުމެއް މިފަހަރު ނެރޭނެ ގޮތަށް ކޮންމެވެސް ކަމެއް ކުރާނެ ކަމަށް ލަފާކުރެވޭ. މިއަށްވުރެ މޮޅު ޖުޑީޝަލް ސިސްޓަމެއް ހިނގާ ގައުމެއް ފަހެ އޮންނާނެތަ

The name is already taken The name is available. Register?

މުކެެ

30 January 2023

ކުރިމަތި ނުލިޔަސް ހޮވޭނެ

The name is already taken The name is available. Register?

ވިކުރާމު

30 January 2023

ދުނިޔޭގެ އެންމެން ކުރިމަތިލިޔަސް ހޮވޭނީ ތިސޮރު ސައްކެއްނެއް؟ އެއީ ހަދިޔާއެއް

The name is already taken The name is available. Register?

ސަލީމްބައި

30 January 2023

ސަބަބުވެރި ސިކުނޑިއަކަށް އިނގޭނެ އިއްތިފާގުން ހޮވޭނީ ޝަކީލްކަން. ޥ ސަލާމް

The name is already taken The name is available. Register?

ބޮސް ގެ ބޮސް

30 January 2023

ހޮވޭނީ ޝަކީލު...ޝައްކެއްވެސް ނެތް...މާޒީން ހެކިދޭނެ.. ތި ގޭމްގެ ހަޤީޤަތް ސަބަބުވެރި ވިސްނުމަކުން ވިސްނީމަ އެނގޭނެ..

The name is already taken The name is available. Register?

12345

30 January 2023

ކީއްވެބާ ސުޕްރީމް ކޯޓަށް ކުރިމަތި ނުލީ

The name is already taken The name is available. Register?

54321

31 January 2023

އިއުލާން ކޮށްފަ ނެތީމަ އެއްނު.

The name is already taken The name is available. Register?

އެނގޭ

30 January 2023

ސިވިލް ކޯޓަށް މާނިއު ނަސީރުގެ ފަރާތުން ނަދީމް އަދި ޝަމާމް. ދެން އަރިސް ޖާގައަށް ފައިސަލް ނޫނީ މައުސޫމް. ކްރިމިނިލް ކޯޓަށް ޝަކީލްގެ ލީގަލް އަޒްލިފާ. ދެން ޝަމާމްގެ ޕާޓްނަރ ސަމީރު. ދެން އޮތް ޖާގަ ޕީޖީ އޮފީހަށް. ހައިކޯޓަށް މާނިއު ނަސީރުގެ ފަރާތުން މަރިޔަމް ވަހީދު. ދެން ޝަކީލް. ދެން އޮތީ އިޖުރާތު ފުރިހަމަކުރުން

The name is already taken The name is available. Register?

ސޮހޮލު

30 January 2023

އޭތް އޭތް ތި ކިޔަނީ ސުޕްރީމް ކޯޓުގެ ހުކުމެއް އޮތްކަން ނޭނގި އެ ހުކުމާ ފުށުއަރާހެން ސިވިލް ކޯޓުގައި ހުކުމެއް ކޮށްގެން އަހުލިއްޔަތާއި ވިލާޔަތާއި ހައިސިއްޔަތު ގެއްލި ސަސްޕެންޑް ކުރި ގާޒީ ވާހަކައޭ މަމެން ބުނަން ނެތީމު. އެވަރުންވެސް ފޫގަޅާފަ ހުރީ ހައިކޯޓަށް. އަށްދޯއް މަ ބޮލަށް އެނބުރުން އަރައިފި

The name is already taken The name is available. Register?

ނަންނެތް

30 January 2023

ތިޔަ ބުނީ ހައްތަހާ ތިކަމަށް ޤާބިލު ބޭފުޅުންގެ ވާހަކަ. ޢެހެންވީމަ މައްސަލައެެއް ނެތްތާ

The name is already taken The name is available. Register?

ބަޝީރު

30 January 2023

ސޮހޮލު ކޯއްޗެއް ކަލެއަށް އެގެނީ. ސުޕްރީމް ކޯޓުގެ ޙުކުމެއް ނެތް. ސުޕްރީމް ކޯޓުން ޤާޟީ މަރިޔަމް އަށް އެޅި ފިޔަވަޅަކީ ޤާނޫނާ ޚިލާފު ފިޔަވަޅަކަށް ވާތީ އެންމެ ފަހުން އެސޮރުމެން ވަކިވެގެން ދާން ޖެހުނު އެއް ސަބަބަކަށް އެކަންވީ

The name is already taken The name is available. Register?

ނަމޭ

30 January 2023

ފައިސަލް އަދި މައުސޫމްއަކީ ޤާބިލު ދެމީހުން. އެކަމު ފައިސަލް އަކީ ކުރީގެ ސުޕްރީމް ކޯޓުން ހޭވި ހަޑިތަކުގެ ބައިވެރިއެއް. ޝަމާމް އަކީ ސިވިލް ކޯޓަށް ކަމުދާނެ ބޭފުޅެއް ނޫން. ކްރިމިނަލްއަށް ރަނގަޅުވެދާނެ. މަރިޔަމް ވަހީދުގެ ޤާބިލުކަމަށް ޝައްކެއްނެތް. ނިންމުންތައް ވަރަށް އިލްމީ. ޝަކީލްއަށްވުރެ ޝަނީޒް ރަނގަޅުވާނެކަމަށްފެނޭ. އިނާމަކަށް ދޭންޖެހޭ އެއްޗެއްނޫން ކުރިއެރުމަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454