ޚަބަރު / މެޓް

ވައި ނުސާފުވާތީ ބޭރުގައި އުޅޭއިރު ރައްކާތެރިވާން އެދިއްޖެ

މިދިޔަ އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރިއިރުގައި ހުޅުމާލޭގެ މަލަމަތި ފުސްވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުތުރު އިންޑިއާގެ ހިމާލިޔަން ސަރަހައްދުގައި ވައި ތަގައްޔަރުވުމުގެ އަސަރު ރާއްޖެއަށްކޮށް އޭގެ ސަބަބުން ނުރައްކާތެރިކަން ކުރިމަތިވާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެފައި ވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވުމުންދާތީ، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރުމުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެކަމުގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ސަރަަހައްދުތަކަށް ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ވައި ނުސާފުވެ، ސިއްހީ އެކި މައްސަލަތަކާ ކުރިމަތިވާނެތީ ސަމާލުވާން އެޗްޕީއޭ އިން އެދެ އެވެ.

އެޗްޕީއޭ އިން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީގެ އައިކިޔު އެއާ ވިޝުއަލް އެޕް މެދުވެރިކޮށް މި ދުވަސްވަރު ވައި ސާފުވާނެ މިންވަރު ބެލޭނެ ކަމަށެވެ. އަދި ވައި ނުސާފުވާނެ މިންވަރު ބަލައި ބޭރަށް ނިކުމެ އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ވައި ނުސާފުވުމުގެ ނުރައްކާތެރިކަން ތުއްތު ކުދިންނާއި ކުޑަކުދިނާއި އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނާއި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް އަދި އެކި އެލާޖީ މައްސަލަތައް ހުންނަ މީހުންނަށް އޮންނާނެ އެވެ.

ވައި ނުސާފުވާނެ މިންވަރާއި ސިއްހީ ލަފާ:

ރަނގަޅު މިންވަރެއް 0-50: ވައިގެ ކޮލިޓީ ރަނގަޅު މިންވަރެއްގައި، ނުރައްކާ ކުޑަ ނުވަތަ ނުރައްކަލެއް ނެތް

މެދު މިނުގެ މިންވަރެއް 51-100: ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރުގައި އުޅުމުނުން ދުރުހެލިވުން

ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއް 101-150: އާންމުކޮށް އެންމެނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ

ސިއްހަތަށް ނުރަނގަޅު 151-200: އާންމުކޮށް އެންމެނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު

ވަރަށް ސިއްހަތަށް ނުރަނގަޅު 201-300: އާންމުކޮށް އެންމެނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ. ނާޒުކު ފަރާތްތަކުން ބޭރުގައި އުޅުން ހުއްޓާލަން ޖެހޭ

ނުރައްކާތެރި 300+: އާންމުކޮށް އެންމެނަށް ވަރަށް ބޮޑަށް އުނދަގޫވުމާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑު. ބޭރުގައި ހަރަކާތްތެރިވުމުން ދުރުހެލިވާންޖެހޭ

ވައި ނުސާފު ވަގުތުގައި ސަމާލުކަންދޭންވީ ކަންކަން:

- ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން

- ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން

- ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން

- ތުއްތު ކުދިން ބޭރަށް ނުނެރުން

- ގޭގެ ދޮރުތައް ލައްޕާފައި ބެހެެއްޓުން

- ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުން

15 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 50%
icon angry icon angry 20%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބުދުބ

03 December 2022

ތިކަމަށް ކުރެވޭނެ އެއްކަމެއްްވެސް ނުއޮންނާނެ. ތުރާކުނާއި އުލިގަންހިސާބުގެ މީގެ ވިއްސަކަށްއަހަރު ކުރީގެ ފަތިސްދަޅައިގެ ފޮޓޯއެއް ހޯދާލަބަލަ. 100 ފޫޓާއިހިސާބު ފެންނާނީ ފުސްކޮށް. މިހާރު 50 ފޫޓާއިހިސާބު ސާފުވެދޭނެއެކޭ ހީއެއްނުވޭ.

The name is already taken The name is available. Register?

ސަޖޯ

03 December 2022

އިމާރާތް ކުރާތަންތަނުން ގްރައިންޑަރ އަޅާއިރު މަގުމަތީ އޮންނަ ފުސްގަޑަށްވުރެވެސް ގޯސްވަނީތަ އަނެއްކާ އެއީސިއްހަތައްގެއްލުންވާއެއްޗަކަށްނުވަނީތަ

The name is already taken The name is available. Register?

ށަވިޔަނި

03 December 2022

ކޮވިޑަށް ފަހަށް އަބަދު މާސްކް އަޅަން. އެއީ ތިކަމުގެ ހައްލެއްނޫން. ކޮންމެވެސް ވަރެއްވާނެ.

The name is already taken The name is available. Register?

ލިރާރުން

03 December 2022

އިންޑިއާ އައުޓް!!

The name is already taken The name is available. Register?

ސަލީމު އިދުރީސް

03 December 2022

ޑިސެންބަރުން މާޗަހައް މީ ހައިސީސަން 5000 ޑޮލަރު ރެއާކާ ދުލައް ދައްއިގެން ހޮލިޑޭ ހަދާމީން ބޭނުވާނެތޯ ސިއްތައް ނުރައްކާވާ ވަރުގެ ނުސާފުވައިގަ ހޮލިޑޭހަދަން! އެތައްބިލިޔަން ޑޮލަރުގެ ޓުއަރިޒަމް އިންޑަސްޓުރީ ފުނޑިދާނެ ތިވާހަކަ ދުނީއޭގެ ކަންފަތް ބުޑުގަ ގޮވަންވެއްޖެޔާ ތިއަކީ އަލައްވާ ކަމެއްނޫން! ތިއަކީ ހައްލުވާނެ ކަމެއްނޫން! ތިއަކީ ގައުމީ ސަލާމާތާ ވަރައް ބޮޑައް ގުޅި ފަހުރި ވާހަކަޔެއް ކަމުގަ ދެކެން

The name is already taken The name is available. Register?

ޙޮޕްލޯ

03 December 2022

9 ވަނަ ދުވަހު ބޮޑު ދުވުމެއް ހުޅުމާލޭގައި ބާއްވަން އެބަ އުޅޭ. އެ ދުވުން ފަސް ކުރަން ޖެހޭ

The name is already taken The name is available. Register?

ހާސަރު

02 December 2022

ތިޔައީ ހަމަ ވެދާނެކަމެއް. ވައި ނުސާފުވެއްޖެނަމަ ތަފާތު ބަލިވެސް އަންނާނެ. އެކަމަކު އިރުވައމޫސުން އައުމާއެކު ދިވެހުރާއްޖެ ފުސްވޭ. ފުސްވެގެން ގެންގޮސް ޢާންމުކޮށް ރީތިކޮށް ފެންނަން ހުންނަ ރަށްތައްވެސް ފެންނާނީ ފުސް ގަޑެއްހެން. ދަތުރުވެރިންނަށް ރަށްރަށުގެ މޭގަވެސް ފެންނާނީ ރަށު ބުޑަށް އައިމައޭ ބުނާނެ.

The name is already taken The name is available. Register?

ވަފާހިވާ

02 December 2022

ބަލަ މީ މިހާރު އިންޑިއާގެ ސްޓޭޓެއް، އެހެން ވީމަ އިންޑިއާއަށް ވާ ހުރިހާކަމެއް ވާނެ. ދިވެހިން ތިބީ އިންޑިއާަ ފަހަތުގަ.

The name is already taken The name is available. Register?

ހަސަނު

02 December 2022

މި ގެންގުޅޭ އާދައިގެ މާސްކްއަކު އޯކޭ ވާނެބާ؟

The name is already taken The name is available. Register?

މާސްކް

02 December 2022

ރައްކާތެރި މާސްކްއަކީ ކޮންކަހަލަ މާސްކްއެއްކަން ކިޔާލަދިންނަމަ ވަރަށް ރަނގަޅުވީސް. އަހަންނަށް އިނގޭގޮތުގައި މި އަޅާ ފޮތި ނުވަތަ ސާރޖިކަލް މާސްކް އަކީ މިކަމަށް އެކަށޭނެ އެއްޗެއް ނޫން. މިކަމުގައި އަޅަންޖެހޭނީ އެއްކޮށް ނޭފަތާއި އަނގަމަތި ބަންދުވެފައި ހުންނަ "އެން 95" މާސްކް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454