އިސްގާޒީ މާހިރު: ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރަން ވަނީ ނިންމާފައި --- ފޮޓޯ/ޖޭއެސްސީ
25 ސެޕްޓެމްބަރ 2025 - 13:31
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން އިސްގާޒީ މާހިރު އެ މަގާމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގަ އެވެ.
މާހިރު، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްުޔަންކުރާ ރަސްމިއްޔާތު ވަނީ މިއަދުގެ މެންދުރު ދޭއް ޖަހާއިރަށް ތާވަލްކޮށްފަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަންކުރަން ޖޭއެސްސީން މިއަދު ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ. އެނގިފައިވާ ގޮތުގައި އިސްގާޒީ މާހިރަކީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިިނިސްޓަރު މުހައްމަދު ޝަހީދު އައްޔަން ކުރުމަށެވެ. ނަމަވެސް ޝަހީދު އައްޔަން ކުރަން ނިންމުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެފަ އެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލި އެވެ.
ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދާދިފަހުން އައްޔަން ކުރެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންދީ (ލ)
26 September 2025
މާހިރަކީ އެފަދަ ދެވަނައެއް ނުވާފަދަ ރަނގަޅު ބޭފުޅެއް.
ފަނޑިޔާރު މަނިކުފާނު
26 September 2025
ރަނގަޅު ނިންމުމެއްކަމަށް ދެކެމެވެ. މިހާރު މިއޮތް ޖޭއެސްސީން ނިންމި އެންމެ ރަނގަޅު ނިންމުމެވެ. މިކަހަލަ ނަޒާހަތްތެެެރި ފައިސާއަށް ނުގުޑާނެ ފަނޑިޔާެުން މިގައުމަށް ބޭނުންވަނީ.
ޗެލެންޖް ކޮށްފައި
25 September 2025
އަލްއުސްތާޒު އިބްރާހިމް މާހިރު ފަދައިން ޤާނޫނު ދަންނަ މީހުން ރާއްޖޭގައި މަދުވާނެ، އަދި އެފަދަ އަޚުލާޤެއް ހުންނަ މީހުން ވެސް ހޯދަން ޖެހޭނީ އަތް ފުނާ އަޅަން. އެއްކޮޅަށް ރަން އަޅާ ކިރިޔަސް ނަފުސު ވިއްކާ ނުލާނެ.
ސަކްސިކާސް
25 September 2025
މަދަނީ އިޖުރާތެއް, ޖިނާއީ އިޖުރާތުގެ ޒައްރެއްގެ ނޮލެޖެއްވެސް ނުހުންނާނެ. ދެން ވިސްނާ އިސްތިއުނާފީ ނިޒާމް ހިނގާނެ ގޮތް
ތުޝާރު
25 September 2025
ސަކްސިސާއަށް މާބޮޑަށް އެނގެނީ
ޢެޑްމުންޑޯ
25 September 2025
ރޯނުއެނދުރުންނަށް ހީވާނީ ދެން ތިބޭނީވެސް ރޯނުއެނދުރުންނޭ
ވަޓް ކޮލެޖް ޔޫ ހޭވް
25 September 2025
ވ ގަދައަށް އެނގިފަ ސަކްސިއާ އަށް ތިހުރީ..
މާވަޑިބެ23
25 September 2025
މީ ވަރަށް ދީންވެރި، އިލްމީ، ހިކްމަތްތެރި، ވިސްނުންތޫނު، އިންސާފުވެރި، އަޚްލާޤް ރަނގަޅު. ވަކި އަތަކަށް ނުޖެހޭ އަދުލުވެރި، ހަސްމުންގެ އަޑުއަހާ، މައްސަލަތައް ނިންމާއިރުވެސް ވަރަށް އަދުލުވެރިކޮށް ނިންމާ ބޭފުޅެއް... އަލިފުއްޓަށް ނިސްބަތްވިޔަސް ބޯޓު ބަންނަން ނޭނގުނަސް މައްސަލަ ތައް ބަލަން ދަންނަ ބޭފުޅެއް
---------
25 September 2025
އޮޅިގެން ކަމަށް ވާނީ ބަލަން ތިބެމާ.
އުދުހޭ
25 September 2025
އަޅުގަނޑަކަށް މީ ކާކުކަމެއް ކޮންކަހަލަ މީހެއްކަމެއް ނޭންގޭ. އެކަމަކު މިސަރުކާރުން ކުރިން ގެނައި ބަދަލުތަކުގެ ސަބަބުން ކޮންމެ މީހަކު ލިޔަސް ހިތްހަމައެއް ނުޖެހޭ. ހިތަށް އަރާ މިއުޅެނީ އަޑިއަޑިން ކުޅޭށޭ. މިވެރިކަމުގައި އަޅުގަނޑުގެ އިތުބާރެއް ޖުޑިޝަރީއަކަށް ނެތް.