އައިޖީއެމްއެޗްގެ އިމާރާތް: އެޑްމިޓްކުރާ ކުދިންގެ އަދަދު ގިނަވެ ކުޑަކުދިންގެ ވޯޑު ވަނީ ފުރިފައި. -- ފޮޓޯ: މިހާރު
01 ފެބުރުއަރީ 2023 - 12:25
ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ ކުދިންގެ އަދަދު ގިނަވެ އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ އެވެ.
އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް މިއަދު "މިހާރު" އަށް ވިދާޅުވީ 32 އެނދުގެ ޖާގަ އޮންނަ އައިޖީއެމްއެޗުގެ ވޯޑު މިހާރު ފުރިފައިވާ ކަމަށެވެ.
އެޑްމިޓްކޮށްފައިވާ ކުދިންގެ ތެރޭގައި ގިނައީ ނިއުމޯނިއާ، ޑައިރިއާ، ގޭސްޓްރައިޓިސް އަދި ޑެންގޫ އަށް ފަރުވާ ހޯދާ ކުދިން ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އެސްތުމާއަށް ފަރުވާ ހޯދާ ކުއްޖަކު ވެސް އައިސިޔޫގައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވޯޑުގެ ޖާގަ ފުރިގެން ބައެއް ކުދިން ކިއޫގައި ވެސް އެބަ ތިއްބެވެ.
ފައިސަލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަރިއަތޮޅުން ޑެންގޫ ޖެހިގެން ހާލު ދެރަވެގެން އެ ހޮސްޕިޓަލަށް ގެނައި ކުއްޖަކު އީއާރުގައި ވެސް އެބައޮތް ކަމަށެވެ. އެ ކުއްޖާ އީއާރުގައި އޮތީ ވޯޑު ޖާގަ ނުލިބިގެން ކިއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އާންމު އެކި ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭނގޭ
02 February 2023
އާބާދީ ބޮޑުވާވަރަށް ބަލައި ވޯޑުގެ އެނދުގެ ޖާގަ ބޮޑުކުރަންޖެހޭކަންވެސް ހަމަ ނުވިސްނެނީ.
ފުންނަ
02 February 2023
ޖައްވު ތަގައްޔަރުވެ ނޭވާލާ ވައި ނުސާފުވެގެން, އިއްޑިޔާގެ އިންޑަސްޓްރިއަލް ވިހަ ދުންބޮނޑިން މި މާހައުލް ވަރަށް ބޮޑަށް ނުސާފުވާނެ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ވައިހުންނަގޮތުން.
ކުޅަނދު މަދު …
01 February 2023
އަނެއްކަވެސް އިބުރަސޯލިހު ރާއްޖެތެރެ އަށް އަޅާލައޭ ފަޅޮލޭ ކިޔާހަ ހަދާ ދޮގުބޮނޑި ރާއްޖެތެރެ ރައްތަކުގެ ބާރުގަދަ މަދު ބައެއްގެ ދުލުން ނިކަމެތިން ކައިރި އެހެން ކިޔަ ހައްދާގެން ވޯޓު ހޯދާ. ތަރައްގީ ނަމަ ހުމެއް އައިސްގެން މާލެ ހޮސްޕިޓަލަށް އަންނާކަށް ނުޖެހޭނެ.
އަހަރެން1
01 February 2023
ނިއުމޯނިއާ މިހާ ގިނައީ ކީއްވެގެންތޯ؟ ފެތުރޭ ރޯގާގެ ބާވަތެއްގެ ސަބަބުންތޯ؟ މަންމައެއްގެ ހައިސިއްޔަތުން މި މަޢުލޫމާތު ވަރަށް ސާފުކުރަން ބޭނުން.
ކޮވިޑް
01 February 2023
ދިވެހިން ތަރައްގީ ކިޔާ އުޅެނީ ރަށުގެ ބަނދަރު ފުން ކުރުމަށާއި، ފުޓަސަލް ދަނޑު ހެދުމަށް. އެކަން އެބަ ކުރޭ. ރައްޔިތު މީހާއަށް ރަށުން ބޭސް ގުޅައެއް ނުލިބުނަސް، ނުކިޔެވުނަސް، ދަރަނިވެރިވިޔަސް ހެޔޮ.
މިއީ ދިވެހިން
02 February 2023
ބަލަ އަމިއްލައަށް ބޭސް ފިހާރައެއް ހުޅުވަބަލަ ރަށުގަ. ކޮންމެ މީހަކުވެސް ވަނީ މާލޭގަ ފިހާރަ ހުޅުވަން. ދެން ބުނާނެ ރަށަކުން އެއްޗެއް ނުލިބޭ
އައިޖީއެމްއެޗް
01 February 2023
އައިޖީއެމްއެޗްގައި ވޯޑްތައް ފުރުމަކީ ވަރަށް އާއްމު ކަމެއް. އާ ކަމެއް ނޫން.ހުރިހާ ވޯޑެއް ވެސް ފުރޭނެ. ދެން ތިބޭނީ އާއާރުގަ. މީގެ އެއް ސަބަބަކީ އެޑްމިޓް ކޮށްފައި ތިބޭ މީހުން ރަގަޅު ވިޔަސް ގެއަށް ނުގެންދިއުން. މުސްކުޅި މައިންބަފައިން ބަލިވީމަ ކުލީ ކޮޓަރިއެއް ގޮތަށް އައިޖީއެމްއެޗް ކޮޓަރީގައި އެމީހުން މަރުވަންދެން ބައިތިއްބުން.
ހިންނަވަރީ
01 February 2023
ރަށުތރޭގައި މަދިރި ގިނަވެ ބޫން ބޫން އަޅާފަ ހީވަނީ މައުލޫދު ގުރޫޕެއް ހެން ހަފާވަރުން މަޑު ނުކޮށްލެވޭ އަދިވެސް ވާރު އިތުެުކުރެވޭތޯ ބަލާ
އެމްސް
01 February 2023
އައިޖީއެމްއެޗްގަ ކޮންތަނެއްތޯ ނުފުރެނީ؟ ސްޕެޝަލިސްޓަކަށް ދެއްކެނީ އެތައް މަހެއް ފަހުން! އެމްއާރުއައިއެއް ނެގެނީވެސް ހަމަ އެބީދައިން!
ދެވަނަދޮގު
01 February 2023
ބާ މައުލޫމާތު ނުފަތުރަބަލަ. ބައެއް ޑިޕާރޓްމަންޓް ތަކުގެ ކިއޫ މިހާރު 0.
އެމްސް
03 February 2023
ތިތަންތަނުން މީހުން މަދުކޮށްފަ ޑިމޭންޑް އޮތް ދިމަދިމާލަށް މީހުން އިތުރުކުރަންވީ ނޫންތޯ!
ރޭގަނޑު
01 February 2023
ފުރުނީމަ ތިކިޔަނީ ފުރުނު ވާހަކަ. ރައްކާތެރިވުމުގެ ގޮތުން ކޮންކަމެއް ކުރީ؟ އެއްވުންތައްވީ އިތުރު! ދެއްކެން އޮތްހާ ބަހަނާއެއް ދައްކާފަ ނެގީ މާސްކް! ވައި އެހާމެ ނުސާފު! ޖާގަ ކުދި ކްލާސްރޫމް ތެރޭ 30 ހަކަށް ކުދިން! ފިލާވަޅު ގެއްލިދާނެތީ ބަލިވެ ރަނގަޅުނުވަނީސް ސްކޫލަށް ފޮނުވުން ވީ އިތުރު! މައްސަލައެއް ނެތްތާ، މިއަހަރު ވޯޓުލާން ކުޑަ ކުދިންނެއް ނުދާނު.
އިޙްސާސް.
01 February 2023
25 ބުރީގެ ބޮޑު އިމާރާތެއް ހުރިއިރުވެސް ކުދިން އެޑްމިޓްކޮށް ފަރުވާ ނުދެވި ކިއޫގަ. ހިންގުންތެރިކަން ވާ އެބަހުރި..