ފަނޑިޔާރު ޖަމީލް: ހައި ކޯޓު ހިންގުން އޭނާއާ ވަނީ ހަވާލު ކުރައްވާފައި.---ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2025 - 16:06
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުން ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން އެ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އައްޔަން ކުރަން ޖޭއެސްސީން މިދިޔަ އޭޕްރީލް މަހު އޮތީ ނިންމައިފަ އެވެ.
ނަމަވެސް މިހާތަނަށް ފަނޑިޔާރު ފައިސަލް އިސް ފަނޑިޔާރުގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވާފައެއް ނުވެ އެވެ. ނަމަވެސް، ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވީ ފައިސަލެވެ. މިއަދު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަނޑިޔާރު ފައިސަލްގެ އެ ނިންމުމާ އެކު ހައި ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ޖަމީލްއާ ހަވާލުކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ފަނޑިޔާރު ޖަމީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އޮގަސްޓް މަހު އެވެ.
ފަނޑިޔާރު ޖަމީލްއާ ހައި ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރި ނަމަވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމާ މެދު ޖޭއެސްސީން އަދިވެސް ވަކި ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮމާފު
20 November 2025
އަޅުގަނޑު މިދާއިރާގެ މަސައްކަތްކުރާތާ 30 އަހަރު މިދާއިރާ މިހާނިކަމެތި ވި ދައުރެއް އަދި ނުދެކެން މުއައްޒަފުންގެ މުސާރަ ކުޑަކޮށް މުއައްޒަފުން ނިކެމެތިކޮށްލީ ކުރިއަށްވުރެ މަސައްކަތް ގިނަވީ ލިބެމުން އައިމުސާރަ އުނިކުރީ އަސްލު މުއައްޒަފުން ކިހާ ދެރަވާނެ އެހެން ހަދަން ހެޔޮނުވާނެނުން ނިކަންވިސްނާލަ
ރެޖިސްޓަރ
20 November 2025
ސިވިލް ކޯޓުގައި ހުރި ޖަމީލު، ފަނޑިޔާރުގެކަމުން އެއިރު އިސްތިއުފާ ދިނީ ކޮން ކަމަކާކަން ބަލައިލަބަލަ.
ކައްޒާބު
20 November 2025
މުއިއްޒު ހީކޮށްގެން ނުވާނެ ތިމަންނަ އަބަދު ވެރިކަމުގަ ހުރެދާނެއޭ. ޖުޑިޝިއަރީ އަތް ބާނައި ހުރިހާ ތަނަކަށް އަތްބާނަނީ
ސަންގުު
20 November 2025
ޖަމީލް ފަނޑިޔާރަށް ތަހުނިޔާ
ސެލިއުޓް
20 November 2025
މުވައްޒަފުންނަށް އިތުރުގަޑި ނުލިބޭގޮތަށް ކޯޓު ހުޅުވާފަ ނުބެހެއްޓޭނެކަމުގެ ހިތްވަރުގަދަ ނިންމުން ފަނޑިޔާރު ފައިސަލް ނެންގެވުމުން އެކަމުގެ އަސަރު. ފަނޑިޔާރު ފައިސަލްއަކީ މުވައްޒަފުންގެ ހައްގު ހޯދަދޭން މަސައްކަތްކުރާ ވެރިއެއް. މިފަހަރު އަމިއްލަ މަގާމު އެގުރުބާން ކުރެއްވީ
ބަކުރުު
20 November 2025
އެހެންވީކީނޫން. އިސްފަނޑިޔާރުކަންދޭން ހަމަޖެއްސިއަސް އެކަން ނުކުރީމާ އިސްތިއުފާދިނީ.
ސިލްމާ ޒާހިރު
20 November 2025
ޖުޑިޝަރީ އަށް ހަތަރެސްފައި ބާނައިފި! ފަރުދީ މިނިވަންކަން ނިގުޅައިގެންފި! ދިވެހިން ހޭލާނީ 2028 ގެ ސެޕްޓެންބަރު މަހު!
ާމަޖިލިސް222
19 November 2025
17 ނޮވެމްބަރު 2023 ވަނަދުވަހު ވަނީ ޖޫޑިޝަރީ މިނިވަންވެފައެވެ.
އެކަލޯ 1
20 November 2025
މިނިވަންވި ވަރު ކޮންމެ ދެދުވަހުން އެއްދުވަހު ނޫސްތަކުން ފެންނަ ހަބަތުތަކުން ސާބިތުވޭ. ސްޕްރީމް ކޯޓް މިނިވަންކޮށްފި ހައިކޯޓް މިނިވަންކޮށްފި، ދަށުކޯޓްތައް އޮތީ ބޮޑުރާޅާ ކުޑަރާޅުގަ ތިވިދާޅުވި ފަދައިން ނުވެންބަރ 17 ވަނަ ދުވަހުން ފެށިގެން
ދުރުމި
19 November 2025
ބޮޑު ހިލުވާލުމެއްގެ ކޮޅުމަތިބާ؟
ޔާމީންގެބަޑީ
19 November 2025
އިސްތިއުފާ ދިނީއެއް ނޫން އިސްތިއުފާ ދޭން މަޖުބޫރު ކުރީކަން އެނގޭ. ސަބަބު ސާފު ފައިސަލް އިސްފަނޑިޔާރު ކަމަށް އައްޔަން ކޮށްފިއޭ ކިޔައިގެންވެސް ނޫސްތަކުގަ ޖެހިތާ މަދަކަދުވަހެއްނޫން. އިސްތިއުފާ ދިނިއްޔޭ ބުނާއިރު އަދިވެސް ފަތްކޮޅެއް ނުދޭ. ފަތްކޮޅު ނުދޭކަންވެސް އެގޭއެވާހަކަ ނޫހަށް ނާރަނީސް މިއެރީ އިސްތިއުފާގެ ވާހަކަ. ޖުޑިޝަރީއަށް ނުފޯޒު ފޯރުވުން ހުއްޓާލާފަ މިހާރު ކަންކަންކުރާގޮތަށް މާއްދީ ގޮތުން އަތް ބޭނުން. ވަރަށް ސަލާމް