އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ހަމައެކަނި މުސްލިމް ދެ މެމްބަރުންގެ ތެރެއިން، މިނެސޮޓާ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިލްހާން އުމަރު
02 ފެބުރުއަރީ 2023 - 13:26
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ހަމައެކަނި މުސްލިމް ދެ މެމްބަރުންގެ ތެރެއިން، މިނެސޮޓާ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިލްހާން އުމަރު، އެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބޭރުކުރުމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީން މަސައްކަތް ފަށައިފި އެވެ.
ގާނޫނު ހަދާ މަޖިލީހުގެ އާ ދައުރެއް މިދިޔަ ޖެނުއަރީ 7 ވަނަ ދުވަހު ފެށުނު އިރު، ތިރިގޭގެ އަޣުލަބިއްޔަތު ލިބިފައިވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށެވެ. މަޖިލީހުގެ ރިއާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު، ރިޕަބްލިކަން ޕާޓީގެ ކެވިން މެކާތީ އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ، އިލްހާން އުމަރު، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބޭރު ކުރުމަށެވެ.
އިލްހާން އެ މަގާމުން ދުރު ކުރުމަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން އެކުލަވައިލި ގަރާރު، މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ އޮހާޔޯ ސްޓޭޓްގެ މެންބަރު މެކްސް މިލާ އެވެ. އޭނާގެ ގަރާރުގައި ބުނެފައިވަނީ އިލްހާން އުމަރަކީ އިޒްރޭލާއި އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފާޅުގައި ދެކޮޅު ހައްދަވާ މެމްބަރެއް ކަމަށެވެ.
Removing Rep. @Ilhan Omar from the Foreign Affairs Committee is an incredible act of hypocrisy and cowardice from @SpeakerMcCarthy and the @HouseGOP. https://t.co/ZKOdk40A2z pic.twitter.com/IQolDhfJaG
— Rep. Jim McGovern (@RepMcGovern) February 2, 2023
މި ގަރާރު އިއްޔެ މަޖިލީހަށް ހުށަހެޅުމުން، މެމްބަރުންގެ މެދުގައި ކުރި ބަހުސްގައި، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ވަނީ އެ ގަރާރަށް ދެކޮޅު ހަދައިފަ އެވެ. ޑިމޮކްރޭޓުން ތުހުމަތު ކުރި ގޮތުގައި އެ ގަރާރަކީ މަޖިލީހުގެ މެމްބަރަކާ މެދު، މަޖިލީހުގެ ރައީސްގެ ހިތުގައި އޮތް ޒާތީ ދެކޮޅުވެރިކަމެއްގެ ސަބަބުން ހުށަހެޅި ގަރާރެކެވެ.
އިލްހާން އުމަރު، ޚާރިޖީ ކޮމިޓީން ބޭރުކުރުމަށް، މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތްތަކަށް ރިޕބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވެސް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވި އެވެ. ނަމަވެސް އެ ގަރާރުގެ ކަންތައް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ ނެގި ވޯޓުގައި، ރިޕަބްލިކަން ޕާޓީގެ ހުރިހާ (218) މެމްބަރުން ވެސް، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވި އެވެ.
އެ ވޯޓުގައި ޑިކޮމްރެޓިކް ޕާޓީގެ ހުރިހާ (209) މެންބަރުން ވެސް ވޯޓު ދެއްވީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ ދެކޮޅަށެވެ. އިލްހާންގެ ދިފާއުގައި، އެމެރިކާގެ ކޮންގްރެޝަނަލް ޕްރޮގްރެސިވް ކޯކަސް (ސީޕީސީ) އިން ބުނީ އޭނާއަކީ ރައްޔިތުންގެ މެދުގައި އިހްތިރާމް ލިބިގެންވާ އަދި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާ މެންބަރެއް ކަމަށެވެ.
The American people elected us to solve problems— to strengthen Social Security & Medicare and lower everyday costs—but instead of prioritizing those issues, House Republicans are focused on petty political stunts like removing Rep. @Ilhan Omar from the Foreign Affairs Committee. pic.twitter.com/TuJkabd8WL
— Rep. Betty McCollum (@BettyMcCollum04) February 1, 2023
"ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ޚިޔާލާއި އޭނާގެ ވިސްނުމަށް ފެންނަ ގޮތް ކަލޭމެންނަށް ގަބޫލު ނުކުރެވޭތީ، އެ މެމްބަރަކު މަޖިލީހުގެ ކޮމިޓީން ވަކި ކުރުމަކީ ކަލޭމެންނަށް ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ވަރަށް ލަދުވެތި އަދި އެހާމެ ނުރައްކާތެރި ކަމެއް،" ސީޕީސީގެ ޗެއާޕާސަން ޕަރަމީލާ ޖަޔަޕާލް ނެރުއްވި ބަޔާނެއްގައިވެ އެވެ.
އިލްހާން އުމަރަކީ، 1982 ވަނަ އަހަރު ސޯމާލިއާގެ އާއިލާއަކަށް، ސޯމާލިއާގައި އުފަންވި މީހެކެވެ. އަދި 1991 ވަނަ އަހަރު ސޯމާލިއާގެ ދާޚިލީ ހަނގުރާމަ ފެށުމާ ގުޅިގެން، އެ ހަނގުރާމައިން ސަލާމަތް ވުމުގެ ބޭނުމުގައި، ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އިލްހާންގެ މައިންބަފައިންނާއި އާއިލާ އެކުގައި، އަވައްޓެރި ކެންޔާ އަށް ހިޖްރަކޮށް، ދަބާބް ރެފިއުޖީ ކޭމްޕުގައި އަހަރުތަކެއް ވަންދެން ދިރިއުޅުނެވެ.
އެމެރިކާ އިން އިލްހާންގެ އައިލާ އަށް ހިމާޔަތް ދިނުމާ ގުޅިގެން، 1995 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކަށް ދިރިއުޅުން ބަދަލުކުރި އެވެ. އަދި އޭގެ ފަހުން ވާޖިނިއާގެ އާލިންޓަން އަށް ބަދަލުވެ އޭގެ ފަހުން، މީނިއާޕޮލިސް އަށް ދިރިއުޅުން ބަދަލުކުރި އެވެ.
އިލްހާން އަށް އެމެރިކާގެ ރައްޔިތުކަން ލިބުނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައި 2000 ވަނަ އަހަރުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރު ސައި
02 February 2023
މާބޮޑަށް ސްޓަންޓް ޖައްސަނީ.
ޖުހާ.
02 February 2023
ސަލީމު އިދުރީސަށް ފެނޭދޯ އެމެރިކާގެ ޑިމޮކުރަސީ. ވަކި ފިކުރެއް ގަބޫލުނުކުރީމަ އެއުޅެނީ ހަޖަމު ނުވެގެން.