މަގުމަތީގައި ކުޑަކުއްޖަކު މަޑުކޮށްލައިގެން: ހެދުމެއްގެ މިން ނަގަން ކަމަށް ބުނެ ކުއްޖަކާ ބެހުނު މައްސަލައެއްގައި ވަނީ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
01 ފެބުރުއަރީ 2023 - 16:18
ހެދުމެއްގެ މިން ނަގަން ކަމަށް ބުނެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ ސެޕްޓެމްބަރު 2020 ގައި ހެދުމެއްގެ ފަތި ޖަހަން ކަމަށް ބުނެ ގެއަކަށް ގޮސް، ކުއްޖާގެ މިން ނަގަން ޖެހޭ ކަމަށް ބުނެ އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި އަތްލި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި ކަމުގެ އެ ދައުވާގައި، އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ ދައުވާ ސާބިތުނުވާ ކަމަށް އިއްޔެ ހުކުމް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ ހުކުމުގެ އިތުރު ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ. އަނިޔާ ލިބޭ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އެފަދަ މައްސަލަތަކުގެ ޝަރީއަތްތައް ކޯޓުތަކުން އަބަދުވެސް ކުރިއަށް ގެންދަނީ ވެސް ސިއްރުކޮށްގެންނެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަމްގީރް
02 February 2023
މި މީހުނަކަށް ގާނޫނު ނުހިނގާނެ ގާނޫނަކީ ހަމަ އެކަނި ދިވެހިންނަށް އޮންނަ އެއްޗެއް. ކަރަންކާމަގުގަ ދިވެހިންގެ ނަމުގަ ބިދޭސީން ކުރާ ވިޔަފާރިތައް ގިނަ ކަމުން މިހާރު ވަކި ގައުމެއްގެ އެމްބަސީވެސް އެތަނަށް ގެންނަން ޖެހޭ ހިސާބުގަ އޮތީ. ހީނާމާގޭ ޕާކިންޒޯނަކީ ޕާކިންޒޯނެއް ނޫން އެއީ ވަކި ގައުމެއްގެ ޕާކެއް. ފާޅުގަ އެތަނަށް ކުނި އަޅާ ސިނގިރޭޓު ބޮއެ މަސްތުވާތަކެތި ބޭނުން ކުރާ އިރުވެސް ސަރުކާރަށް ތަނެއްގަ ހިރުވާވެސް ނުލާ.
ކޮރަލް
01 February 2023
ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ބިދޭސީންގެ ތެރޭގައި އަހަރަކު މިލިއަނަކަށް ވުރެ ގިނަ އިންފައިސާ ލިބޭ މީހުން ވ ގިނަ އެވެ. އެމީހުން ލިބޭ ހުރިހާ ރުފިޔާ ޑޮލަރަށް ހަދާފަ ގައުމުން ބޭރަށް ފޮނުވާލަނީ އެވެ. މައްސަލަ އަކުން ސަލާމަތް ވާން ލައްކައިން ހަރަދު ކުރުމަކީ އެމީހުންނަށް ވ ފަސޭހަ ކަމެކެވެ.