މި ދުވަސްވަރަކީ ރާއްޖެއަށް އާދަޔާހިލާފަށް ހޫނު ގަދަ ދުވަސްވަރެއް ކަމަށާއި އެހެންވެ، އެކަމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މި ދުވަސްވަރު ހޫނުމިން އުޅެނީ 32 ޑިގްރީ ސެލްސިޔަސްއަށް ވުރެ މަތީގަ އެވެ.
މިކަމަށް ސަމާލުވުން އެދި އެޗްޕީއޭން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހޫނުން ރައްކާތެރިވުމަށާއި ހޫނުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ.
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން
- ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑުވަގުތުތަކުގައި އެކަން ކުރުން
- އަވީގައި އުޅޭ މިންވަރު މަދުކުރުން
- ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
- ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން
- ބޭރަށް ނިކުންނަ ނަމަ އަވިން ރައްކާތެރިވުމަށް، ޔޫވީ ފިލްޓާ އައިނެއް އެޅުން، ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި ގަޔަށް ދޫހެދުން ލުން
ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތައް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އެގޮތުން ހަށިގަނޑުން ފެންމަދުވެ ބޯ އެނބުރުމާއި އަކުނިވަޔަށް ދެމުމާއި ލޮލުގެ މަތީ ފަށަލަ ފިހެވި، ލޮލުގެ އެތެރެއަށް ގެއްލުން ލިބުމާއި ހަންގަނޑު ރަތްވެ ފޮޅުމާއި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.
ސަމާލުކަން ދޭންވީ ކަންކަން
- ވަރުދެރަވެ ބޯ އަނބުރާނަމަ، ވަގުތުން ފިނިތަނެއްގައި މަޑުކޮށްލުން
- ވަރުދެރަވުމާއި އަތްފައި ފިނިވުމާއި އަކުނިވަޔަށް ދަމާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދާ