2018 ވަނަ އަހަރު މަޖިލީހުގެ ބޭރުގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތޮފާ ދުރަށް ޖައްސަވަނީ: ރައީސްގެ މޫނަށް ކުޅު ޖަހަން އޭނާ ގޮވާލި މައްސަލަ ފުލުހުން އަންނަނީ ބަލަމުން -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
05 ފެބުރުއަރީ 2023 - 20:16
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ޓުވީޓްކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ "ތިމަރަފުށި" ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުސްތަފާ ދަނީ މިފަހުން ޓުވިޓާގައި ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް އޭނާ ފާޑުކިޔުއްވަ އެވެ.
.@ibusolih ge Moonah Kulhu jehi meehakah 50,000/ rufiyaa ge inaameh dheynan!!!
— Mohamed Musthafa (@Thimarafushi) February 5, 2023
އެންމެފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މުސްތަފާ ހުއްނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގަ އެވެ. ނަޝީދުގެ ކެމްޕެއިން ދަތުރުތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ މޫނަށް ކުޅު ޖަހަން ގޮވައިލިއިރު، "ލޭއޮހޮރުވުމަކުން ވެރިކަން ބަދަލުކުރަން ވެއްޖެ" ކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާން މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ވެސް ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
އެ މައްސަލާގައި ޓުވިޓާއިން ވަނީ ޝިއުނާގެ އެކައުންޓް ސަސްޕެންޑް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުތުފީ
07 February 2023
މިއީ ރައްޔިތުން ތަމްސީލުކުރަން ފައިނަގައިގެން ތިބިމީހުން. ބޯ ގުނާނީ މިމީހުންވެސް ލައިގެން ވިއްޔާ.
ނަޒްނާ
06 February 2023
ލާރިދޭންތިބިމީހުންމަދީތަ؟
އިބުރާހިމް
06 February 2023
އޮލިމޕަސް ޒީނަތްތެރިކޮއްފަ މިސްތައް ޒީނަތްތެރިކުރާނެ ލާރިއެއްނެތް ދެންވާނީއެހެންނު
ފެންވަރު
06 February 2023
މިއީ ފައްކާ، ބަރާބަރު ، މަޖުލީހަށް އެކަށީގެންވާ މެމްބަރެއް
ހައްޓި
06 February 2023
ހަމަ މީހެއް ނޫން. ނިކަން އަވަހަށް އާސަންދަ ހަމަ ޖައްސާފަ ފަރުވާއަށް އިންޑިއާ ފޮނުވާލެވޭތޮ ބަލާ އިތުރަށް ގޯސް ނުވަނީސް
ހިމާރުލްގައުމު
06 February 2023
ހަޔާތުގެ ވާހަކަ ދައްކަން ރީނދޫ ކޮހުންތައް ލަދު ގަންނަން ޖެހޭނެ. މިނިވިން ރޭޑިއޯއާ ޑީއޯ ހަދައިގެން ކަލޭމެން ފޭހުން އިލޮށިތައް ތިހެރެނީ. އަރާމު ދޯ
ދޫނި
06 February 2023
ތީ ވަގުތުން ހަރުކަށި އަދަބު ދޭށް ޖެހޭކަމެއް. ތިފަދަ މީހުން ފަސް ނުޖެހޭނެ މައިމީހާ މޫނަށް ވެސް ކުޅުޖަހަށް.
މޯޑޭ
06 February 2023
ތިކަލަ ހަޔާތް ކުޑަ މީހުން ނަސީދު ކައިރީ ތި އުޅެނި. ތަނަކުން ތަނަކުން ލައްވާ ނުލައިގެން.
ށަވިޔަނި
06 February 2023
ވިޔާނުދާ މީހުން ފެންނަޖެހޭތަނުން ނުފެންނާތީ މިހެންވަނީ.
ޓްރަިބިއުންލް
06 February 2023
ދީނާ އަހަރެމއެންގެ އަޤީދާއާ ޚިލާފު ނާތަހުޒީބީ ގޮވެއްޔެއްމިއީ ޙައްޤު އަދަބުދީ،