މުނިފޫހިފިލުވުން / އިންޑިއާ

ޕަވަންދީޕް އާއި އަރުނިތާގެ ޝޯއެއް ހުޅުމާލޭގައި

އިންޑިއަން އައިޑަލް ސީޒަން 12 ކާމިޔާބު ކުރި ޕަވަންދީޕް (ވ) އަދި ދެވަނަ އަށް ދިޔަ އަރޫނިތާ (ކ)

"އިންޑިއަން އައިޑަލް" ސީޒަން 12 ކާމިޔާބުކުރި ޕަވަންދީޕް ރަޖަން އާއި އެ ޝޯގެ ފަސްޓް ރަނާއަޕް އަރުނިތާ ކަންޖިލާލް ރާއްޖޭގައި ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ ގިނަ ފަންނާނުންތަކަކާ އެކު ދާދި އިހަކަށް ދުވަހު ބޭއްވި "ޓުއާނިވަލް" އިންތިޒާމްކުރި ފަރާތުން، "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ އެ ޝޯ އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ.

ޕަވަންދީޕާއި އަރުނިތާ އަކީ 2021ގެ އިންޑިއަން އައިޑަލް އިން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައިވާ، އަދި އޭގެ ފަހުން ވެސް އިންޑިއާގައި މަގުބޫލުކަން ހޯދަމުން އަންނަ ދެ ލަވަކިޔުންތެރިންނެވެ.

ރާއްޖޭގައި ބާއްވާ "މިއުޒިކަލް އައިޑަލް" ގެ ޕޯސްޓަރެއް

"ޓުއާނިވަލް"ގެ އޮފިޝަލަކު "މިހާރު" އަށް ބުނީ، ޝޯގެ ޓިކެޓް ވިއްކަން އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ. ޓިކެޓްގެ އަގު އެ ފަރާތުން އަދި ހާމައެއް ނުކުރެ އެވެ.

އެ ޝޯގައި އެ ދެ މީހުންނާ އެކު "މޯލްޑިވިއަން އައިޑަލް" ގެ ބައެއް ތަރިން ވެސް ޕާފޯމް ކުރާނެ ކަމަށާއި، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބައެއް ލަވަކިޔުންތެރިން ވެސް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

"ޓުއާނިވަލް"ގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ގިނަ ފަންނާނުންނާއި ދިވެހި ބައެއް ފަންނާނުންތަކަކާ އެކު ވަނީ ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ އިންޑިއާގެ ބައެއް ފަންނާނުންނާ އެކު މިއުޒިކް ޝޯއެއް ބާއްވައިފަ އެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 27%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމިއްލަބެ

04 February 2023

އަރްނިތާ އާއި ބައްދަކޮއްލަން ދާންވާނެ

The name is already taken The name is available. Register?

ހިޔަލަދ

03 February 2023

އެއައްވުރެ ރީތިކޮއް ލަވަކިޔާނނަް މަވެސް

The name is already taken The name is available. Register?

ވޮްއް

03 February 2023

މިފަހަރު ދިވެހި ލަވައެއް ކިއުއަވާތި

The name is already taken The name is available. Register?

ތުނޑުހަސަނު

03 February 2023

މިއީ ރާއްޖެއިން ޑޮލަރު ބޭރުކުރުމަށް އިންޑިއާ ބަޔަކު ހިންގާ ޙަރަކާތެއް ކަމުގައި ބެލެވޭ. ކޮންޓެކްޓް ނަންބަރާއި ވެބް އެޑްރެސް ވެސް އިންޑިއާ. މިއީ ކިހިނެއް ހިނގާ ކަމެއްބާ!.

The name is already taken The name is available. Register?

ޟީސާ

03 February 2023

އެއްޗެހީގެ އަގުބޮޑުކަމުން ދިރިއުޅޭވެންނެއް ދެންކޮން ސޯއެއްތަ ބެލާނީ

The name is already taken The name is available. Register?

ބަލާވެރިކަން

02 February 2023

އިންޑިޔާ އިންޑިޔާ، މުޅި އޮޑިގައި ޢިންޑިޔާ

The name is already taken The name is available. Register?

ހިކި ކިރު

02 February 2023

އެވެރިންގެ މަޤުސަދަކީ ދިވެހިން އެވެރިންގެ ޖާދޫގައި ޖައްސައި ދިވެހިންގެ އަތުގައި ހުރި ފައިސާ ކޮލު ދަވާލުން. މިތަނުގައި ބޮޑު އަގުގައި ޓިކެޓް ގަނެގެން ސޯ ބަލަން ދާނެކަން އެނގޭތީ..

The name is already taken The name is available. Register?

2023

02 February 2023

ތިހެން އަދި ވަގުވަގަށް ޝޯ ދިނަސް ކަމަކުނުދާނެ... ބޮއިހަލަކި

The name is already taken The name is available. Register?

ށަވިޔަނި

02 February 2023

މަރުހަބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454