މިދިޔަ އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރިއިރުގައި ހުޅުމާލޭގެ މަލަމަތި ފުސްވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
31 ޖެނުއަރީ 2023 - 14:03
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް މިއަދު ހިނގައްޖެ އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު އާންމުކޮށް އުތުރުން ވައިޖެހެމުން އަންނައިރު، މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެ ދުރު ފެނުނަސް، މިއަދު ހެނދުނު 7 އިން ފެށިގެން، ހާއްސަކޮށް މެދުރާއްޖެތެރޭގައި ހިމެނޭ އަތޮޅުތަކަށް ދުރު ފެންނަ ވަރު އެވްރެޖު ގޮތެއްގައި ހަތަރު ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓުން ބުންޏެވެ. އެއީ 60 ޕަސެންޓްގެ ދަށްވުމެކެވެ.
"ދުރު ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އާދަކުރެ އެވެ،" އެ އިދާރާ އިން ބުންޏެވެ.
މިދިޔަ އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރިއިރުގައި ހުޅުމާލޭގެ މަލަމަތި ފުސްވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އޮފީހުން ބުނިގޮތުގައި، އިރުވައި މޫސުމުގައި އާންމުކޮށް ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ ވަރު ދަށްވެ އެވެ.
އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެ އަށް ކޮށް އޭގެ ސަބަބުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކި ދުވަސް މަތިން ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވި އެވެ.
- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން.
- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
- ތުއްތު ކުދިން ބޭރަށް ނުނެރުން.
- ގޭގެ ދޮރުތައް ލައްޕާފައި ބެހެެއްޓުން
- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބެ
31 January 2023
އިންޑިޔާއިން ކަނޑާވައި ނުސާފުކޮށްފި. ސޭ އިންޑިޔާ އައުޓް.
ބަލިމީހާ
01 February 2023
ޗައިނާ އިން އަރުވާ ދުން އަދި މާގިނަ.
48343
31 January 2023
އިންޑިޔާ އައުޓް.
ދެކަމު
31 January 2023
މަތިބަރު ސަރުކާރެއް ބާއްވައިގެން އަދިވެސް ދުވަހުން ދުވަހަށް މަތި ބަރުކުރަމުންގޮސް ދައުލަތުގެ ހަރަދުތައް ބޮޑުކުރަމުން ގައުމު ބިލިއަނުން ބިލިއަނުން ދަރުވަމުންދާއިރު ރައްޔިތުންނަށްވެސް ދުރު ފެންނަވަރު ވަނީ 60% ދަށްވެފައި ކަމަށް ބެލެވޭ.